ފަހަކަށްއައިސް ހާއްސަކޮށް މި ލޮކްޑައުން ތެރޭގައި ދެ ލޯބިވެރިންގެ މެދުގައި ޖެހޭ މައްސަލަަތައް ހައްލު ކުރުމަށް ވާހަކަ ނުދައްކާ ފެނިގެން ދަނީ ވަގުތުން ބްރޭކްއަޕްވާ މަންޒަރެވެ.

މައްސަލަ ހައްލު ކުރުމަށް ދެފަރާތުގެ މެދުގައި އެއްވެސް ވާހަކަދެއްކުމެއް ނެތި އެ ރުޅިގަނޑުގެ ތެރޭގައި ވަގުތުން ބްރޭކްއަޕްވާ ފަހަރުތައް އަހަރެމެންގެ މުޖްތަމައުގައި މިހާރުވަނީ އަންނަނީ ވަރަށް އާންމުވަމުންނެވެ. ހާއްސަކޮށް ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި މިކަން ވަނީ އިތުރުވެފައިކަން ސައިކޮލޮޖިސްޓުންގެ ތަފާސްހިސާބުތަން ދައްކައެވެ.

މިކަންކަން ގިނައިން ފެނިގެން ދަނީ މުސްތަގްބަލްގައި ގައުމުގެ ޒުވާނުންނަށް ވާން ތިބި ފުރާވަރު ކުދިންގެ ފަރާތުންނެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސައުތު ޔުނިވާސިޓީގެ ސައިކޮލޮޖިސްޓުން ނެރިފައިވާ ރީސާޗެއްގައި ބުނެފައިވަނީ ދެ ލޯބިވެރިން ހަނގު އުމުރެއްގައި ލޯބީގެގޮތުން ގުޅެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބްރޭކްއަޕް ވަނީ އެކުދިންނަށް ލޯތްބަކީ ކޯޗެއް ކަން ރައްޓެހިވުމުގެ ކުރިން ނޭންގޭތީ ކަމަށެވެ. އަދި ބުނެވޭ ބަސްތަކުން އަނެކާގެ އިހްސާސްތަކާއި ކުޅެވޭއިރު ކުރެވޭ ކަމުގެ ސީރިއެސްކަން ނޭންގޭތީ ކަމަށްވެސް އެ ރީސާޗްގައި ބުނެފައިވެއެެވެ.

މިހާ ލޯބިން ދުވަސްތައް ގުނުމަށްފަހު ދެލޯބިވެރިންގެ މެދުގައިޖެހޭ ކުދިކުދި މައްސަަލަތައް ހައްލުކުރުމުގެ ބަދަލުގައި ރުޅި އިސްކުރެވޭ ފަހަރުތައް އާދެއެވެ. މައްސަލަ ހައްލު ކުރުމުގެ އެއްވެސް ވިސްނުމެއް މިހާރުއުޅޭ ކުދިން ނުގެންގުޅޭ ކަމަށްވެސް އެރިސާޗްގައި ބުނެފައިވެ އެވެ. އަދި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ވެސް އާންމު އުސޫލަކީ މައްސަލައެއް ޖެހިއްޖެނަމަ ހަޑިހުތުރުބަސް ތަކުން ދެމީހުންގެ މެދުގައި ވާހަކަ ދައްކާ ޒުވާބު ކުރުން ކަމަށާއި މިކަމުގެ ސަބަބުން ދެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ، ގުޅުން ކެނޑޭ ހިސާބަށް ދިޔުން މިހާރު އާންމު ވެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އެޔާއި އެކު ”ބްރޭކްއަޕް“ އޭ ބުނެ، ލޯބިން ކޮށްފައިވާ ވައުދުތަކާއި އަހުދުތަކަށް އެއްފަހަރުން ނިމުމަކަށް ގެނެވެއެވެ.

މި ރިސާޗް ކުރި ސައިކޮލޮޖިސްޓުން އިތުރަށް ބުނީ މިއީ އެއްވެސް ގޮތަކަށް ބުއްދިވެރިގޮތެއް ނޫން ކަމަށެވެ. އަދި ބްރޭކްއަޕްވުމުގެ ބަދަލުގައި ދެ ލޯބިވެރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރެވޭނީ ވާހަކަދައްކައިގެން ކަމަށްވެސް ބުނެއެވެ. ތިމާ ހިތުގައި ވާއެއްޗެއް މުށުތެރެޔަށް ލައިގެން ހުއްޓެއް ކަމަކު އަނެކާއަކަށް ނޭނގޭނެ ކަމަށާއި، ކަމަކާއި މެދު ހިތްހަމަ ނުޖެހިފައި ވާކަން މޫނުމަތިން ފެނުން ކަމުގައި ވިޔަސް ހިތްހަމަ ނުޖެހިފައިވަނީ ކޮން ކަމަކާ ކަމެއް އެހެން މީހަކަށް ނޭނގޭނެ ކަމަށްވެސް ބުނެއެވެ. އަދި އެކައްތައް އިނގޭނީ ވާހަކަދައްކައިގެން އޭނާގެ ހިތްހަމަ ނުޖެހޭ ކަންތައްތައް ހާމަކޮށްގެން ކަންވެސް ފާހަގަކޮށްފައިވެއެވެ.

ވުމާއި އެކު ޖެހޭ ކުދި ކުދި މައްސަލަތައް ހައްުލު ކުރުމުގެ ބަދަލުގައި ”ސިނގު ރުޅި“ އިސް ކުރުމަކީ ވަރަށް ބޭ އަދަބީ ކަމެކެވެ. އެންމެންގެ މެދުގައި ވެސް މައްސަލަތައް ޖެހޭނެއެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރުމަށް ޖެހޭނީ ވާހަކަ ދައްކާށެވެ. ލޯބިވެރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެ ނަމަ ވަގުތުން ”ބްރޭކްއަޕް“ ވާކަށް ނުޖެހެއެވެ. އެއީ ތިމާއަށް ކުރެވޭ ވަަރަށް މޮޔަ ކަމެކެވެ. އޭގެ ބަދަލުގައި ތިމާ ހިތްހަމަ ނުޖެހޭ ކަންތައްތަކާއި ހިޔާލާއި ޝުއޫރު ހިތުގައި ނުބާއްވާ ފާޅު ކުރާށެވެ.

އަހަރެމެން ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެއެވެ. އެހެން ނަމަވެސް ކުށަށް މާފަށް އެދުމުން މާފު ކުރުމަކީ އެމީހެއްގެ އަތްމަތީގައި ވާ ކަމެކެވެ. ގެއްލިއްޖެ އިތުބާރަކީ އަލުން ލިބޭނޭ އެއްޗެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރުމަކީ އޮންނަ ކަމެކެވެ.