ކުރި ކުޑަ ކުޑަ ކަމެއްގެ ސަބަބުން އެންމެންގެ މަގުބޫލްކަން ހޯދާ އެތައްބަޔަކު މިހާރު އޭނާގެ ފޭންސްގެ ގޮތުގައި ހުރި ޕްރިޔާ ޕްރަކާސްއަށް ރިޝީ ކަޕޫރު ވަރަށްބޮޑަށް ތައުރީފް ކޮށްފިއެވެ.

ޕްރިޔާ ޑްރާމާއަކަށް ކުޅެދިން ލަވައެއްގައި އޭނާ އެއްލޯ މަރާލާގޮތް އެތަށް ބަޔަކަށް ކަމުގޮސްގެން ވައިރަލް ވެފައިވާ އެންމެ 18 އަހަރުގެ ޕްރިޔާ މުސްތަގުބަލުގައި ކާމިޔާބު ތަރިއަކަށްވާނޭކަމަށް ރިޝީ ކަޕޫރު ގަބޫލުކުރެއެވެ.

ރިޝީ ކަޕޫރު ވަނީ ޕްރިޔާ އޭނާގެ ދުވަސްވަރު ނައީ ކީއްވެތޯ ސްވާލުކޮށް ޓްވީޓް ކޮށްފައެވެ. "އަހަރެން ގަބޫލް ކުރާ ގޮތުގައި ތިކުއްޖާ މުސްތަގުބަލުގައި ވަރަށް ކާމިޔާބުވާނެ. ޕްރިޔާ ވަރްޔާ. ވަރަށް ރީތި. އެހާމެ އިންނޮސެންޓް. އަޅައިގަންނަ ގޮތެއްހުރޭ. އަހަރެންގެ އެކުވެރި ޕްރިޔާ. ޕްރިޔާގެ ސަބަބުން ޕްރިޔާގެ އުމުރުގެ އެހެން ކުދިން ފައިސާގެ ފަހަތުން ދުވާނެ. އުފާވެރި ފާގަތި މުސްތަގުބަލަކަށް އެދެން. އަހަރެންގެ ދުވަސްވަރު ނައީ ކީއްވެތަ" ޓްވީޓްގައި ވެއެވެ.

މިއުޒިކާއި ނެށުން ދަސްކުރަމުން އަންނަ މަލަޔާލަމް އަށް ނިސްބަޔްވާ ޕްރިޔާ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ފުރަތަމަ ފިލްމް "އޯރް އަދާރު ލަވް" އަށެވެ. މިއީ މަލަޔާލަމް ފިލްމެކެވެ.

ޕްރިޔާގެ ލޯމަރާލާ އޭނާއާއި އެކު އެ ފިލްމްގައި އުލޭ ފިރިހެން ކުއްޖާއަށް ފްލާޓް ކުރާ މަންޒަރު އެތަށް ބަޔަކަށް ކަމުގޮސް އެވީޑިޔޯ ވަނީ އެތައް މިލޔަން މީހުނެއް ކުޑަ ހިދުކޮޅެއްގެ ތެރޭގައި ބަލާ އެތަސް ޝެއަރ އެއް ކޮށްފައެވެ. އަދި އޭގެ ފަހުން ޕްރިޔާގެ މީސްމިޑިޔާގެ ތަފާތު ޕްލެޓްފޯމްތަކުން އެތަށް މިލިޔަން މީހުނެއް އޭނާ ފުލޯ ކޮށްފައިވެއެވެ.