ދެ ދަރިން އެޑޮޕްޓް ކުރެވުމަކީ އެޅުނު އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ބޮލީވުޑުގެ 1990ގެ އަހަރުތަކުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ފަންނާނު ކަމަށްވާ ރަވީނާ ޓަންޑަން ބުނެފިއެވެ.

ރަވީނާގެ އުމުރުން 21 އަހަރުގައި އޭނާ ވަނީ ދެ އަންހެން ކުދިން އެޑޮޕްޓް ކޮށްފައެވެ. އެއީ ޕޫޖާއާއި ޗާޔާއެވެ. އަދި އޭގެފަހުން އޭނާއަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ވެސް ލިބިފައެވެ. އެއީ ރަޝާއާއި ރަންބީރުވަރުދަންއެވެ.

''އެޑޮޕްޓް ކުރަން ބޭނުންވި ވަރަށް ބައިވަރު ކުދިން. ނަމަވެސް އަހަރެން ގެއަށް ގެނައީ ހަމައެކަނި ޕޫޖާއާއި ޗާޔާ. އެކުދިން ބޮޑެތިވެ މީހުންނަށް އިނދެ، ދަރިން ހޯދައިގެން އުޅޭ މަންޒަރު ބެލުމަކީ އަހަރެންނަށް ލިބޭ ނިޢުމަތެއް. އޭގެފަހުން ރަޝާއާއި ރަންބީރުވަރުދަން ލިބުނީ. އަހަރެންގެ މައިވަންތަކަން އިތުރަށް ފުރިހަމަކޮށްދިން. މިހާރު އަހަރެންނަށް އިހްސާސް ކުރެވެނީ އަހަރެންނަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމުގަ. ހަތަރު ކުދިންގެ މަންމައަށް ވުމަކީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް'' ޕިންކުވިލާއަށް ދިން އިންޓަވިއުއެއްގައި ރަވީނާ ބުންޏެވެ.

ޕޫޖާއާއި ޗާޔާ އެޑޮޕްޓް ކުރެވުނު ގޮތް ކިޔައިދެމުން ރަވީނާ ބުނެފައިވަނީ އެ ދެކުދިން ފެނުމުން އޭނާއަށް އުމުރުން 21 އަހަރުގައި ވެސް މަންމައަކަށްވުމުގެ އިހްސާސް ކުރެވުނު ކަމަށާއި އެ ދެ ކުދިން އެޑޮޕްޓް ކުރުމަކީ އަހަރެންނަށް މިހާތަނަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.

އެ ދެ ކުދިންނާއެކު ރަވީނާ ހޭދަކުރި ކޮންމެ ވަގުތަކީ ވެސް ރަވީނާއަށް ވަރަށް މުހިންމު އަދި އެހާމެ ހާއްސަ ވަގުތެއް ކަަމަށް ވެސް ރަވީނާ ފާހަގަކޮށްފައިވެއެވެ. އެ ދެ ކުދިންގެ އެންމެ ފުރަތަމަ ފިޔަވަޅު އެޅުމުން ފެށިގެން ކައިވެނީގެ ހަފްލާއަށް ދިޔުމާއި ހަމައަށް އެކުދިންގެ އަތުގައި ހިފަހެއްޓި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެން ހަބްރޭ

    ދީނުގައި އެޑޮޕްޓް ކުރުން ހަރާންވިއަސް އެޑޮޕްޓް ކުރުމުގެ ސަބަބުން ޔަތީމް މިސްކީނު ނިކަމެތި އެތައް މިލިއަން ކުދިން ގެ މުސްތަގްބަލް އުޖާލާވޭ. މިކަމުގެ އަލިގަދަ މިސާލެއް ސަލްމަން ޚާން ގެ "ކޮއްކޮ" އަޕްރިތާ ޚާން . އޭނަ އަކީ އަސްލު އިންޑިއާ ގެ ޕޭމެންޓް މަތީ ދިރިއުޅެ އެއިޑްސް ޖެހިގެން މަރުވި އަންހެނެއްގެ ދަރިއެއް . އެކަމަކު މިއަދު މަލްޓި މިލިއަނަރުންގެ އާއިލާ ގެ މެމްބަރެއް. އަރްޕިތާ ގެ ކައިވެނީ ގެ ހަދިޔާއެއް ގެ ގޮތުގައި ސަލްމާން އޭނައަށް އެތައް ކުރޯޑު ރުޕީސް ގެ ގެއެއް ގަނެދިން. ރަވީނާ އަކީ ހިންދޫ ދީން ގަބޫލުނުުކުރާ ލާދީނީ ވިއަސް ވަރަށް ރަނގަޅު އަންހެނެއް . ހަމަ އެގޮތައް ސަލްމާން ގެ ބައްޕަ ސަލީމް ޚާން އަކީ ލާދީނީ މުސްލިމަކަށްވިއަސް އޭނަ އަކީ ވެސް ވަރަށް ރަނގަޅުމީހެއް. ސަބަބަކީ އާއިލީ ގުޅުމެއްނެތް ނިކަމެތި ކުދިންތަކެއް އެޑޮޕްޓް ކުރުން. މިކަހަލަ މީހުން މި ދޫނިރާއްޖޭގައި ވަރަށް މަދުވާނެ.

    10
    • މަލަކާ

      އެޑޮޕްޓް ކުރުމަކީ ދީނީ ގޮތުން ޙަރާމް ކަމެއް ނޫން

      2
      2
  2. ލާދީނީ އަންނި

    އަޅުގަނޑުވެސް ބޭނުން 2 އަންހެންކުދިން އެޑޮޕްޓް ކުރަން.

  3. ބާބޫ

    ގަންޖާ އަންނިމެނަަކަށް ނޭންގޭނެ ދީނެއް އުޑެއް ބުޑެއް................