ފޭކް އެކައުންޓު ހަދައިގެން ޓުވިޓާގައި އުޅޭ މީހުންނަށް މަގްބޫލު ކޮމެޑިއަން އަހުމަދު ޝާޒް ތަޖޫބެ ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
ޝާޒް އޭނާގެ އަމިއްލަ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފެކް އެކައުންޓު ހަދައިގެން ޓްވީޓް ކުރާ މީހުން އަނބިމީހާގެ ބިއްދަށަށް އަރާ ނިދިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ.
ޝާޒްގެ މި ޓްވީޓުގައި އެއްވެސް މީހެއްގެ ނަން ބޭނުންކޮށްފައި ނުވާ އިރު ޝާޒް ވަނީ ފިލާ ތިބެ ޓްވީޓް ކުރުމަކީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެެވެ. އޭނާ ބުނީއަމިއްލަ މީހާގެ މޫނު ފޮރުވައިގެން ދަމާ ކަނޑާ އުސޫލުން އުޅުމަށްވުރެ، އަމިއްލަ އަންހެނުންގެ ބިއްދަށަށް ވަދެ ނިދަން އޮތުންވެސް މާ ރަނގަޅުވާނެކަމަށެވެ.
Fake account hadhaigen moonuforuvaigen Twitter gai dhamaakandan ulhumahvure anbimeehaage biddhashah araa nidhiyyaa maarangalhuvaane.
— Ahmed Shaz (Thajoo) (@shaazthajoo) January 5, 2021
" ފޭކް އެކައުންޓު ހަދައިގެން މޫނު ފޮރުވައިގެން ޓްވިޓާގައި ދަމާކަނޑަން އުޅުމަށްވުރެ، އަނބިމީހާގެ ބިއްދަށަށް އަރާ ނިދިއްޔާ މާ ރަނގަޅުވާނެ." އެ ޓްވީޓގައިވެއެވެ.
ވަކި މީހެއްގެ ނަން އެ ޓްވީޓުގައި ނެތް ނަމަވެސް ބައެއް މީހުން ވަނީ ތަޖޫ މިހެން ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ކަމަށް ބުނެފައެވެ. ސަބަބަކީ މިހާރު މަޖިލިސް ޗުއްޓީގައި އޮތް އިރު ރައީސްނަޝީދު ގެންގުޅުއްވާ ފޭކް އެކައުންޓްކަމަށް ބުނާ (އެލްކެސް ޓްވިޓާ) ގެ އެކައުންޓުން ގިނަ ޓްވީޓްތަކެއް ކޮށް އެކި ކަންކަމާއި މެދު ޚިޔާލު ފާޅުކުރަމުންދާތީއެވެ. އެގޮތުން ސަރުކާރާއި ސިޠާސީ ބައެއް ބޭފުޅުންނަށް ރައްދު ދެއްވާ ފާޑުވިދާޅުވަމުންދާކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް ރައީސް ނަޝީދު ނޫން މަޝްހޫރު އެހެން ބޭފުޅުންވެސް ފޭކް އެކައުންޓުތައް ގެންގުޅުއްވައެވެ. އެހެންނަމަވެސް މިހާ ފާޅުކަން ބޮޑުކޮށް އެފަދަ އެކައުންޓެއް ގެންގުޅުއްވާ އެހެން ބެފުޅެއް ފާހަގައެއް ނުވެއެވެ.
ތިއީ އަންނިއަށް ބުނެލި ބަހެެއްދޯ
ކިހިނެއްތޯ އަންނިއަށް ވާނީ؟ ލައިލާ ވަރިވެއްޖެއޭ. މިހާރުކޮންދުވަހެއް. ނަޝީދަކީ މިހާރު ހުއްސަރިބައި މީހެއް. ހިސާނު ކާރި އަހާބަލަ މީދޮގެއްތޯ!
ކައްޒާބް އުޅެނީތިހެން
ޢަޅުގަނޑަށް ހީވާ އެއްޗެއް ބުނެލާފާނަން. ސިޔާސީ ވުމަށް ފުރަތަމަ ސްޓެޕް ނަގަނީހެން.
މިއީ ވެސް ދައުވާ ކުރަންޖެހޭ މީހެއް.. ޒުވާންޖީލަކަށް މާ މޮޅު ކޮމީޑިއަންއަކަށް ވެގެން އަވަގުރާނަ ގޮވަން ދަސްކޮއްދީ އެކުދިންގެ ސުލޫކާ ކުޅޭމީހެއް. އަދި މިއީ ބަޢާވާތުގެ ބޮޑެއް.. މައްސަލަ ބަލަންފެށީމަ ކެކިއަރަނީ..
ކާކު މައްސަލަ ބަލަނީ؟ ތި ބޭފުޅާތަ ބައްލަވާނީ؟ ހިހީ
މީނަ އެބުނީ މަގޭ ވާހަކަ ދޯ. ތަޖޫބެ ކައިރީގައި ބުނޭ މަށަކީ މިހާރު އެކަނިވެރި ބަފައެކޭ. އަނބިމީހާ ބިއްދަށް އަރާއޮވެ ނިދޭނެ ގޮތެއް ނެތޭ. އެކަމަކު އަންހެނެއްގެ ބިއްދަށަށް އަރާއޮވެ ނިދާފާނަމޭ.
މީ ހާދަވަރުގަދަ ރައްދެކޭ! ފޭކުއެކައުންޓްގެންގުޅޭމީހުން ބިރުންފުއްކަނޑައިގެން ގޮސްފި. މަވެސްމިހުރީ ބިރުން...
ތިކަހަލަ ފިޑިންނަށް ނުވެސް ވިސްނޭނެ...
ޗީޑި! މިދެންކާކުތަ! ހައްޕުނޑުޝާޒު ދޯ!
ހަމަ އެބުނީ ތެދެއް... އެލްކްސް ވަރަށް ފިޑި.. އަންނި ކުރިން ނުއުޅޭ ފާޑަށް އުޅޭތީ ކަމަކު ނުދޭ..
ތިދެން ކާކު؟؟ ދެން އަމިއްލައަކަށް މާމަޖާވެގަނެގެން ރަނޑު ފާޑަކަށް އުޅޭކަށް؟؟
ތިހެން ބުނަން ތަންކޮޅެއް ލަސް ވެއްޖެ ފޭސްބުކުގައިވެސް ގިނައީ ފޭކު
ކަޑަވާނެ. ރަނޑު ފާޑަކަށް މާ މަޖާވެގަނެގެން.. ކެކެކެ ކެކެކެކެކެކެ ކެކެެކެ ކެކެކެކެ ކެކެކެ
ވަރަށް ފޫހި މީހާ ގަނޑެްއްތީ.