ނައުޝަމް ވަހީދު އަކީ ދިވެހި ފޮޓޯގްރާފަރުންގެ ތެރެއިން ތަފާތު ދައްކަމުން އަންނަ ހުނަރުވެރި ނަމެކެވެ. ކޮންމެ ފޮޓޯ އަކާއި އެކު އޭނާ ސާބިތުކޮށްދެނީ އޭނާ ޒުވާން ޖޯޝާއި އެކު ނުކުމެ ހުރީ، މި ދާއިރާގައި އާއްމުންގެ ހިތްތައް ފަތަހަކުރަން ކަމެވެ. މީސްމީޑިއާ އަށް އޭނާގެ ކެމެރާއިން ދައްކާލާ މަންޒަރުތައް އެންމެ ތަފާތުވާ ސަބަބަކީ އެ ފޮޓޯތަކުން ފެންނަ ޖަޒުބާތުތަކެވެ.

މިފަހަރުވެސް ނައުޝަމް މި ވަނީ އޭނާގެ ތަފާތު ފޮޓޯއަކާއި އެކު އާއްމުންގެ ސަމާލުކަން ދަމައިގަނެފައެވެ. އުމުރުން ދުވަސްވީ ދެމަފިރިއަކު ފެންނަ އެ ފޮޓޯއިން ފެންނަނީ ފުންމިން ނޭނގޭ ލޮތްބާއި، ކުލުނާއި، އޯގާވެރިކަމެެވެ. އެ ފޮޓޯއިން ރަމްޒުކޮށްދޭ ލޯބީގެ އެތައް މެސެޖެއް ވެއެވެ. އެއީ އުމުރުން ދުވަސްވީ ފިރިމީހާ އަށް ޚިދުމަތް ކުރުމުގައި ވަރުބަލި ކަމެއް ނެތި ދެމި ހުރި ލާމަސީލު އަތްބެކެވެ.

ހަތް އަހަރު ކުރިން ސިކުނޑިއަށް ލިބުނު ގެއްލުމެއްގައި، ހަނދާން ނެތި، ވާހަކަދެއްކުމާއި އަމިއްލަ އަށް ކަންކަން ކުރުމަށް ނުކުޅެދިފައިވާ ފިިރިމީހާ އާއި އެކު ދެމިހުރި އެ އަންހެން މީހާގެ ލޯބި ނައުޝަމްގެ ކެމެރާއިން އާއްމުންނަށް ގެނެސްދިން ފޮޓޯ އާއި އެކު ކިތަންމެހާވެސް ރަނގަޅަކަށް ހާމަވެއެވެ.

އެ ފޮޓޯގެ ވާހަކަ ކިޔާދެމުން ނައުޝަމް "ވަގުތު" އަށް ބުނީ އެ ފޮޓޯއަކީ ލ.އަތޮޅުގެ ރަށަކަށް ކުރި ދަތުރެއްގައި އޭނާ އަށް ފެނުނު ދެމަފިރިއެއްގެ ފޮޓޯ ކަމަށެވެ. އަދި ނައުޝަމްގެ ހަމަލޮލަށް ފެނުނު މަންޒަރުތައް އާއްމުނާއި ހިސާބަށް ގެނެސްދޭން ޝައުގު އުފެދުނީ އެ ދެމަފިރިންގެ ލޭފަވެތިކަން ފެނިފައި ކަމަށް ނައުޝަމް ބުނެއެވެ.

"އެއީ މިހާތަނަށް ދިމާވި އެންމެ ލޯބި ދެމަފިރިން. އެ މީހުން ފެނުމުން ބޭނުންވީ އާއްމުންނާއި ހަމައަށް ގެނެސްދޭން. އަބަދުވެސް ބޭނުންވޭ އިމޯޝަނަލް އެއްޗެހި ގެނެސްްދޭން މީހުންނާއި ހަމައަށް ވަރަށް ބޮޑަށް ބެލިން އިމޯޝަންސް ގެނެސްދޭން. އެގޮތަށް ވަރަށް ބޮޑަށް ބެލިން އެ އިމޯޝަންސް ގެނެސްދެވޭތޯ. ވަރަށް ޕޮޒިޓިވް ފީޑްބެކްސް ލިބުނީވެސް." އޭނާ ކިޔާދިނެވެ.
ނައުޝަމް ކިޔާދިން ގޮތުން މި ފޮޓޯ އަކީ ލ. އަތޮޅުގައި، އުމުރުން ދުވަސްވީ މީހުންގެ ފޮޓޯ ނަގަމުން މި ދެމަފިރިންނަށް އޭނާގެ ސަމާލުކަން ހުއްޓުނީ އޭނާ އަށް މީހާއަށް އޭނާގެ އަނބިމީހާ ކާންދޭން އިން މަންޒަރު ފެނުމުންނެވެ. އުމުރުން ދުވަސްވެ، ލޯބޯކޮށިވެފައި ވީ ނަމަވެސް ނުހަނު އޯގާތެރިކަމާއި އެކު އުޅުނު މަންޒަރުވީ އޭނާގެ ހިތް ދަމައިގަތް ކަމަކަށެވެ.

އެ ދެމަފިރިންގެ ކައިވެންޏަށް 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ވެފައި ވާއިރު މިހާރު ފިރިހެން މީހާގެ އުމުރުން 95 އަހަރެވެ. އަދި އެ އަންހެން މީހާގެ އަށް 64 އަހަރެވެ.

Love story of Dhonmariyam and Beyya❤

"It all started about 50 years ago, When I met Abduh Rahmaan (Beyya) . It was my...

Posted by Nausham Photography on Thursday, 7 January 2021

ކާންދީ ފެންވަރުވާދީ، ސާފުކޮށްދިނުމުގެ ހުރިހާ ކަމެއް ކޮށްދިނުމުގައި އެ އަންހެން މީހާ ދަނީ ޝަކުވާއެއް ނެތި ފުރިހަމަކޮށްދެމުންނެވެ. އަދި އެ އަންހެން މީހާ އޭނާގެ ފިރިމީހާ އަށް ލޮތްބާއި އެކު ކިޔާދޭ ލަވަތަކުގެ ވާހަކަ ވެސް ނައުޝަމް ކިޔާދީފައި ވަނީ އަސަރާއި އެކުގައެވެ.

މިއީ އެ އަންހެން މީހާގެ ފުރަތަމަ ކައިވެންޏަށް ވީ ނަމަވެސް، އޭގެ ކުރިން މި ފިރިހެން މީހާ ވަނީ 50 އަށް ވުރެ ގިނަ ކައިވެނިކޮށްފައި ކަމަށް އެ އަންހެން މީހާ ބުނެއެވެ. އަދި އެ ދެމަފިރިން މީގެ ކުރިން ހަތް ފަހަރު ވަރިވެފައިވެއެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ނުވަ ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ ހަތް ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަމްސިއްޔާ

    ހިއެއްނުވޭތިއީ ލޯބިހެންނެތް. ފިރިހެންމީހާގެ 51 ވަނަ ކައިވެނި. މިހާރު އިނދެގެން އުޅޭ އަނބިމީހާއާވެސް 7 ފަހަރު ވަރިކޮށްފަ! ކުލުނުތޯއްޗެއް މިހާރުތީ

    39
    14
  2. ♥️

    ހުވާ މަ އެ ފޮޓޯތަކާއި އެ ސްޓޯރީ ބަލާފަ ރުއިން😭 ماشاءالله♥️😍💕 ކަމެއްވެޔޭ ބުނެވެނީ ނައުޝަމްއަކީ ރާއްޖޭގަ މިހާރު ހުރި އެންމެ މޮޅު އެންމެ ހުނަރުވެރި އެންމެ ބެސްޓް ފޮޓޯގްރާފަރ އޭ💖💖💖💖💞💞💞💞 ނައުޝަމްގެ ކޮންމެ ފޮޓޯއެއްވެސް ވަރަށް ފުރިހަމަ💞💯❣️🤩😘👌🏼👍🏼 އަބަދުވެސް ތިގޮތުގާ ކުރިއަށްދޭ🤗🤗🤗🤗 ނައުޝަމްއަށް އަބަދުވެސް ކާމިޔާބަށް އެދެން.🤲🏾🤲🏾🤲🏾

    35
    5
  3. Anonymous

    ކާވެނި ޙަރާމްވާ ހިސާބު ކޮންމެސް ކުއްޖަކު ބުނެދީފާނަންތަ

    21
    1
  4. Anonymous

    މިފަދަ ފޮޓޯައެއް ފެނުމުން ލޯބިނުވެ އިނދެގެން އުޅޭ އަނހެންކުދީިންގެ ހިތަށް ރަޙުމް ވަދެ ފިރިމީހާއަށް އަޅާލައި ލޯބި ދޭންފަށާނެހެންހީވެ އަދި ޢާއިލީގުޅުން ބަދަހިކުރުމުގެ ޝައުޤު އުފެދޭނެ

    7
    2
  5. ފާތުން

    ތިންފަށް ވީމަ ކިހިނެތްބާ ހެދީ؟ ވަރަށް ވާނުވާ ހަތް ފަހަރު ވަރި ކުރިއޭ ބުނީމަ. ކޯޓަކަށް ނުގޮސް ވަރި ކޮށް ކޮށްފަ ރުޖޫއަ ކޮށްގެން ތިބީތަ؟

    13
    2
  6. ޚައިދަރު

    އެހެން ވީމަ ކައިވެނި ކުރި އިރު 14 އަދި 45 ތާ... ގޯހެއް ނޫން... އެހެން ޒަމާނެއް... މިހާރުނަމަ ބެއއޔަ ލިސްޓަށް އަރާނެ

    11
    1