އިންޑިއާގެ ހައިދަރް އާބާދް ސަރަހައްދަށް ނިސްބަތްވާ ކުއްޖަކު އުމުރުން 20 އަހަރުގެ ޒުވާނަކު އޭނާ ފޭސްބުކްއިން ދިމާވި އަންހެން ކުއްޖަކަށް ފާޑުފާޑުގެ މެސެޖްކުރާތީ ކޯޓަކުން އެ ޒުވާނާ ދެ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ރިޕޯޓްތައް ބުންގޮތުގައި، ސަންތޯޝް ނަމަކަށް ކިޔާ ފިރިހެން މީހާކީ މޮޅަށް ކިޔަވައިގެން ހުރި މީހެކެވެ. އޭނާއާ މި އަންހެން ކުއްޖާ ފޭސްބުކް އިން ދިމާވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މިގޮތަށް ދިމާވެެގެން މި އަންހެން ކުއްޖާ ވަނީ ސަންތޯޝް ބުނި ކަންތައްކޮށްދޭން ދެކޮޅު ހަދާފައެވެ.

ސަންތޯޝްގެ ޑިމާންޑްތަކުގެ ސަބަބުން އަންހެން ކުއްޖާ ވަނީ އޭނާގެ މެސެޖްތައް ބެލުން ހުއްޓާލާފައެވެ. ނަމަވެސް ފަހުންވެސް ސަންތޯޝް ވަނީ އެ އަންހެން ކުއްޖާއަށް ވަރަށް ރުޅިވެރިކޮށް މެސެޖްތައް ކުރަން ފަށާފައެވެ. އަދި އެކަމާއި ގުޅިގެން އެ އަންހެން ކުއްޖާ ވަނީ އެކަން އޭނާގެ ބައްޕައަށް އަންގާފައެވެ.

އެ އަންހެން ކުއްޖާގެ ބައްޕަވަނީ ސަންތޯޝް ދިމާލަށް ހަޅޭލަވާފައެވެ. އަނެއްކާވެސް މިކަން މައިތިރި ނުވިއެވެ. މިފަހަރު އަންހެން ކުއްޖާއަށާއި، އޭނާގެ ބައްޕައާ ދިމާލަށް ސަންތޯޝް އެއްޗެހި ކިޔަން ފެށީއެވެ. އެންމެ ފަހުން އެ ކަންތައް ބޮޑުވެގެން މައްސަލަ ޖެއްސީ ފުލުހަށެެވެ.

އެގޮތުން ފުލުހުން ވަނީ ސަންތޯޝް ހައްޔަރުކޮށް މިދިޔަ ބުރަސްފަތި ދުވަހު ކޯޓަށް ގެންގޮސްފައެވެ. އެ ކޯޓުން އޭނާގެ ބަންދަށް ދެ ދުވަސްޖެހިއިރު 50 ރުޕީސްއަށް ވަނީ ޖޫރިމަނާވެސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު