މޭކަޕަކީ ދުނިޔެއަށް މަޝްހޫރު ވެފައިވާ އެއްޗެކެެވެ. ހާއްސަކޮށް އަންހެނުންގެ މެދުގައި މާކަޕް ވަރަށް މަގްބޫލެވެ. އަންހެނުންގެ ތެރޭޭގައި މޭކަޕް ކުރާ މީހުންނާއި، މިކަން ކޮށްގެން އާމްދަނީ ހޯދަމުން އަންނަ މީހުން ވަރަށް ގިނައެވެ.

އެމެެރިކާ އަށް ނިސްބަތްވާ ޖައިލިން ބަޓްލާ ނަމަކަށް ކިޔާ މި އަންހެން މީހާއަކީވެސް މިގޮތަށް މޭކަޕް ކޮށްދީގެން އާމްދަނީ ހޯދަމުން އަންނަ މީހެކެވެ. އޭނާ އަކީ މީސް މީޑިއާގައިވެސް މަޝްހޫރު މީހެކެެވެ. މިއީ މޭކަޕް ކުރުމަށް ލޯބިކޮށް އެެކަމުން އާމްދަނީ ހޯދަމުން އަންނަ ޖައިލިންއެވެ. އޭނާއަށް އާ އަހަރު ފެށިފައި ވަނީ ފުން ހިތާމައާއި އެކު އެވެ.

ޖައިލިން ޓިކްޓޮކްގައި އާންމުކޮށްްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގަ އޭޭނާގެ ނުވަ އަހަރުގެ އަންހެން ދަރިފުޅާއި، ފަސް އަހަރުގެެ އަންހެން ދަރިފުޅު ގޭގައި ބައިތިއްބާފައި ބޭރަށް ނިކުމެލުމަށް ފަހު އެނބުރި ގެއަށްް އައި އިރު އޭނާ ގެންގުޅޭ 1000 ޑޮލަރަށްވުރެ އަގުބޮޑު މޭކަޕް ސާމާނު ވަނީ ހަލާކުކޮށްލާފައެެވެެ. އެެއީ ދިވެހި ރުފިޔާއިން ބަލާނަމަ 15000 އަށްވުރެ އިތުރު އަދަދެކެެެެވެެ.

ޖައިލީން ބުނެފައިވާ ގޮތުގައި އެ ދެކުދިން ވެެގެން ވަނީ އޭނާގެ ހުރިހާ މޭކަޕްކުރާ ސާމާނެއް ސިންކުތެރެއަށް އަޅާ ހަލާކުކޮށްލާފައެވެެ. އަދި ގޭގެެ ފާރުތަކުގައި އެތަކެެތި އުނގުޅާ މުޅި ގެވެސް ހަޑިކޮށްލާފައިވާކަމަށް ޖައިލީން ވަނީ ބުުނެފައެވެ. ޖައިލީން ބުނެފައިވާ ގޮތުގައި މޭކަޕް ސާމާނަށް މިހެން ހަދާފައި ހުއްޓާ ފެެނުމުން ވީދެރައިން "ހިތް ފަޅައިގެން" ނުދިޔައީ ކިރިޔާއެވެ.

ޖައިލީން އަކީ މޭކަޕްކޮށްދީގެން ލިބޭ އާމްދަނީއަކުން އެކަނިމާ އެކަނި ދިރިއުޅެމުން އަންނަ މީހެއް ކަމަށް އޭޏާ ވަނީ ބުނެފައެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    1000 ޑޮލަރޭ ؟؟! ކަނބުލޯ ތި މޭކަޕު ސެޓު ބަހައްޓާފަ ކޮންމެސް އަމިއްލަ އެހެންކަމެއް ފަށާބަލަ. މާލާރި ލިބޭނެ.

    11
    2