ބައިސްކޯފްގެ ސީރީޒް "ތިން ބިބީ" އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި ވަޝިޔާ މުހައްމަދު (ޝިޔާ)އަކީ ހަލުވިކަމާއި އެކު ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ބަތަލާއެކެވެ. އޭނާގެ މޮޅު އެކްޓީން އާއި އެކު މިވީ ކުރުު މުއްދަތުގެ ތެރޭގައި ވެސް ފިލްމާއި، ސީރީޒް އަދި އިޝްތިހާރުތަކުން ފުލުފުލުގައި އޭނާ ޖާގަ ހޯދަމުން ދަނީ ނުހަނު ފަޭހަކަމާއި އެކުގައެވެ.

އެހެންނަމަވެސް ވާޝިޔާ އަށް ފަހަކަށް އައިސް އަމާޒުވަމުންދާ ފާޑުކިޔުންތަކަކީ އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށެވެ. އެގޮތުން ސިމްބޮލިކް ރެކޯޑްސް އިން ދާދިފަހުން ނެރުނު ކޯވަރެއް ލަވަޔާއި ޖެލީގެ އިޝްތިހާރުގައި ވެސް އޭނާ ހެދުން އެޅި ގޮތާއި މެދު ބައެއް އާއްމުންގެ ފާޑުކިޔުން އަމާޒުވިއެވެ. އާއްމުކޮށް ފިލްމާއި، ވީޑިއޯ އަދި ލަވައިގައި ހެދުން އަޅަނީ އަމިއްލައަކަށް ނޫނެވެ. އެހެންނަމަވެސް ވާޝިޔާ ހެދުން އެޅީ ސައްތައިން ސައްތަ މުސްލިމް ޤައުމަކާއި އެންމެ އެކަށީގެންވާ އަހުލާގީ ފެންވަރަށް ނޫން ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.

ފިލްމީ ތަރި ވަޝިޔާ ދިގު ހެދުމުގައި ލި ފޮޓޯ

މިފަހަރު އޭނާ އަށް ފާޑުކިޔުން އަމާޒުވީ "ހިޔަލަ" މި ނަމުގައި މީސްމީޑިއާއަށް ދޫކޮށްލި ފޮޓޯތަކަކާއި އެކުގައެވެ. އެ ފޮޓޯތަކުގައި އޭނާ ހުރީ އޮރެންޖުކުލައިގެ ދިގުހެދުމެއް ލައިގެންނެވެ. ބޮލުފިތިކޮޅެއްވެސް އަޅައިގެން ހުރި އެ ފޮޓޯތަކަށް ފާޑުކިޔުން އަމާޒުވާން ފެށީ ފައި ދައްކައިގެން ހުރި ފޮޓޯއެއް އޭގެ ތެރޭގައި ހިމެނުމުންނެވެ. އާއްމުންގެ ތެރެއިން ބައެއް މީހުން ދަނީ އެއީ ދިވެހި ހެދުމަށް ހުތުރު އެރުވުން ކަމަށް ބުނަމުންނެވެ.

އެހެންނަމަވެސް ފެޝަން އިންޑަސްޓްރީ އާއި ފިލްމީ ދާއިރާގެ ގިނަ މީހުންގެ ތައުރީފު އެ ފޮޓޯތަކަށް ލިބުނެވެ. އެ ޕޯސްޓުގައި ވަޝިޔާ ބުނީ ހިޔަލަ އަކީ އޭނާގެ މާމަ ކަމަށާއި، އެއީ އޭނާ ދުށް އެންމެ ރީތި އެކަކު ކަމަށެވެ.

އަދި އެ ފޮޓޯ ޝޫޓަކީ އެއީ އޭނާ އަާއި ގާތް ޝޫޓެއް ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޙާމް

    ކިހާބޮޑު ވެއްޖެ ކަމެއް. ޟިދިވެހީންނާއި ނުބެހޭކަށް ކަމެއް ނޯވޭ. ބަލަ އެމީހަކު ކުރި ކަމެއް އެމީހަކަށް. މަށަށް ކޮންކަމެއް

    55
    69
    • ތަބީ

      އެމީހުން ފޮޓޯނަގާފަ އެހެން މީހުންނަށް އިސްތިހާރު ނުކޮށް ބަހަޓާނަމަ ބެހޭކަށް ނުޖެހޭނެ

  2. ޙހހހ

    ފިލްމް އިންޑަސްޓްރީގެ ގިނަމީހުން މިކަމަށް ތައު ރީފްކު ރާނެ ، އެއީ ގިނަމީހުން ދެކެން ބޭނުންވާ އުޅެންބޭނުންވާގޮތް

    131
    6
  3. ސަނައްޓޭ

    ދިވެހި ހެދުން މޮޑަން ކޮށްފަޔޯ މޮޑަން ކުރިކަމަށް ވަނީ ހެދުން ނަގާ ވޮލުގަ އެޅުވީމަރަ؟

    119
    4
    • ޕުޗުސް

      ތި މޮޑާރން ވަމުން ގޮސް އެންމެ ފަހުން އޮރިޔާންވެސް ވާނެ

      79
      3
    • ނަނަން

      އަދި އަންޑަރ ވެއަރ އެއް ނުލާ ހެދުން ބޮލުގަ އެޅީމަ އޭރުން އެންމެ ބޮޑަށް މޮޑަން ވާނީ ހަޔާތްމަދުކަން މަހިތަށް އަރަނީ

      16
  4. ކޮޕީ

    މިއީ ކޮޕީ ކޮށްފަ އިން ފޮޓޯއެއް.

    18
    4
  5. XD

    ދިވެހިންނެކޭ ޝިކާރަކުރަން އުޅޭ ވަލު ޖަނަވާރުންނެކޭ ތަފާތެއްނެތް އަބަދުވެސް މިކަހަލަ ދަނޑިވަޅެއް ބަލައިގެން އުޅޭނީ މީހަކު ނޮޅާ ކާލެވޭތޯ.

    23
    39
  6. މަގޭ ގައުމު

    އަސްލުވެސް ބަލާލަން ވެސް ހުތުރު.

    55
    6
  7. ޙިގެއިން

    ޙާދަ ހުތުރުކަން ބޮޑު މީހެކޭތީ.....

    52
    9
  8. ހާލުފޮޅި

    ތިވެސް ފިލްމީ ތަރިއެއް.. މިހާރަކު ނޫޅޭ ފިލްމު ކުޅެން އިނގޭ މީހަކު.. ބޮޑަށް އޮރިޔާންވެ ގިނަ މީހުން ގައިގަ ކޭއްތުނު ވަރަކަށް މިހާރު މަޝްހޫރުވާނެ.. ދިގުހެދުމަށްވެސް ހުތުރު..

    73
    2
  9. ހައްޓި

    ތިޔައް ކިޔަނީ ހަޔާތްކުޑަވުން ތިމާއައް ތިމާފެނި އަމިއްލައައް މޮޅުވެފަ ތިޔަ ހުރީ މީހުން ބެހޭނެތާ ސޯސަލްމީޑިޔާ އައް ފޮޓޯ އަޅާ އޮރިޔާން ދައްކަން އުޅެންޏާ 👎🏻

    66
    2
  10. ފަޓަފަޓަ

    ތި މަންނަ މީ ނޯރާ ޔޯ🤣🤣
    އޮރިޔާން ވި ވަރަކައް މައްޝޫރު ވާނެ.
    ލަދެއް ހަޔާތެއްވެސް ނުހުންނަ ބައެއް ތީ. ނަ މުން މުސްލި މުންނޯ...

    68
    4
  11. އަހަރެން

    އޭ ޙާމް. ކީކޭ؟ އެމީހެއް ކުރިކަމެއް އެމީހަކަށްށޭ ތިޔަ ބުނަނީ މުޖުތަމަޢުގައި ފާސިޤު ޢަމަލަށް ހިންގާ އިރު އެއްޗެކޭ ނުބުނެ ހުންނާށޭ ތަ. މީހެއް މަރާލީމަ، ކުޑަކުއްޖެއްގެ ރޭޕް ކުރީމަ ވެސް ހަމަ އެހެއްތަ ބުނާނީ؟ މިއީ އިސްލާމީ ޤައުމެއް މިތާގައި އޮރިޔާމުން އުޅުމުގެ އާދަކާދައަށް ތަރުހީބު ލިބޭ ކަންކަމަށް ބަސް ބުނެވޭނެ ކޮންމެ މީހަކަށް ވެސް. އަދި މިއީ އިސްތިހާރުވެ އެންމެންނަށް ފެންނަ ގޮތަށް ކުރާ ކަމެއް . ނޫން ނަމަވެސް ތިހެން ބުނަން ޖާގައެއް އޮފީސް ކަންނޭނގެ.

    64
    2
  12. ނޯމޭން

    ހިޔަލައަކީ މަގޭވެސް މާމާ....އެކަމު ތިފާޑަކަށް ނޫން މާމަ އުޅުނީ އަކީ...

    57
    3
  13. ދެރަކަމެއް

    މޮޑެލް ކުރަން ފޮޓޯ ނަގަންވެއްޖެޔާ، އަންހެން ކުދިންނަށް ކޮންމެ ގޮތެއްވެސް އޯކޭ، ރޯ އަރިޔާންވިޔަސް ހެޔޮ، ޖަނަވާރެއްހެން އޮންނަން ވިޔަސް އޯކޭ، ކިހާ ދެރަ ކަންކަން މީ

    47
    2
  14. ކުށް

    ވަޝިޔާ އެއް ނޫން ވާޝިޔާ އިނގޭތޯ

    21
    3
    • ދެން ދޯ!

      އޯކޭ

      10
  15. ފީފާ

    މަޝްހޫރުވަާން ވެގެން ހެދުމެއް ލިޔަސް ބަލާނީ އޮރިޔާން ވެވޭތޯ.

    21
    1
  16. ހާޏޢ

    ތިވަރު ނުވެބާ ދިވެހންނޭ....... އޭ ހަމަ މީހެއްގެ ފާރ.

    ތރއގ ވެބާ.

    4
    13
  17. Anonymous

    ކައިޒީން އެކަމަކު ގޯސްވާނީ .

    11
    2
  18. ޑައިވަރޭ

    ހާދަ އަގަ ބޮޑޭ ދޯ... އާފަލުކާން އޯކޭ ވާނެ

    9
    1
  19. ދިވެހި މުސްލިމު މީހާ

    ތިޔަ ހުރީ ހަމަ ރަނގަޅަށްވެސް ދިވެހިވަންތަ ވެވިފައި،. މުސްލިމުންގެ ނަމުގައި ދިވެހިރާއްޖޭގައި އުޅެނީ ގިނައިން ތިޔަކަހަލަ އެއްޗެތި

    18
    1
  20. ކަނބުލޮ

    މަ ނުދެނަހުރިން މީކީ ތަރިއެއްކަމަކަށް.. ކޮންތާކުން ފައިބާ ހުރި ތަރިއެއްތަ؟ ތިރީ ކޮޅުން ނުހިއްލާ މަތީކޮޅުން ބާލަ ބަލަ...ކިހާބޮޑު އަހުވައެއްތަ.

    14
    1
  21. މީހާ

    އަހަރެންވެސް ތިބާ ވެސް މަރުވާނެ. ސުވާލުކުރެވޭނެ. އެދުވަހަށް ބިރުވެތިވެ އިސްލާހުވޭ. އެދުވަހުން ސަޕޯޓަރުނުތިބޭނެ ކަން ތިބާއަށް އިނގޭރި ތިގޮތް ދޫކޮށް ތަޢުބާވެ

    10
  22. ޚުރި

    ކުރުއެއްޗިސް ބަލަން ބޭނުން މީހުން ނުބަލާ ތިބޭ!