މީސް މީޑިޔާ އަކީ ފޮޓޯ ބަލަން ނޫނީ ތަންތަނަށް އަރައި ޗެކިން ކޮށް މޮޅެތި ބަސްތަކުން ޕޯސްޓުތައް ކުރަން އޮތް ތަނެއް ނޫންކަން ގިނަ މީހުންނަށް މިހާރު އެނގޭނެ އެވެ. ހުނަރު ހުރި އެތައް ފަރާތެއް ވަނީ މީސް މީޑިޔާ މެދުމެރިކޮށް ދުނިޔޭގެ ސަމާލުކަން ހޯދާފަ އެވެ. އެގޮތުން އެފަދަ އެއް ފަރާތަކީ ޕިއާނޯ ކުޅެމުން މޮޅު ގޮތަކަށް ނަޝާލި އިންޑިޔާ މީހެކެވެ.

ވިކާސް ޑުޑެޖާ ނަމަކަށް ކިޔާ މީހެއްގެ ފޭސްބުކުގައި ހިއްސާކޮށްފައި ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ ވީޑިއޯއިން ފެނިގެންދާ މީހާ ކީބޯޑު ކުޅެމުން ކުޅަދާނަ ނެށުމުގެ ހަރަކާތެއް ދައްކާތީއެވެ.

ބޭންޑު މިއުޒިކް ލަވައެއްގައި ޕިއާނޯ ކީބޯޑު ކުޅެމުން ވީޑިއޯއިން ފެންނަ މީހާ ނަށަމުން ކީބޯޑު ވަށައި އެނބުރޭތަންވެސް ފެނިގެން ދެއެވެ. އޭނާ ކުޅެމުންދާ މިއުޒިކާއި އެއްވަރަށް ނަށައި ހަށިގަނޑަށް ތަފާތު އެތަކެއް ހަރަކާތެއް ގެންނަތަން ފެނިގެން ދެއެވެ.

ފޭސް ބުކުގައި ހިއްސާކޮށްފައިވާ މި ވީޑިއޯގައި ކީބޯޑުން މިއުޒިކް ކުޅޭ މީހާ ފެނިގެން ދަނީ ސްޓޭޖު ޝޯއެއްގައި އޭނާގެ ހުނަރުތައް ދައްކާ މަންޒަރާއި އޭނާ އާއި އެކު މިއުޒިކް ކުޅޭ ބޭންޑެވެ. ބޮޑަށް ބެލެވޭ ގޮތުގައި މި ބޭންޑު ހުނަރުތައް ދައްކަމުން ގެންދަނީ ކައިވެނި ޕާޓީއެއްގައި އެވެ.


އިންޑިޔާގެ ކައިވެނި ޕާޓީތަކުގައި މިފަދަ ގޮތްގޮތް މީހުން މިއުޒިކް ކުޅެ ހުނަރުތައް ދައްކާލުން އެއީ ޢާންމު ކަމެކެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން މިވަރަށް ލިބޭނީ ވަރަށް މަދު ފަހަރެއްގައި އެވެ.

މިހާތަނަށް މި ވީޑޮއޯ ބަލާފައިވާ މީހުންގެ ޢަދަދު ވަނީ 5 ލައްކަ އަށްވުރެ މައްޗަށް އަރައިފަ އެވެ. އަދި 2 ހާހެއްހާ މީހުން ވަނީ ވީޑިއޯ އަށް ލައިކު ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަކީ

    މިފަހަރުގެ ނެށުން ކަމަކު ނުދޭ... ކުރިން މަޝްހޫރުވި ޑާންސިންގ އަންކަލް އާއި ޑާންސިންގ ޑޮކްޓަރ ވަރަށް ސަޅި

    4
    1