ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓުގެ ކައިވެނި ނިމުމަށް ގެންނަން ނިންމައިފި އެވެ. މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި 6 އަހަރުވީ މި ކައިވެނި ނިމުމަކަށް ގެންނަން ނިންމިކަން ކިމްގެ އާއިލާއިން އަދި އޮތީ ސިއްރު ކޮށްފައެވެ. ނަމަވެސް ކިމް އާއި ކާންޔޭ އެކުގައި ނުފެނުމާއި ކިމްގެ އާއިލީ ޕާޓީތަކުންވެސް ކާންޔޭ ނުފެންނާތީ މިހާރު ފެތުރޭ އަޑުތަކަކީ ހަގީގަތެއް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ކިމް އޭނާގެ ފިރިމީހާ 43 އަހަރުގެ ކާންޔޭގެ ފަރާތުން ވަރިވުމަށް ކޯޓަށް ވަރީގެ މައްސަލަ ފޮނުވަން ތައްޔާރުވަމުންދާއިރު ރެޕް ދުނިޔޭގައި މަޝްހޫރު ކާންޔޭ ބުނީ އޭނާ ކިމްގެ އާއިލާ މަތިން ވަރަށް ފޫހިވާ ކަމަށެވެ. ކާންޔޭ ވަނީ އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ބައިވެރި ވެފަ އެވެ. އެ އިންތިހާބުން އޭނާ ވަނީ ބަލިވެ ބޮޑު ލަދެއްގައި ބެދިފަ އެވެ.

ޕޭޖްސިކްސް ނަމަކަށް ކިޔާ ނޫހަކުން ރިޕޯޓުކުރާ ގޮތުގައި ކިމް އާއި ކާންޔޭ ވަކިވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން މުދާތައް ހަމަޔަށް ބެހުމުގެ އިންތިޒާމުތައް މިހާރު ކުރިޔަށް ދާކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ. އެ ނޫހުން ރިޕޯޓުކުރާ ގޮތުގައި ކާންޔޭއަށް ކުރިމަތިވި ނަފްސާނީ މައްސަލައެއްގައި ކިމް އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވިކަން ފާހަގަ ކޮށްފައި ވެއެވެ.

ކިމް މިހާރު އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރާ މަސައްކަތަކީ އޭނާގެ ބާ އިމްތިހާނަށް ތައްޔާރުވުމުގެ މަސައްކަތެވެ. ޤާނޫނީ ވަކީލަކަށް ވުމަށް އޭނާ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް އެ ނޫހުން ރިޕޯޓު ކުރެ އެވެ.

ކިމް އާއި ކާންޔޭ ފުރަތަމަ ބައްދަލުވެފައި ވަނީ 2004 ވަނަ އަހަރުގައި އެވެ. ކީޕިން އަޕް ވިދް ދަ ކާޑޭޝިއަންގެ ލަވައެއްގައި ދެމީހުން ފުރަތަމަ ބައްދަލުވިއިރު ކިމް ހުރީ ޑަމޮން ތޯމަސް އާއި ކައިވެނި ކޮށްގެންނެވެ. ކާންޔޭ އޭރު އުޅުނީ މޮޑެލް އެއް ކަމަށްވާ އެލެސިކްސް ޕިފާ އާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

2012 ވަނަ އަހަރު ކާންޔޭ އާއި ކިމް ލޯބީގެ ގޮތުން ގުޅިފައިވާއިރު އެ އަހަރުގެ ޑިސެމްބަރު މަހު ކިމް ވަނީ އެމީހުންނަށް ކުއްޖަކު ލިބޭކަން އިއުލާން ކޮށްފަ އެވެ. އަދި 2013 ވަނަ އަހަރު އެމީހުންނަށް އަންހެން ކުއްޖަކު ވަނީ ލިބިފަ އެވެ. 2014 ވަނަ އަހަރުގެ މެއި 24 ހުގައި ކާންޔޭ އާއި ކިމް ކައިވެނި ކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ޖަހާފައި ހުރި ބަޓޮކްސް އިންޖެކްޝަންތަކުގެ ޖާދޫ ނިމުނީ

    6
    1
  2. މޮޑަން

    ކިމް ވަރިވެފަ އަންގާލަށްޗޭ މަމިހިރީ ތަށްޔާރަށް