ދުނިޔޭގެ އެންމެ މަޝްހޫރު ކޮމެޑިއަނުންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމެޑިއަން ރޮވަން ސަބާސްޓަން އެޓްކިންސަން އޭނާ ކުޅޭ މިސްޓަބީން ގެ ރޯލުން ދެން ނުފެންނާނެކަން ހާމަކޮށްފި އެވެ.

65 އަހަރުގެ އެޓްކިންސަން އަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރު ވެގެންދިޔަ މިސްޓަބީން ފިލްމު ސިލްސިލާގެ މައިގަނޑު ތަރި އެވެ. ހުރިހާ އުމުރެއްގެ މީހުންވެސް މިސްޓަބީން ކާޓޫނު އަދި ސިލްސިލާ ފިލްމުތައް ބަލާއިރު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އޭނާ އަކީ މަގުބޫލު މީހަކަށް ވަނީ ވެގެން ގޮސްފަ އެވެ.

1990 އިން 1995 ވަނަ އަހަރަށް މިސް ބީން ވަނީ 15 އެޕިސޯޑުގެ ސިލްސިލާ ފިލްމެއް ގެނެސްދީފަ އެވެ. އޭރު އަދި އޭގެ ފަހުންވެސް އެތައް އަހަރެއް ވަންދެން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބެލި މަޖާ ސިލްސިލާތަކުގެ ތެރޭގައި މިސްޓަ ބީން ހިމެނޭނެ އެވެ.

ފޮޓޯ: ގޫގުލް

މިސްޓަބީންގެ ރޯލު ކުޅުމުން ވަރަށް ވަރުބަލިވާކަން ހާމަކޮށް އެޓްކިންސަން ބުނީ ފިލްމު ކުޅުން ހުއްޓާލިކަމުގައި ވިޔަސް ކާޓޫން އަދި އެނިމޭޓެޑް ފިލްމުތަކަށް އަޑުއެޅުން ކުރިޔަށް ގެންދާނެ ކަމަށެވެ.

މިސްޓަ ބީން އަކީ ބޮޑު މީހަކު ސަކަ މިޒާޖެއްގައި އުޅޭތަން ފެނިގެންދާ އަދި މަޖާ އެތައް ކަމެއް އޭނާ އާއި ކުރިމަތިވާގޮަށް ކުޅެފައިވާ ސިލްސިލާ އެކެވެ. އަދި މިސްޓް ބީން ކާޓޫނުންވެސް ފެނިގެން ދަނީ އެފަދަ މަންޒަރުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    😭😭

    18
    2
  2. އިއްބެ

    ޢެކަމު ޢައިޝާ ބުނަނީ މަޖައެއްނޫނޭ!! ކީކޭދޯ ބުނާނީ ނޫންކަމަށް ހެދުނަސް،***

    14