މީސްމީޑިޔާގައި މިހާރު އެންމެ ހިނގާ އެއް ވާހަކަ އަކަށް ވާނީ ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކެންޔޭ ވެސްޓުގެ ވަރީގެ ވާހަކަ އެވެ. ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ކިމް އާއި ކެންޔޭގެ ކައިވެނި ނިމުމަކަށް ގެންނަން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވާން ވަނީ ފަށައިފަ އެވެ. ފާއިތުވި ދުވަސްތަކުގައި ކިމް އަތުން ކައިވެނީގެ އެންގޭޖުމެންޓު އަނގޮޓިވެސް ނުފެންނާތީ ވަރީގެ ވާހަކަތައް ގިނަ މީހުން މިހާރު ގަބޫލުވެސް ކޮށްފަ އެވެ.

ކިމް ކާޑޭޝިއަން އަކީ ބޭރުގެ މުއްސަނދި ފަންނާނުންގެ ތެރޭގައި ހިމެނޭ އަރައި ހުރި އެއް ފަންނާނެވެ. ރީތިވާ ތަކެތި ވިއްކުމާއި މޮޑެލް ކުރުމާއި ސިލްސިލާ ކުޅުމުން އޭނާއަށް މިލިއަނުން ޑޮލަރު ލިބެ އެވެ. ކިމް ފަދަ މިލިއަނަރަކު ގެންގުޅޭ އެންމެ އާދައިގެ އެއްޗެއްގެ ވެސް އަގު ހުންނާނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ދައްކަނީ ކިމް ގެ އެންގޭޖުމެންޓު އަނގޮޓީގެ ވާހަކަ ތަކެވެ.

ފޮޓޯ: ގޫގުލް

1.5 މިލިއަން ޑޮލަރުގެ އެންގޭޖުމެންޓު އަނގޮޓި މިހާރު ކިމް ނާޅަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރަމުން އެބަ ދެއެވެ. ފާއިތުވި ދުވަސްތަކުގައި ނަގާފައިވާ ކިމް ގެ ގިނަ ފޮޓޯތަކުން އަގުބޮޑު އެ އަނގޮޓި ނުފެންނަކީ ކީއްވެތޯ އެތައް ބަޔަކު ސުވާލު އެބަ ކުރެއެވެ.

ފޮޓޯ: ޖެކް/ބެކްރިޑް

40 އަހަރުގެ ކިމް 2014 ވަނަ އަހަރު ކުރީ އޭނާގެ 3 ވަނަ ކައިވެންޏެވެ. އޭނާ އެ ކައިވެނި ކުރީ މިހާރުގެ ފިރިމީހާ ކެންޔޭ އާއި އެވެ. މި ކައިވެނި ނިމުމަށް ގެންނަން ކިމް މަސައްކަތް ފަށާފައިވާކަމަށާއި ވަރިއަށް އެދި ހުށައަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް މިހާރު ތައްޔާރުކޮށްފައިވާކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

ފޮޓޯ: ޖެކް/ބެކްރިޑް

އަގުބޮޑު އަނގޮޓިއެއް މީގެ ކުރީންވެސް ކެންޔޭ ވަނީ ކިމް އަށް ދީފަ އެވެ. މިދިޔަ އަހަރު ކެންޔޭ ވަނީ 15 ކެރޮޓުގެ 1.3 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެއް ކިމް އަށް ދީފަ އެވެ. އަދި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު ކެންޔޭ ވަނީ 4 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އަނގޮޓީއެއް ކިމް އަށް ދީފަ އެވެ. އެ އަނގޮޓި އަކީ 20 ކެރޮޓުގެ އަނގޮޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސްޓާ

  އެ އަނގޮޓި އޮންނާނެ ޖެފްރީ އަތުގަ

 2. ލޮލް

  އެ އަނގޮޓި އޮންނާނެ ޖެފްރީ އަތުގަ

  1
  3
 3. އަހްމަދު

  އެމަންޖެ ބޯ ފައިވާނަށް ނާރަނީ ކީއްވެކަން އެނގޭތަ؟

 4. ޢަލިބެ

  ކަލޭވަގަށް ނެގީ