ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ބޮލީވުޑު ފިލުމު އިންޑަސްޓްރީއަށް އައި އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ އޯޓީޓީ ޕްލެޓް ފޯމް ތަޢާރަފްވެގެން ދިޔުމެވެ. މިކަމުގެ ސަބަބުން އެތައް އެކްޓަރުންނަކަށް ފުޅާ ދާއިރާއެއްގައި ފުރުސަތުތައް ލިބެމުންދާނެ ކަމަށް ޕަރޭޝް ރާވަލް އުއްމީދު ކުރެއެވެ.

''ސްކޭމް 1992ގެ ތަރި ޕްރަތިކް ގާންދީއަކީ އެއްރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެއް. މިއީ އޯޓީޓީ ޕްލެޓް ފޯމުގެ ސަބަބުން ލިބުނު މަޝްހޫރުވުމުގެ އާގޮތެއް. އެއް ފިލުމުން އަނެއް ފިލުމަށް މީހުންގެ މަގުބޫލުކަން ހޯދައި ފަންނާނުން ދާނީ ބަދަލުވަމުން. ކުރީގެ ގޮތަށް އެއް އެކްޓަރަކު ސްޓަރއަކަށް ވުމަށްފަހު ކުރިއަށް އޮތް ދިހަ އަހަރަށް އެ ސްޓާރެއްގެ މަގުބޫލުކަން ދެމިއޮންނަ ގޮތަކަށް ނޫން. އެއީ އޯޓީޓީ ޕްލެޓް ފޯމުގެ ބާރު. މިއީ ކިހިނެއް ވާކަމެއްކަން ނޭނގެ. ނަމަވެސް މިހާރު ކަންތައްތައް މިދަނީ ހަމަ އެންމެ ރަނގަޅު ގޮތަށް ބަދަލުވަމުން. އެންމެންނަށް ވެސް މި ބަދަލުތައް ދާނީ ފެންނަމުން'' ކޮމެޑީ ރޯލުތަކުން ފެންނަ ޕަރޭޝް ރާވަލް ބުނެފައިވެއެވެ.

ޕަރޭޝް ރާވަލްގެ ވެސް ދެ ފިލުމެއް ވަނީ އޯޓީޓީ ޕްލެޓްފޯމުގައި ދައްކާފައެވެ. އެއީ ތަމަޅަ ފިލުމު ''ސުރަރާއި ޕްޓްރޫ'' އާއި ހިންދީ ފިލުމު ''ކޫލީ ނަންބަރު 1''އެވެ.

އޯޓީޓީ ޕްލެޓްފޯމް އައުމުގެ ކުރިން ހުރިހާ އެކްޓަރުންނަށް ވެސް ހަމަހަމަކަން އޮތްތޯ ސުވާލު ކުރުމުން އޭގެ ޖަވާބުގައި ޕަރޭޝް ބުނެފައިވަނީ ކުރީގެ ވާހަކަތައް ދައްކަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މިހާރު އެ ފުރުސަތު ހަމަހަމައަށް ހުރިހާ ފަންނާނުންނަށް ވެސް އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަނބަސް

    ރާއްޖޭގައިވެސް ދިވެހި ބަހުގެ ޅެންވެރިކަމާ ލިޔުންތެރިކަމާ ބަހުގެ ދިރާސީމަސައްްކައް ވެސް ވަކިބަޔަކު ހިސޯރުކޮށްގެން އުޅޭމިއަދު މާޒީކޮށްލަންވެއްޖެ!