ބޭނުންވާ ތަކެތި

900 ގްރާމް ގެރިމަސް 2/1 ޖޯޑު ކައްކާ ތެޔޮ 4 ބޮޑު ފިޔާ 3 ޖޯޑު ބަތް ½ ސައިސަމުސާ ސެފްރަން (ދަޅުގައި ހުންނަ ވައްތަރުގެ) 1 އިންޗި ހުންނަ ވަރުގެ ފޮނިތޮށިކޮޅެއް 5 ލޮނުމެދު 6 ކަރަންފޫ 10 އަސޭމިރުސް 5 ލޮނުމެދު ދިގުމިނުގައި ދެ އިންޗި ހުންނަ ވަރުގެ އިނގުރުކޮޅެއް 1 ސައިސަމުސާ ލޮނުމިރުސް 2 ސައިސަމުސާ ކޮރިއަންޑާ ޕައުޑަ 1 ސައިސަމުސާ ދިރި 2 މޭޒުމަތީ ސަމުސާ ރޯސްޓްކޮށްފައި ހުރި ހަވާދު 1 ގިތެޔޮމިރުސް ½ ސައިސަމުސާ ރީދޫ 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް 3 މޭޒުމަތީ ސަމުސާ ހުނި 2 ބޭ ލީފް ހިކަނދިފަތް ލޮނު ފެން 200 މިލިލީޓަރު ކާށިކިރު (ޕެކެޓްގައި ހުންނަ) 1 ޕެކެޓް ހިކި މޭބިސްކަދުރު 1 އާމަންޑް ކުޑަ ޕެކެޓް 4 ބިސް ކޮރިއަންޑާ ފަތް

ތައްޔާރުކުރާނެ ގޮތް

ކިރުކޮޅާއި ސެފްރަން ތަވައަކަށް އެޅުމަށް ފަހު، ދެ މިނިޓް ވަންދެން ހޫނުކޮށްލާށެވެ. އުނދުން މަތިން ބޭލުމަށް ފަހު 30 މިނިޓް ވަންދެން ބަހައްޓާށެވެ. ގެރިމަސްކޮޅުގައި ހުރި ސަރުބީ ނެގުމަށް ފަހު، ކުދިކޮށް ކޮށާލާށެވެ. ދެ މޭޒުމަތީ ސަމުސާ ތެޔޮ ތަވައެއްގައި ކައްކާށެވެ. ކޮށާފައި ހުރި ގެރިމަހުގައި ލޮނާއި އަސޭމިރުސް އުނގުޅުމަށް ފަހު، 2-3 ފަހަރު މަތިން ތެޔޮގަނޑު ތެރެ އަށް އަޅާށެވެ. ގެރިމަސްކޮޅުތަކަށް މުށިކުލަ އަރަންދެން ތެލުލާށެވެ. އެ އަށް ފަހު، މަތިޖެހި ބޮޑު ތަވަޔަކަށް އެ މަސްކޮޅު އަޅާށެވެ. ގެރިމަސްކޮޅު ތެލުލަމުންދާއިރު، ފަސް ހިކަނދިފަތް، ދެ ކަރަންފޫ، ½ ފިޔާ، ތިން ކާފޫރުތޮޅި، އެއް އިންޗި ހުންނަ ވަރުގެ ފޮނިތޮށިކޮޅެއް، ގިތެޔޮމިރުސް، ލޮނުމެދު، ރޯސްޓްކޮށްފައި ހުރި ހަވާދު، ލޮނުމިރުސް، ކޮރިއަންޑާ ޕައުޑަރު، ރީދޫ، ތިން މޭޒުމަތީ ސަމުސާ ހުނި، ދިރި އަދި އަސޭމިރުސް އެއްކޮށް، އެކަށީގެންވާ މިންވަރަކަށް ފެން އަޅައިގެން ފުނޑާށެވެ. ތިން މޭޒުމަތީ ސަމުސާގެ ތެޔޮ ތަވަޔަށް އެޅުމަށް ފަހު، ފުނޑި ހަވާދުކޮޅު ވެސް އެއާ އެއްކުރާށެވެ. ތިން މިނިޓް ވަންދެން، ހަލަމުން މަޑު ގިނީގައި ތެލުލާށެވެ.

ތެލުލި ގެރިމަސްކޮޅު އަޅާފައި ހުރި ތަވަޔަށް، ތެލުލި ހަވާދުކޮޅު އަޅާށެވެ. ހަލަމުން، 450 މިލިލީޓަރުގެ ފެނާއި ބޭ ލީފް އޭގެ ތެރެ އަށް އަޅާށެވެ. މަތިޖެހުމަށް ފަހު، ދޮޅުގަޑިއިރު ވަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ހަލަން ޖެހޭނެ އެވެ. މަތި ނެގުމަށް ފަހު، ހަލަމުން ހަކުރުކޮޅު އޭގެ ތެރެ އަށް އަޅާށެވެ. ދިހަ މިނިޓް ނުވަތަ އޮލަވަންދެން، ކައްކާށެވެ. ރަހަލާ ވަރުގެ ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އެއްކުރާށެވެ.

ތަތްނުލަވާ ތަވައެއްގައި އާމަންޑްސް އާއި ހިކި މޭބިސްކަދުރު ރޯސްޓްކުރާށެވެ. އެ އަށް ފަހު، ހިހޫކުރަން ބަަހައްޓާށެވެ. ބާކީހުރި ދެ ފިޔާ ދެފަޅި އަށް ފަޅާލުމަށް ފަހު، ތުނިކޮށް ކޮށާށެވެ. ދެ މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އެޅުމަށް ފަހު، 6-8 މިނިޓް ވަންދެން ފިޔާކޮޅު ރަތްކޮށްލާށެވެ. އެ އަށް ފަހު، ހިހޫކުރަން ބަހައްޓާށެވެ. އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރާށެވެ. ބޮޑު ތަވައެއްގެ މެދާ ހިސާބަށް ހުންނަ ވަރަށް ފެން އެޅުމަށް ފަހު، ކުޑަ ލޮނުކޮޅެއް އަޅައި ކައްކާށެވެ.

ހަނޑޫ ދޮވުމަށް ފަހު، ކެކިކެކި ހުރި ފެނުގެ ތެރެ އަށް އަޅާށެވެ. ފަސް މިނިޓް ކެއްކުމަށް ފަހު، ރަނގަޅަށް ހިއްކާށެވެ. ކޮރިއަންޑާ ފަތް އަޅައި ރަނގަޅަށް އެއްވަންދެން ހަލާށެވެ. ގެރިމަސްކޮޅާއި ހަވާދުގެ ދެބައިކުޅަ އެއްބައި، އަވަނަށް ލެވޭ ކަހަލަ ބޮޑު ބޯތަށްޓަކަށް އަޅާށެވެ. ކައްކާފައި ހުރި ބަތްކޮޅުގެ ދެބައިކުޅަ އެއްބައި އެ ބޯތަށީގެ ތެރެ އަށް އެޅުމަށް ފަހު، އޭގެ މައްޗަށް ސެފްރަންކޮޅާއި ކިރުކޮޅު ބުރުވާލާށެވެ. އޭގެ މައްޗަށް، ރަތްކޮށްފައި ހުރި ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި އަޅާށެވެ. އެ ގޮތަށް، އިތުރު ފަށަލައެއް ހަދާށެވެ. ބޯތަށި އެއްކޮށް ފޮރުވޭ ވަރަށް، ދެ ބުރަށް ފޮއިލް އޮޅާށެވެ. ތިރީސް މިނިޓް ވަންދެން އަވަނުގައި ފިހާށެވެ. ނުވަ މިނިޓް ވަންދެން ބިސް ފެނުކައްކާށެވެ. ހިހޫކުރުމަށް ފަހު، ބިހުގެ ތޮށި ނޮޅައި ކޮންމެ ބިހެއް ހަތަރު ބަޔަށް ފަޅާލާށެވެ.