އިންޓަނޭޓަކީ މުހިންމު އެއްޗެއްކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ، ކޮވިޑް-19 އާ އެކުގައެވެ. އިންޓަނޭޓް އެއްވެސް ގޮތަކަށް ބޭނުން ނުކުރާ އެތައް ބަޔަކު އިންޓަނޭޓް ވަންނަން ޖެހުނެވެ. ކިޔަވަންވެސް އިންޓަނޭޓް ބޭނުން ކުރަން ޖެހިއްޖެ އެވެ. އެ މަޖުބޫރުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އުޅޭއިރު، އިންޓަނޭޓް ލިބުމުގައި ދަތިތަކެއް ދިމާވެ ވަރަށް ހާލުގައި އުޅޭ ކުދިންވެސް އެބަ އުޅެއެވެ. ފިލިޕީންސްގެ މި ކުދިންވެސް އިންޓަނޭޓް ނުލިބިގެން އުޅެން ޖެހުނީ ދަތި ހާލުގައެވެ.

އެގޮތުން މަނިލާގެ ފަގީރު ހިސާބެއްގައި ދިރިއުޅެމުން އނަްނަ އުމުރުން 10 އަހަރުގެ ޖޭ އަރް ކަލްމާ ކިޔަވަން އަރަން މި ޖެހެނީ ގޭގެ ފުރާޅު މައްޗަށެވެ. ކޮވިޑް-19 އާ ހެދި ކްލާސްތައް އޮންލައިންކޮށް ބަދަލު ކުރުމުން، ގެއަށް އިންޓަނޭޓް ސިގްނަލް ނުލިބޭތީ އޭނާ އަރަނީ ގޭގެ ފުރާޅު މައްޗަށެެވެ. އޭނާ އިންނަނީ އެތަނުގައި ހަލާކުވެފައިވާ ޕްލާސްޓިކް ޓައްޕެއް މަތީގައެވެ. އެ ތަނަށް އިންޓަނޭޓްގެ ރަނގަޅު ސިގްނަލް ލިބޭނެ ކަމުގެ އުއްމީދުގައެވެ.އޭނާ ބޭނުން ކުރަމުން ދަނީ ސަރުކާރުން ދިން ޑިވައިސް އެވެ.

"ބައެއް ފަހަރު އެބަ ޖެހޭ ސިމްކާޑުވެސް ބަދަލުކޮށްލަން، އެއީ އޭނާ ކިޔަވަން ފާރުމައްޗަށް ނާރުވަން ވެގެން، އެކަމަކު އަަހަރުމެން އަތުގައި އެވަރަށް ފައިސާއެއް ނެތް".ކަލްމާގެ މަންމަ ރޮއިޓާސް ނޫހަށް ބުންޏެވެ.

އޮންލައިން ކްލާސްތަކަށް ކިޔެވުން ބަދަލު ކުރުމުން، އަމިއްލައަށް ދަސް ކުރާ މޮޑިއުލްސްތަކާއި، ޓީވީއާއި ރޭޑިއޯމެދުވެރިކޮށް ކިޔަވާދޭން ފެށުމުން 108 މިލިއަން މީހުން ދިއުޅެމުންދާ އެ ގައުމުގައި އެކަން ވީ ބޮޑު ޗެލެންޖަކަށެވެ. އެގައުމުގައި ގިނަ ގެތަކުގައި އިންޓަނޭޓެއް ނުހުންނައިރު، އެއްބައި މީހުންގެ އަތުގައި ފޯނުވެސް ނުހުރެއެވެ.

އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނާގޮތުގައި، ބައެއް ކުދިން މިހާރުވެސް ވަނީ ސްކޫލަށް ދިއުން ހުއްޓާލާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނަގޮތުގައި، ލަގުނާ ޕްރޮވިންސްއަށް ނިސްބަތްވާ ކުދިން އިންޓަނޭޓް ހޯދުމަށް އަރަނީ ފަރުބަދަ ތަކުގެ މައްޗަށެވެ. އެތަނަށް ވާރޭ ވެހެން ފެށުމުން ހިޔަލަށް ވަދެއެވެ. ބައެއް ފަހަރު ނިދަނީ ކަނީވެސް އެތަނުގައެވެ.

ބައެއް އާއިލާތައް ވަރަށް ހާލުގައި އުޅޭއިރު، އުމުރުން 11 އަހަރުގެ ޖޯއީ ޑީ ކަސްޓްރޯ ދިރިއުޅެމުން ދަނީ މަނިލާގެ ސަހަރާގައެވެ. ބައެއް ފަހަރު އޭނާ ކިޔަވަން އިންނަނީ ސަހަރާގެ މަހާނަތައް މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު