ކުޑަކުޑަ ސްޕާއެކެވެ. އެކަމަކު މިތަނުންް މި ކުރަނީ ބޮޑު ކަމެކެވެ. އެއްބަޔަކު ބިރުން ފިއްކަނޑައިގެން ދާ ވަރު ވާނެ އެވެ. މިހާރުވެސް ހަރުފައެއް ފެނުނީމަ ބައެއް މީހުން އުޅޭ ގޮތް ފެނޭތާއެވެ. މި ސްޕާގައި ހަރުފަ ބޭނުން ކުރަނީ މީހުންގެ ހަށިގަނޑު އެކި ތަންތަން މަސާޖް ކުރުމަށެވެ. ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސާ ރިއްސުމަށް ލުޔެއް ދިނުމަށެވެ.

މަސޭޖް ކުރުުގައި އުޅޭ މީހާ އެންމެ ފުރަތަމަ ކުރާ ކަަމަކީ އެ މީހާގެ ގައިގައި ތެޔޮ ހާކަނީ އެވެ. އަދި ގާތްގަނޑަކަށް 28 ހަރުފަ ބޭނުންކޮށްގެން ދެން އެ މީހާގެ ހަށިގަނޑު މަސާޖް ކުރެއެވެ. 39 މިނުޓަށް މިކަން ކުރާއިރު، މި ހަރުފަތަކީ ވިހަލާ ހަރުފަތަކެއް ނޫނެވެ.

ޑިއާ ޒެއިން ނަަމަކަށް ކިޔާ މީހަކު މި ވަނީ މި އާ ހިދުމަތް ޓްރައި ކޮށްފައެވެ. އޭނާއަށް މި ހިދުމަތް ދޭކަން އެނގުނީ މީސް މީޑިއާ ހާވަނިކޮށެވެ. އަދި އޭނާ ބޭނުންވީ މިކަން ކުރިއަށް ގެންދާށެވެ.

މި ހިދުމަތް ފެށުމުން، ކަސްޓަމަރުންނަށްވެސް ކޮންފިޑެންސް ބޫސްޓް ލިބެއެވެ. އަދި ހަށިގަނޑަށް ފަސޭހަކަން ލިބިގެން ދެެެވެ.

މިސްރުގެ ކައިރޯގައި ހުންނަ މި ސްޕާގެ ވެެރިޔާ ސަފްވަތް ސެޑްކީ ބުނީ، ހަރުފަ މަސާޖްގެ ސަބަބުން މަސްގަނޑުގައި އާއި ހުޅުހުޅުގައި ރިއްސުމަށް ލުއިކަން ލިބެއެވެ. އަދި ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅު ކޮށްދެއެެވެ.

ސެޑްކީ މި ހިދުމަތް ފަށާފައި ވަނީ ހިލޭ އެވެ. ނަމަވެސް މިހާރު އޭނާ އެ ހިދުމަތަށް އަގު ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު