ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތުއަކީ އަބަދުވެސް އޭނާގެ ޚިޔާލާއި ފިކުރު ހުންނަ ގޮތުގެ ސަބަބުން ހޫނުފެނަށް ވެއްޓި ފާޑުކިޔުން އަމާޒުވާ ތަރިއެއް ކަން ފާހަގަކޮށްލެވެއެވެ. އެހެނަމަވެސް އޭނާއަކީ ބޮލީވުޑް އާއި ސަރުކާރުގައި ހިނގާ ނުރަނގަޅު ކަންކަމަށް ފާޅުގައި ބަސް ބުނާ ގޮތް ދޫނުކުރާ މީހެކެވެ.

އޭނާ މިވަނީ އަނެއްކާވެސް އޭނާގެ ހައްގުތަކަށް ވަކާލާތުކޮށް ވާހަކަދައްކާފައެވެ. ވީޑިއޯ އަކާއި އެކު އޭނާ ހިއްސާ ކުރި މެސެޖުގައި ވަނީ އޭނާ އަށް ކުރާ އަނިޔާގެ ވާހަކަ ދައްކަން ފުރުސަތު ނުލިބޭ ކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި އޭނާގެ ގެ އާއި ދިރިއުޅޭ ތަންތަނަށް ގެއްލުން ދިނުމުން އެކަމާއި ހަނު ހުރުމަށް ނަސޭަހަތް ދެނީ ކޮންބައެއްގެ ނުފޫޒު އޮވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ބްރީހަނުމާނީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން އޭނާގެ އަވަށްޓެރިންނަށް ބިރުދައްކާ ކަމަށާއި، އޭނާ އާއި ގުޅުން ނުބާއްވާ އިޖުތިމާއީ ގޮތުން އޭނާ ބާކީކޮށް އެކަހެރިކުރަން އޭނާގެ އަވަށްޓެރިންނަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ކަންގަނާ ބުންޏެވެ. އަދި އޭނާގެ އަވަށްޓެރިންނަށް މުނިސިޕަލް ކޯޕަރޭޝަނުން އިންޒާރުދޭ ކަމަށް ބުނެފައިވެއެވެ.

މިދިޔަ އޮގަސްޓް މަހު ގޭގެ ކައިރިން ބަޑި ޖަހައި ބަޔަކު އޭނާ އަށް ބިރު ދައްކަން އުޅޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެެވެ. އޭގެ ފަހުން ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ކަންގަނާގެ ގޭގެ ބައެއް ތަޅާ ސުންނާފަތިކޮށްލި މައްސަލައެއް ފެންމަތިވިއެވެ.

މި ހަމަލާތައް ދިނީ ބީއެމްސީއިން ކަމަށް ތުހުމަތުކުރާއިރު ކަންގަނާއަށް ވަނީ ބީއެމްސީ އާއި ދެކޮޅަށް ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.

މި މައްސަލަ ފެށިފައި ވަނީ ކަންގަނާ އާއި ޝިވް ސޭނާ އަދި ސަންޖޭ ރައުތް އާއި މެދު ބަދަލު ކުރި ބަހުގެ ހަމަލާތަކަށް ފަހުގައެވެ.

ކަންގަނާ އާއި ސިޔާސީ މީހުންނާއި ދެމެދު ކުރި މި ޒުވާބު ހޫނުވެ ފަހުން ފުލުހުން ވަނީ އޭނާ އަށް ސެކިއުރިޓީވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މީހާދަ ފާޓު ފުޅާވެގެން އުޅޭ އަންހެނެކޭ ! ތިކަހަލަ ޤައުމެއްގައި ތިފާޑަށް އެންމެނާ ދިމާކޮށްގެން އުޅެންހަދައިގެން އެންމެފަހުން ކަލެއާއި އިންނާނެ މީހަކުވެސް ނުވާނެ !

    1
    1