ރީތިކަމުން މުޅި ދުނިޔެއަށް ވެސް މަޝްހޫރު ހޮލީވުޑްޑްގެ ބަތަލާ އެންޖެލީނާ ޖޯލީ އާއި ވައްތަރުވުމަށް އެތައް ސާޖަރީތަކެއް ހަދައި ''ޒޮމްބީ އެންޖެލީނާ ޖޯލީ''ގެ ނަމުން މަޝްހޫރުވެފައިވާ ސެހެރް ތަބަރް 10 އަހަރަށް ޖަލަށް ލިއެވެ. އޭނާ ޖަލަށް ލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އޭނާ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، އޭނާގެ އަސްލު ސިފަ މީޑިއާތައް ކުރިމަތީ މިހާރު ވަނީ ދައްކާލާފައެވެ. އޭނާގެ އަސްލު ސިފަ ދައްކާލާފައި ވަނީ ޓީވީއަކަށް ދިން އިންޓަވިއުއެއްގައެވެ.

ޓަބަރްގެ އަސްލު ނަމަކީ ފާތްމެހް ޚިޝްވަންދް އެވެ. އީރާނުގެ ކޯޓަކުން އޭނާ 10 އަހަރަށް ޖަލަަށްލިއިރު، އޭނާގެ ލޯޔަރުން ވަނީ އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައެވެ.

އީރާނަށް ނިސްބަތްވާ ހައްޔަރު ޚިޝްވަންދް ކޮށްފައި ވަނީ އެ ގައުމުގެ ސަގާފީ ކަންކަމާއި މުޖުތަމައު ގަބޫލު ނުކުރާ ވިސްނުންތައް ފެތުރުމާއި ކޮރަޕްޝަނާއި ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ފަދަ ގޮތަކަށް އޭނާގެ އިންސްޓަގްރާމް އެކަންޓުގައި ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.

ދަ ރޮކްނާ ނިއުސް އެޖެންސީ ވަނީ ޚިޝްވަންދްގެ އިންޓަވިއުގެ ކްލިޕެއް އާއްމުކޮށްފައެވެ. އެހެންނަމަވެސް އެ އިންޓަވިއުގައި އޭނާ ދެއްކި ވާހަކަތައް އާއްމުކޮށްފައެއް ނުވެއެވެ.

ޚިޝްވަންދް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އިތުރުން، މީސް މީޑިއާ އެކްޓިވިސްޓުންނާއި އެކުގައެެވެ.

އޭނާ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ 2017 ވަނަ އަހަރު އޭނާގެ މޫނަށް ގޮތްގޮތް ހަދާލައި އިންސްޓަގްރާމްއަށް ފޮޓޯލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހާލަތު

  އޭނާގެ ޒޯމްބީ ފޭސްއަކީ އެޑިޓްކޮށްގެން އެނބުރި ފޭކު ފޮޓޯއެއް.. މީޑިއާތަކުން ހަޤީޤަތްނުބަލާ އާންމުކޮށްލީ.. ސާޖަރީހެދި އެކަމު އެވަރެއް ނުވޭ

  43
  2
 2. ގ

  ލޮލް، ހަހާ، މީހުން ކޮންމެ ވާހަކަ އެއްވެސް ނޫހުގަ އޮތިއްޔާ ގަބޫލް ކުރާނެ

  9
  1
 3. ފަޒީލް

  ހަގީގަތެއް ނޭނގެ ކުރީ ހުރިގޮތް މާ ރީތި

  1
  1