ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ މި މަހު ވިހާތީ އޭނާއަށް އެންމެންގެ ލޯތައް ވަނީ އަމާޒުވެފައެވެ. އޭނާ އާއި ފިރިމީހާ ވިރާތް ކޯލީއާއެކު މިހާރުވެސް ދަނީ، އެންމެ ފަހު ވަގުތަށް އިންތިޒާރު ކުރަމުންނެވެ. ހަޔާތަށް އިތުރު ބައިވެރިއަކު އަަންނާތީ ދެ މީހުންވެސް އެހާ އުފާވެރިކޮށް ތިބޭއިރު، އެކުގައި ހޭދަކުރާ ކޮންމެ ވަގުތެއް މަޖާ ކުރުމުގައި ހޭދަ ކުރއެވެ.
ވިރާތް މިހާރު އެ ހުރީ ބްރޭކް ގައެވެ. އަނުޝްކާ ވިހާނެ ދުވަހަކަށް އިންތިޒާރުގައެވެ.
އަނުޝްކާ ވިހަން ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ކަމަކަށް ޑައިޓަށްވެސް ދަނީ ބަލަމުންނެވެ. އެގޮތުން ކާ އެއްޗެއްސާއި، ހަށިގަނޑު ރީތި ވަރެއްގެ ބެހެއްޓުމަށް ކަސްރަތުވެސް ކުރެއެެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ޕިއްޒާ ކާހިތުން އުޅެތީ ދެ ޕިއްޒާވެސް އޯޑަރު ކުރިއެވެ. އަދި މިއަދު އޭނާ ވަނީ ކުރުނބާއެއް އަތަށް ނަގައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެއް އާއްމުކޮށްފައެވެ. އަދި އޭނާ ކުރުނބާ ބޮއެފައި ވަނީ އެއަށް ހޮޅިއެއް ޖަހައިގެންނެވެ.
އޭނާ ވަނީ އޭގެ ފޮޓޯއެއް އާއްމުކޮށް، ކެޕްޝަންއެއްވެސް ލިޔެފައެވެ.
ބޮލީވުޑްގެ ތަރިންގެ ތެރެއިން ކުރުނބާ ބޯހިތުން އުޅޭ ބައެއް އިތުރު ތަރިންގެ ތެރޭގައި ސާރާ އަލީ ޚާން އާއި ޝިލްޕާ ޝެޓީ އާއި ތަމަންނާ ބާތިއާވެސް ހިމެނެއެވެ. މި ބުއިމާއި ގުޅޭގޮތުން މި ތަރިން މީސް މީޑިއާަގައި ވާހަކަވެސް ދައްކާފައި ވެއެވެ.
މިމަންޖެ އާ މާރުކޭޓު ގޮޅި އެއ އް ދޭންވީ
މިވެސް ދެން ހަމަ ޚަބަރެ އް..މަވެސް ވަރަ އް ކުރުނބާ ބޯހިތްވޭ.. އެކަމަކު އަގަޖަހަ އިގެން..
ދެން ކުރުނބާ ފޮނުވަން ވީތަ؟؟ އަނުސްކާ.. ޕްލީސް ނޫނެކޭ ނުބުނާތި ވަރަށް ގޭގެ ގަހުގަ ކުރުނބާ އަޅާފަ އޮތީ.. ހެހެ ދެން އިންނަ ބޯޓުން ކުރުނބާ ދާނެ.. ވިރުސްކާ.. ނުކިޔާ މިރުސްކާ ކީނަމަ ހެހެ
ދެން ކުރުނބާ ފޮނުވަން ވީތަ؟؟ އަނުސްކާ.. ޕްލީސް ނޫނެކޭ ނުބުނާތި ވަރަށް ގޭގެ ގަހުގަ ކުރުނބާ އަޅާފަ އޮތީ.. ހެހެ ދެން އިންނަ ބޯޓުން ކުރުނބާ ދާނެ.. ވިރުސްކާ.. ނުކިޔާ މިރުސްކާ ކީނަމަ ހެހެ