އެޕަލްއިން މިދިޔަ އަހަރު ތެރޭގައި ނެރުނު އައިފޯން ވަރަށް ވެސް ފުރިހަމަ އެވެ. އެ ގަންނަން އެތައް ބަޔަކު އަތްކުރި އޮޅާލާފައިވާއިރު، ބައެއް އޮންލައިން ތަންތަނުން މިހާރުވެސް ޑިސްކައުންޓް އަގެއްގައި ފަހުގެ އައިފޯންތައް ވިއްކަމުން އެބަ ދެއެވެ. މިގޮތަށް ފޯނެއް ގަންނަން އޮންލައިންކޮށް އޯޑަރު ކުރީ ކޮލްކަޓާ މީހެކެވެ.

އެއާ ފޯސްގެ ވިންގ ކޮމާންޑާއަކަށް އުޅޭ އެ މީހާ އޮންލައިންކޮށް އައިފޯން 12 އަށް އޯޑަރު ކުރިއެވެ. އެކަމަކު ބަދަލުގައި އޭނާއަށް ލިބުނީ ސައިބޯންޏެކެވެ.

ޓައައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 38 އަހަރުގެ އެ މީހާ ފޮށި ހުޅުވާލިއިރު އޮތީ ސައިބޯންޏެކެވެ. އޭނާ ވަނީ ވަގުތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އޭނާ އެ މައްސަލަ ހުށަހެޅި އީކޯމާސް ފާމްއެއްގައި މަސައްކަތް ކުރާ މީހަކާއި ދެކޮޅަށެވެ. އޭނާ ބުނީީ، އޭނާ އޯޑަރު ކޮށްފައި ވަނީ އައިފޯން 12 128 ޖީބީގެ ފޯނަކަށް ކަމަށެވެ. އަދި އެ ފޯނު ގަތުމަށް އޭނާ 84،900 ރުޕީސް ހަރަދު ކުދި ކަމަށްވެސް ބުންޏެވެ. އަދި އެ އޯޑަރަށް އޭނާ ފައިސާ ދައްކާފައި ވަނީ ކްރެޑިޓް ކާޑުން ކަަމަށްވެސް ބުންޏެވެ.

އޭނާ ޖެނުއަރީ ދެ ވަނަ ދުވަހު އޯޑަރު ކުރި އެ ފޯނު ލިބުނީ ޖެނުއަރީ ފަސް ވަނަ ދުވަހު އެެވެ. އޭނާ ފުރަތަމަ ނެއްޓީ އޭގައި ހުރި ޕޮލިތީން ޕެކެޓެެވެ. އަދި އޭގެ ބަރުދަންވެސް ވަރަށް ލުއިކަން އޭނާއަށް އެނގުނެވެ. އަދި އޭނާ އޭގެ އެތެރެ ބެލިއިރު، ފޯނެއްވެސް އޭގައި ނެތެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣގފ

    އޯ މަ އި ގޯޑް އަ އި ކާންޓް ސްޓޮޕް ލާފިން.. ހަހަހަހަަހަ ސަ އިބޯނި އެއ އް ވި އްޔާ ދެންނނނނ🤣

  2. ޙސހ

    އޯ މަ އި ގޯޑް އަ އި ކާންޓް ސްޓޮޕް ލާފިން.. ހަހަހަހަަހަ ސަ އިބޯނި އެއ އް ވި އްޔާ ދެންނނނނ🤣