އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހަކު އޭނާ އާއި އަނބިމީހާއަށް ކޮވިޑް-19 ޖެހިދާނެތީ ބިރުން ދަތުރު ކުރުމަށް ފްލައިޓެއް ކުއްޔަށް ނަގައިފިއެވެ.

ރިޗާޑް މަލްޖަޑި ނަމަކަށް ކިޔާ އެ މިހާ ބޭނުންވީ އޭނާ އާއި އަނބިމީހާއަށް ކޮވިޑް-19 ޖެހިދާނެތީ ވަކިން ދަތުރު ކުރާށެވެ. އޭނާ ވަނީ ފްލައިޓްގައި އިނދެ ފޮޓޯއެއްވެސް ނަގައި އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ރިޗާޑް އަކީއޭނާގެ ސްޓައިލްގެ ސަބަބުން އާއްމުންގެ ސަމާލުކަން ލިބުނު އެކަކެވެ.

އޭނާ ކުއްޔަށް ނެގީ ބަޓިކާ އެއާގެ ފްލައިޓެކެވެ. އެ ފްލައިޓް ކުއްޔަށް ނަގާފައި ވަނީ މި ހަފްތާގެ ކުރީކޮޅު ޖަކަރްތާ އިން ބާލީއަށް ދަތުރު ކުރުމަށެވެ.

އޭނާ އާއްމު ކުރި އެ ފޮޓޯއިން ފެނިގެން ދަނީ އެކަނި މާ އެކަނި ބޮޑު ފްލައިޓެއްގައި ތެރޭގައި އިށީންދެ އިންނަ ތަނެވެ.

އޭނާ ބުނީ، އެއީ ޕްރައިވެޓް މަތިންދާ ބޯޓަކަށްވުރެ އަގުހެޔޮ ފްލައިޓެއް ކަމަށެވެ. އޭނާ އެ ފްލައިޓް ކުއްޔަށް ނެގި ވަރު ހާމަކޮށްފައެއްވެސް ނުވެއެވެ.

"އަހަރެން ކަށަވަރު ކުރިން އިތުރު މީހަކު އެ ފްލައިޓްގައި ނެތްކަން، އަދި އިތުރު މީހަކު ހުރިނަމަ އަހަރުމެން މި ދަތުރެއް ނުކުރާނަން". އޭނާ ބުނެފައި ވެއެވެ.

ބަޓިކް އެއާލައިން ހިންގަމުންދާ ދަ ލަޔަން އެއާ ގްރޫޕުން ވަނީ، އެ ފްލައިޓްގައި ތިބީ އޭނާ އާއި ރިޗާޑް އާ އެކަނިކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    ތިއީ ރައީސް ނަޝީދުކަހަލަ ޕްރޮފެސަރެއް!

    15
  2. އަލްޖިބްރާ

    ފްލައިޓް ދުއްވަންވެސް ބަޔަކު ނެތީތަ ؟

    13