އިންޑިއާގެ ޗައްޓިސްގަރްހްގެ ބަސްޓަރް ވިލޭޖްގައި ފިރިހެނަކު، އެއް ވަގުތެއްގައި ދެ އަންހެނެނުންނާއި ކައިވެނިކޮށްފިއެވެ.

މިކައިވެނީގެ ހަފްލާ ކުރިއަށްގެންގޮސްފައި ވަނީ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ.

މިއީ އާއްމުކޮށް ކުރާ ވައްތަރުގެ ކައިވެންޏެއް ނޫނެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހަސީނާ އާއި ސުންޑަރީވެސް، ޗަންޑޫ މައުރްޔާ ދެކެ ލޯބިވެއެވެ. އެހެންވެ މި ދެ މީހުންވެސް ބޭނުންވީ އެ ފިރިހެން މީހާއާ ކައިވެނި ކުރާށެވެ. އެ ކައިވެނި ކުރިއަށްގެންގޮސްފައި ވަނީ އެއްވަގުތެއްގައި ޓިކަރާ ލޮހްންގާ ވިލޭޖްގައެވެ.

"އަހަރެން އެ ދެމީހުން ދެކެ ލައިކްވޭ، އެ ދެ މީހުންވެސް އަހަރެން ދެކެ ލައިކްވޭ، އަހަރުމެން ކައިވެނި ކުރި ވިލޭޖްގެ އެންމެން ކުރިމަތީގައި، އެހެން ނަމަވެސް އަހަރެންގެ އެއް އަނބިންގެއ އާއިލާ މީހުން އެ ކައިވެނީގެ ހަފްލާއަށް އައިސްފައެއް ނުވޭ". ޗަންދޫ ބުނެފައި ވެއެވެ.

ޗަންދޫގެ ދެ އަނބިންގެ ތެރެއިން ހަސީނާގެ އުމުރަކީ 19 އަހަރެވެ، ސުންޑަރީގެ އުމުރަކީ 21 އަހަރެވެ. ދެ މީހުންވެސް ތިބީ ރަނގަޅަށް

މިގޮތަށް ކައިވެނި ކުރުމަކީ ހިންދޫ ދީނުގައި މަނާ ކަމެކެވެ. އަދި އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ. އެހެން ނަމަވެސް އޭނާއާ ދެކޮޅަށް މައްސަލައެއް ފައިލްކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗަދަން

    އަހަން އެކަންޏެއް ނޫނޭ މިކަމެއް ކުރީކީ... ރާއްޖޭގެެ ކުރީގެ ފިލްމީތަރި ޝިމާއު ( މަޝްހޫރު ނަމުން ނަމަ "ކުޅޭބޭބެ") ވެސް ކައިވެނި ކުރީ 2 އަނބިންނާއި އެއްފަހަރާ... ކައިވެނި މަޖްލީސް ހިނގަމުން ދިޔައީ އޭނާގެ ވާންއުޅޭ 2 އަނބިން 2 ފަރާތުގައި ބައިތިއްބައިގެން... އަދި އޭނާގެ 2 އަނބިންނަކީ ކައިވެނީގެ ކުރީގައި ބެސްޓް ފްރެންޑްސް...

    9
    2
  2. ބުރުގާ

    ހެހެހހެހެހެހެ... އަދިވެސް ނަންވާނީ މުސްލިމުން...

  3. ބޭޗާރާ

    މިކަމާމެދު އަނގަގަދަ މިތުރަށްވުރެ ކުރީގައި މިއުޅުއްވާ ބޯބުރާންތި ބޯގަމާރު ސޮރު ބުނަނީ ކީކޭބާ؟ އިންޑިޔާ މީހަކު ކުރީމާ މިފަހަރު މިކަން އެ ސޮރަށް މިކައިވެނި ވާނީ ދުނިޔޭގައި ކުރި އެންމެ ފުރިހަމަ އެންމެ މޮޅު ކައިވެންޏަށް ކަމަށް ވުން ގާތް.