ސްކައިޑައިވް ކުރުން އެއީ ރާއްޖޭގައި މާއާއްމު ކަމެއް ނޫނެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ސްކައިޑައިވް ކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވައެމެވެ. މިއީ ދާދިފަހުން ދ.އަތޮޅުގައި ބޭއްވި ސްކައިޑައިވިން ހަރަކާތެއްގައި ހިނގި ތަފާތު ކަމެކެވެ.

މިހާރު ޔޫޓިއުބްގައި އާއްމު ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސްކައިޑައިވް ކުރި ދެފަތުރުވެރިޔަކު ޑައިވް ނިންމާލުމަށް ފަހު ފިރިހެން މީހާ ވަނީ އަންހެން މީހާ ކައިރިން ކައިވެނިކުރަން އަހާފައެވެ. ނުވަތަ ޕްރޮޕޯސް ކޮށްފައެވެ. އަންހެން މީހާ އެއްވެސް ފަސްޖެހުމެއް ނެތި ވަނީ ކައިވެންޏަށް އާނބަސް ބުނެފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ސްކައިޑައިވް ކުރި މީހުން ފައިބާފައި ވަނީ ދ.އަތޮޅު ކުޑަހުވަދުއަށެވެ. ކުޑަހުވަދޫ އަތިރިމަތީގައި އެމީހުންނަށް މަރުހަބާ ކިޔުމަށް ބައެއް އިންތިޒާމްތައް ވެސް ހަމަޖައްސާފައި ހުއްޓެވެ.

ސްކައިޑައިވް ކުރުމަށް ފަހު ޕްރޮޕޯސް ކުރި މީހުން ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އަދި އެމީހުންނާއި ބެހޭ އިތުރު މައުލޫމާތެއް ވީޑިއޯގައި ހާމަކޮށްފައެއް ނުވެއެވެ.

ވީޑިއޯ އާއްމު ކޮށްފައި ވަނީ ޓްއާ އެމްވީ ނަމަކަށް ކިޔާ ރާއްޖޭގެ ޓްރެވަލް އެޖެންސީއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސސ

    ސަޅި. މިމިހާރު މެރީ ކޮށްފިން، ދެވަނަ ކައިވެންޏަކަށް ދަންޏާ މިގޮތަށް ސްކައި ޑައިވް ކުރެވޭތޯ ބަލާނީ،.

    2
    2
  2. އަލީ

    ފަހަތުގަ ތިބީ ހުސްކޮށް ތިބި 4 ކުދިން ދާލު އެއާޕޯޓުގަ މަސައްކަތްކުރާ.

    • މަރީ

      ގޮޅިޖެހި ގަމީސްލާފަހުރި ކުއްޖާ ވަރަށް ސަޅި 😍

      • ހުޅުދެލީ އ ކުއޖާ

        ސަޅިއަކަސް ނުލިބޭނެ

        • މަރީ

          ހޯދާނަން

  3. ސަޅި

    ކަލޯ ތިމަންޖެ ލިބިއްޖެއްޔާ މަވެސް ތިޔަކަހަލަ ޑައިވުކުރާނަން❤