ކައިޒީން އަކީ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި އެންމެ މަޝްހޫރު އެދިވެއްސަށް ވާނެ ކަމާއިމެދު އިތުރަށް ސުވާލު ކުރާނެ ޖާގައެއް ނެތެވެ. އޭނާ އަށް ފުރައްސާރަކޮށް ބަޔަކު ވާހަކަ ދެއްކި ނަމަވެސް އޭނާގެ މަގުބޫލުކަން ވަނީ އިތުރެވެ. އެކަން އޭނާގެ މީސް މީޑިއާ އެކައުންޓްތަކަށް ކޮމެންޓް ކުރާ މީހުންނާއި، އޭނާ އަށް ލިބެމުންދާ ވިއުސްތަކުން ސާފުވެއެވެ.

ކައިޒީން ޓިކްޓޮކް ބޭނުން ކުރަން ފެށި ޚަބަރު ލިބުމާއިއެކު ވެސް އެތައް ބައެއްގެ ސަމާލުކަން އެކަމަށް ލިބުނެވެ. ނަމަވެސް އިއްޔެ އާއި ހަމައަށް ކައިޒީންގެ "ނެށުމެއް" ޓިކްޓޮކް އަކުން ނުފެނެއެވެ. މީގެ ކުރިން ކައިޒީން ހަމައެކަނި ޓިކްޓޮކްގައި ދައްކާލީ ކުރުކުރު ވީޑިއޯ ތަކެކެވެ.

އިއްޔެ ކައިޒީން ޓިކްޓޮކް ގައި އާއްމު ކުރި ވީޑިއޯއަކުން ފެންނަނީ ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި އޭނާ ފަރިހަރަކާތްތަކެއް ދައްކާލާ މަންޒަރެވެ. ޓިކްޓޮކް ބަލާ މީހުން ބޭނުން ވާނެ ފަދަ ނެށުމަކުން ކައިޒީން މިއޮތީ ފެނިފައެވެ. ކުރިން ވީޑިއޯ ލަވައަކުން ވެސް ފެނުނު ކައިޒީންގެ އާޓިކްޓޮކް ފެނުމުން މިހާރު ފޭނުން ކުރާ ސުވާލަކީ ކައިގެ އިތުރު ނެށުންތަކެއް ވެސް ފެނިދާނެ ހެއްޔެވެ؟

މިސުވާލަށް އަދި ކައިގެ ޖަވާބެއް ނެތެވެ.

@kaizeenkaiNo words ##fyp ##viral♬ Why are so many people using this - *smirk face*

ކައިޒީންގެ ޓިކްޓޮކް މިހާރު ބައިލައްކައަށްވުރެ ގިނަ މީހުން ބަލައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. އާދަމް

  ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

  النور:19

  250
  5
 2. ޓައިގަރ

  😂😂😂

  39
  4
 3. ކަލޯ

  ކަލޯ ތީތި އެހާ އެހާ އެއް ނޫން. އުރަމަތި ދައްކައިގެން ކަޑަ. ﷲ އައް ބިރުވެތިވެ ތައުބާވޭ. އާޙިރަތް ވިއްކާލާފަ ދުނިޔެ ގަތީމަ ކަމަކު ނުދޭ. އަސްލު ވަރައް ދެރަ ދިވެހިން ތިޔަހެން އުޅޭތީ. ތީކީ މުސްލިމުން އުޅެގެން ވާނެ ގޮތެއް ނޫން.

  234
  6
 4. އަހްމަދު އަހްސަން

  ވަރަށް ސަޅި. ހަބޭސް

  14
  172
 5. ހުވަދޫ މީހާ

  ވަގުތު މީހުން ކީއްވެތަ މި ކުއްޖާ އަށް ކައިޒީން ކިޔަނީ.. އަސްލު ނަމުން ކިޔާބަލަ

  118
  4
 6. މިސުވާލައް ޖަވާބުދީ

  ތިމަންނާ ނަމާދުކުރަމޯ؟؟ނަމާދު ކުރާ މީހުން ތިގޮތައް އުޅޭތަ!!؟ ޝައްކެއްވެސްނެތް ކަންދައްކަން...ރަންކޮޅާ ދުންޏަވީ ތިރީތިކަމަކީ ވަރަށް އަވަހަށް ދާނެއެއްޗެއް...ކަލޭ މަރުވުމުން ކޮންފައިދާއެްް
  ކައްވަޅުގައި ފޭނުންނެއް ނާންނާނެ ސަލާމަތްކުރާކަށް...

  154
  2
 7. ނޮޅި ޢާންޓީ

  ސޯބިރާ ....ތޯއްޗެއް

  43
 8. ކުޑަބެގީ ރަޝީދު

  އޯ ގަދަ

  8
  67
 9. ހޯގުޅާ އަހަންމަދު

  ގަނޑިޔަ..... މަވެސް ތިހެން ހަދާނަން

  26
  12
 10. ✌️

  ޗީޑި މަ ހޮޑު ލަވައި ގަތީ🤢

  99
  10
 11. 🤦

  މަށައް ހީވަނީ ކައިޒީން ހަނދާން ނެތިގެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެ ލެވުނީ އޭނަގެ 5 އަހަރުގެ ކޮއްކޮގެ ޓޮޕް ކޮޅެއްހެން

  84
  5
 12. އުލްފަތު ޒަކީ

  ތި ދެން ނެށުމެއްތަ ؟ ކަލޭމެންވެސް ވެއްޖެ އެއްނުން ހަރުދަނާ ވާން ދޯ. ހުވާ ހާދަ ފޫއްސެއްވެޔޭ

  84
  6
 13. ހުސޭނުބޭ

  ފޫކޮޅުގައި މުލިއްސެއް ޖަހައިގެން އުޅޭހެން ހީވަނީ! ވީޑިއޯ ކުޅުމަށްވުރެ އެންމެ ފުރަތަމަ ޑަކްޓަރަށް ދައްކާ އެކަމަށް ފަރުވާކުރުން ބުއްދިވެރި!

  77
  3
  • ކަރަންޓް

   ހައްހަހަ ހައްހައް....

   17
   1
 14. ބޯންބެ

  މި އަންހެނާއަށް މުސީބާތެއް މެދުވެރި ނުކުރައްވާންދޭވެ، ހެޔޮވިސްނުން ދެއްވައި ރަނގަޅުމަގަށް ރުޖޫއަ ކުރައްވާދޭވެ، އާމީން

  113
  3
  • 😣😣

   މީނަގެ ބޭނުމަކީ ކޮބާ ބާ؟. ބަޔަކު މަގުފުރެ އްދުން ހެން ހީވަނީ. ބަލަ ކަލޭ ނޫނަސް އުރަމަތި އެހެން އަންހެނުންގެވެސް ހުރޭ. ތިގޮތަށް ސޭލް ނާޅުވާ.

   46
   3
 15. ތަނބު

  އިސްލާމް ދީނުގެ ހައްޤުގައި ވަކާލާތުކުރާ ބޭފުޅުން ބަލަން ހެޔޮވެސް ނުވާނެ 100% ވިއްޔާ މީ ދެން ބޮޑުވަރެއް

  59
  1
 16. އުޙްތު

  ޔާ ﷲ ! މި ފިތުނަވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށި.... މީނާގެ މި ހަޑިމުޑުދާރު ވީޑިއޯ ބެލުނު ކަމަށް މި އަޅާއަށް ޢަފޫ ކުރައްވާށި.. އާމީން

  134
  4
  • ﷲގެ އަޅާ

   އިނބުލީސް ވަސްވާސް ދިން މަށަށް ވެސް މި މުޑުދާރު ގަނެލާ ގަނޑެ އް ބަލާލަން ހިނގާށޭ.
   އެކަމަކު އިނބުލީސް ރު އްސަން ﷲ ނުރު އްސަވާ ކަމަކަށް ނާރަން ވެގެން ނުބަލަން .

   33
   2
 17. ސަސ

  މިދެން ކޯއްޗެއް

  20
  1
 18. ޅޮސްމާލް

  އޭ އުޚުތާ ތިބާގެ ހަށިގަނޑު ތިބާއަށް ދެއްވި ފަރާތުން އަންގަވާފައިވޭ ނިވާވެގެން އުޅުމަށް. ތިޔަ ވިޔާނުދާ އުޅުން ދޫކޮށްލާ އިސްލާހުވެބަލަ ހަމަ ކަށަވަރުން ތިޔަހެން އުޅެގެނެއް ދެ ދުނިޔެ ބާއްޖަވެރިއެއް ނުވާނެ މީހުންގެ މަގްބޫލުކަން ހޯދަން ތިޔަންވުރެން ކުރުން ރަނގަޅުކަންތަށް ހުންނާނެ ތިބާ ނިވާވެގެން ﷲ ތައާލާ އެންގެވި ގޮތަށް އުޅެގެނެއް ތިބާއަކަށް އެއްވެސް ގެއްލުމެއް ނުވާނެ މިއަދު ތިބާ ތިޔަ ގަބޫލު ކުރާ ތިބާގެ ރީތި ސިފަ ތިޔަ ގޮތުގައި އަބަދަކު ނުހުންނާނެ އަދި އެދުވަހަކުން ތިބާއަށް ތައުރީފް ކުރާނެ މީހުނެއްވެސް ނުތިބޭނެ އެންމެ ރީތި ސިފަޔަކީ މޫނާއި ހަށިގަނޑުގެ ރީތިކަން އެކަންޏެއްވެސް ނޫން ހަގީގީ ރީތި ސިފަޔަކީ ސާލިޚް އަންހެނަކަށްވެ ﷲ އެންގެވި މަގަށް ރުޖޫއަވެ އިސްލާމީ ރިވެތި އުސޫލުގެ މަތީގައި ދެމިހުރުން. ތިބާގެ ތިޔަ ހުތުރުކަން ބޮޑު އަމަލުތަކަށް ތައުރީފުކުރާ މީހުން ތިބިއިރު ތިބާއަށް ނަފުރަތުކުރާ މީހުންވެސް ބައިވަރު ތިބޭނެ ފަހަރުގައި އެކަމުން އުޚުތާއަށް މާބޮޑުކަމަކަށް މި ދުނިޔެމަތި ނުވެދާނެ އެކަމަކު ހަމަކަށަވަރުން ތިޔަ އަމަލުތަކުގެ ހިސާބު ބައްލަވާ ދުވަހު އެންމެ ކުޑަމިނުން އަތްޖަހާލާނެ ފަރުދަކުވެސް ނުހުންނާނެ ހެޔޮނުވާނެ މި މުސްލިމް އުއްމަތަތުގެ ޝަރަފަށް ހުތުރުވާ ތިޔަފަދަ ވިޔާނުދާ އަމަލު ނުކުރޭ އިސްލާހުވޭ އެހެންނޫނީ އެފަދަ މީހުން އުޅޭ ބައްރަކަށް ހިޖުރަކުރޭ ތިޔަފަދަ މުސްލިމް އަންހެން ކަނބަލުންގެ ނަމަށް ހުތުރު އަރުވާ މީހުން މި ގައުމަކަށް ބޭނުމެއްނުވޭ.

  50
  2
 19. Anonymous

  ދީނުގައި އަންގަވާފައިވާ ގޮތަށް ފޭރާންލައިގެން ރީތި ދިރިއުޅުމެއް ފެށިއްޔާ ތިބާއަށް ފައިދާ ކުރާނެ.
  ދުނިޔެއަށްޓަކައި އާޚިރަތް ވިއްކާނުލާ އުޚްތާ.
  ތިބާއަށް ﷲދެއްވި ރީތި ސިފައާއި އެއްވަރަށް ތިބާގެ އަޚްލާޤްވެސް ބަހައްޓާ. ކަސްބީއަކު ކަމުގައިވެސް ތިހެން އުޅެންޏާ ކިޔާފާނެ

  40
  1
 20. ޟާނު

  ނަށަނަދަްސް ކުރަ ންވީނުން ފުރަތަމަ

  20
  1
 21. ޞަނު

  ޢިސްތަށި ގަޑު އެހެރީ ރީބޮންޑް ނަހަދާ ހެދުނު ހޭލިގޮތަށް

  16
  1
 22. މުކި

  ޢެވެސް ނެށުމެއް؟؟؟؟؟

  16
  1
 23. ކޮމެންޓު

  ދެން އޮރިޔާން ކާޑު ހެދިކަމަށް ވާނީ ކިހަވަރެއް ވީމަބާ

  34
  2
  • އައްޔާ

   ބަލަގަ އެކަމުގެ ތަޖުރިބާ ހޯދާގެނޭ މިހާ މައްޗަށް ދެވުނީ

   10
 24. Anonymous

  މި އަންހެނާގެ ފިތުނަ އާއި ބަލާ އިން މި ރާއްޖޭގެ މުސްލިމުން ސަލާމަތް ކުރައްވާންދޭވެ.

  43
  3
 25. ހަޑިމުޑުދާރު

  ހަޑިމުޑުދާރު

  16
 26. ހަޑިމުޑުދާރު

  ﷲ ! މި ފިތުނަވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށި.... މީނާގެ މި ހަޑިމުޑުދާރު ވީޑިއޯ ބެލުނު ކަމަށް މި އަޅާއަށް ޢަފޫ ކުރައްވާށި

  21
 27. ނަހަމަ

  އާނ ތީ ވަރަށް ނެށުމެއް. މީހުން ވަރަށް ބަލާނެ... ޗީ ޗީ