ދިލްބަރު ދިލްބަރު ލަވައިން މަޝްހޫރުވެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ މޮޅު ނެޝުންތެރިޔާ ނޯރާ ފަޓޭހީ ބޭނުން ވަނީ ކަރީނާ ކަޕޫރު އާއި ސައިފް ގެ ދަރިފުޅު ތައިމޫރް އަލީ ޚާން އާއި ކައިވެނި ކުރަންކަން ހާމަކޮށްފި އެވެ. ނޯރާ މިކަން ހާމަކޮށްފައި ވަނީ ކަރީނާގެ ރޭޑިއޯ ޝޯ 'ވަޓު ވުމެން ވޯންޓު' ޝޯގައި ވާހަކަ ދައްކަމުންނެވެ.

ގިނަ ފިރިހެނުން މިހާރުވެސް ހިތް ކިޔަމުންދާ ނޯރާ ބުނީ އޭނާ ބޭނުންވަނީ ތައިމޫރް ބޮޑުވުމުން ޓައިމުރު އާއި ކައިވެނި ކުރަން ކަމަށެވެ. ޓައިމުރު އަށް މިހާރު ވީ އެންމެ 4 އަހަރެވެ.

ނޯރާ ބުނީ ޓައިމުރު ބޮޑުވަންދެން ވެސް އޭނާ މަޑުކޮށްފާނެ ކަމަށެވެ. ނޯރާގެ ވާހަކަތައް އަޑުއަހައިފައި ހައިރާންވެ ކަރީނާ ވަނީ ހިނިގަނޑެއް ޖަހާފަ އެވެ.

ބޮލީވުޑުގެ މަޝްހޫރު ދެ ފިލްމީ ތަރީން ކަމުގައިވާ ކަރީނާ ކަޕޫރު އާއި ސައިލް އަލީ ހާންގެ ފިރިހެން ދަރިފުޅު ތައިމޫރް އަކީ އިންޓަނެޓުން އެތައް ބައެއްގެ ލޯ ހުއްޓިފައިވާ ކުއްޖެކެވެ.

އުފަންވީއްސުރެ ތައިމުރުގެ އެތައް ފޮޓޯ ތަކަކާއި ވީޑިއޯތަކެއް މީސްމީޑިޔާގަޔާއި އިންޓަނެޓުގައި އާންމުވެފައިވާއިރު ތައިމޫރަކީ އެންމެ ހަގުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކުދީންގެ ތެރޭގައި ހިމެނޭ ކުއްޖަކަށް ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލާދީނީ އަންނި

  މަށާ އިންނާނަމޭ ކިޔާފަ...😭

  19
  1
 2. ޝާޕް

  ތީ ފިރިހެނެއް ބުނި އެއްޗެއްނަމަ ފޯރިއެއް ހުންނާނެ.

 3. ރީނީ

  މި އިންޑިޔާ އަން ހެނުން ވެސް ދެން އުޅޭ ވައްތަރެއް ދޯ . ލަދުން ބޯ ހަލާކު؟