ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯންއަކީ ކެއުމަށް ވަރަށް ފޯރި ހުންނަ މީހެކެވެ. ދިޕިކާގެ އިންސްޓަގްރާމް ބެލިޔަސް، ކެއުމަށް އޭނާ ދޭ ސަމާލުކަން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ. ހާއްސަކޮށް ފުރަބަންދު ތެރޭގައި އޭނާ ފިރިމިހާއާ ރަންވީރު ސިންގގާއެކު ކެއްކި ކެއުންތަކަކީ މީސް މީޑިއާގެ ސަމާލުކަން ލިިބުނު އެއްޗެސެވެ.

މިހާރުވެސް އޭނާ އިންސްޓަގްރާމް އަށް ކެއުންތަކުގެ ފޮޓޯތައް ލާފައިވާއިރު، އޭގެ ތެެރެއިންވެސް އޭނާ އެންމެ ހާއްސަކަމެއް ދޭ ނޫނީ އެއާއި ނުލާ ދިރިނޫޅެވޭނެ އެއްޗެއްގެ ވާހަކަވެސް ހިއްސާ ކޮށްފައި ވެއެވެ.

އެއީ ކޮން އެއްޗެކަން ބަލާލަމާ ހިނގާށެވެ.

ދިޕިކާ އިންސްޓަގްރާމް ސްޓޯރީއަށް ލާފައި ވަނީ މީހަކު އޭނަ ކައިރިން އޭނާއަށް އެއާ ނުލާ ނޫޅެވޭނެ އެއްޗަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބެވެ. އޭގެ ޖަވާބުގައި އޭނާ ހިއްސާ ކުރީ ފޮޓޯއެކެވެ. އެއީ ބްރައުނީސް ފޮޓޯއެކެވެ. އެ ފޮޓޯ ބަލާފައި ޔަގީނުންވެސް އެންމެން ކުޅުދިޔާ ވާނެ އެވެ.

ދިޕިކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކާބިތް ޚާންގެ 83 އިންނެވެ. އެ ފިލްމްގައި އޭނާއެކު ފިރިމީހާ ރަންވީރު ސިންގވެސް ފެނިގެން ދާނެއެވެ. އެ ފިލްމީ ކްރިކެޓް ލެޖެންޑް ކަޕިލް ޑޭވްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެެވެ. އޭނާގެ އިތުރު ފިލްމްތަކެއްގެވެސް މަސައްކަތް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރިބޭ

    އެހެންދޯ. ދިޕިކާއަށްވެސް ފެނާއި ނުލައި ދިރިނޫޅެވޭދޯ. މަހީކުރީ މައެކަނިކަމަށް..
    މިވެސް ހަބަރު "ދިޕިކާއަށް ފޮޑިއެއް ޖެހިއްޖެ."

    1
    5