ފާއިތުވެދިޔަ 50 އަހަރާއި އަޅާބަލާއިރު މި އަހަރު ދުނިޔެ އެނބުރެމުން ދަނީ އަވަސްމިނެއްގައި ކަމަށާއި، މީގެ ސަބަބުން އެހެން އަހަރުތަކަށްވުރެ 2021 ވަނަ އަހަރު ކުރުވާނެ ކަމަށް ސައިންވެރިން ބުނެފިއެވެ.

ދުނިޔެ ދައުރުވުމަށް ބަދަލުތައް އަންނަ ވަަރަށް ގިނަ ސަބަބުތައް ހުރެއެވެ. ދުނިޔޭގެ ޖައްވީ ފަށަލަ، ވައި، ދިޔަވަރަށް ބަލާފައި ބާރުވުން ހިމެނެއެވެ.

އެހެންކަމުން 2021 ވަނަ އަހަރުގެ ކޮންމެ ދުވަހެއްގެ 24 ގަޑިއިރުގައި ހިމެނޭ 86،400 ސިކުންތުން، 0.05 މިލިސިންކުތަށް ކުރުވެއެވެ.

މިއީ މިދިޔަ 84 އަހަރުގެ ތެރޭގައި އަހަރު، އެންމެ ކުރުވާނެ އެއް އަހަރެެވެ. އެންމެ ފަހުން 86،400 ސިކުންތައް ވުރެ ކުރު ނޫން ދުވަސްތަކެއް އައިސްފައި ވަނީ 1937 ގައި ކަމަށް ބުނެފައި ވެއެވެ.

އަދި ދުނިޔެ އެނބުރުން އަވަސްވެފައިވާކަމަށް ފެންނަތާ އަހަރުތަކެއް ވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަން

    ﷲގެ ކުޅަދުންވަންތަކަމާއެވެ!

    110
    1
  2. ؟

    ރަނގަޅު

    27
    3
  3. ރެފްރީ

    އަހަރުޗުއްޓީ އަވަހަށްލިބޭނެތާ ؟

    20
    14
  4. މަހިބަދޫ މީހާ

    ރަސޫލާ ސއވ ގެ ބަސްފުޅުގެ ތެދުކަން މިހިރަގެން ހާމަވަނީ މީގެ 1400 އަހަރު ކުރިން މިވާހަކަ ވަނީ އުށްމަތައް ބަޔާންކޮށް ދެއްވާފަ، ގިޔާމަތް ކައިރިވެގެން އައްނަ އިރު ވަގުތު ދާނެ ބާރުމިން ވަރަށް ރީތިކޮށް މިސާލާ އެކު ބަޔާން ކޮށް ދެއްވާފަ ވަނީ

    124
    5
  5. އެމަންޖެ

    ވެރިކަމައް ކުފޫ ހަމަނުވާ ލާދީނީ މީހުން އައުންވެސް އެއީ ގިޔާމަތް ކައިރިވުމުގެ އަލާމާތެއް.

    16
    7