އިންޑިއާގެ ޚަޕަރްޚެދާގެ ހޮޓަލެއްގައި ތަފާތު ވައްތަރަކަށް ޖިންސީ ގުޅުން ހިންގަން އުޅުނު ދެ ލޯބިވެރިންގެ ތެރެއިން ފިރިހެން މީހާ މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު މި ހާދިސާ ހިނގިއިރު، މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ ޒިއާއުއްދީން އަންސާރީ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ، އޭނާ މަރުވީ ތަފާތު ގޮތަކަށް ޖިންސީ ގުޅުން ހިންގުމަށްޓަކައި މުޅި މީހާ ބަދެލީ ލޯބިވެރިޔާ ކަމަށެވެ. އެގޮތުން އޭނާގެ ދެ އަތާާއި ދެފައި އަދި ކަރުވެސް ވަނީ ބަނދެފައެވެ.

އަންސާރީގެ އާއިލާއިން ތުހުމަތު ކުރާގޮތުގައި، އެއީ އޭނާގެ ލޯބިވެރިޔާ އޭނާ މަރާލަން ކުރި ކަމެކެވެ. ނަމަވެސް ފުލުހުން ވަނީ އެއީ އެކްސިޑެންޓް މަރެއްގެ ގޮތުގައި ރަޖިސްޓަރކޮށްފައެވެ.

އޭނާގެ މެޑިކަލް ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވީ ކަރަށް ބާރުވެގެންނެވެ. އަދި އޭނާގެ ކަރުގައި ލަކުނުތަކެއް ހުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަންސާރީއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އެހެން މީހަކާއި ކައިވެނި ކޮށްގެން އުޅުނު މީހެކެވެ. އޭނާގެ އެ ކައިވެންޏަށް ދަރިއަކުވެސް ލިބިފައި ވެއެވެ. އޭނާއާއި އަނބިމީހާއަށް ދަރިއަކު ލިބުނީ މީގެ 22 ދުވަސް ކުރިންނެވެ. އާއިލާއިން ތުހުމަތު ކުރާގޮތުގައި، ލޯބިވެރިޔާ އަންސާރީ މަރާލީ އެ މައްސަލާގައެވެ.

މިކަން ހިނގިއިރު، ލޯބިވެރިޔާ ހުރީ ފާހަނާގައެވެ. އޭނާއަށް އަޑު އިވުނީ ގޮނޑި ބިންދާލި އަޑެވެ. އޭނާ ވަގުތުން އަންސާރީ ސަލާމަތް ކުރުމަށް އުޅުނު ނަމަވެސް، އަންސާރީގެ ހަރަކާތް ހުއްޓުނެވެ. މިކަން ހިނގުމާއެކު ލޯބިވެރިޔާ ފިލަން އުޅުނެވެ. ނަމަވެސް ހޮޓެލްގެ ބޮޑު މީހާ އޭނާ ހުއްޓުވައި ފުލުހުން އެތަނަށް ގެނައެވެ.

ފުލުހުން ބުނިގޮތުގައި މި މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެދާނެ އެވެ. އަދި މި މީހުން ޖިންސީ ގުޅުން ހިންގާ ވީޑިއޯތައް އެ މީހުންގެ ފޯނުންވެސް ފެނިފައި ވެއެވެ. އަދި ދެ މީހުންނަކީވެސް ކައިވެނިކޮށްގެން އުޅޭ މީހުން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޮޑަން

    ހުންނާނީ އަލާކެންޑިފަ

    28
    5
  2. ލާދީނީ އަންނި

    އަޅުގަނޑުވެސް ވަރަށް ތަފާތުކޮއް ތިކަން ކޮއްއުޅެން.

    25
    44
    • ޖެނިފާ

      އަސްލުވެސްތަ މަބޭނުން

      16
      24
  3. މޮޔަ

    ހެޑިންގަ އިނީ ޒިނޭކޮށްގެން މަރުވިކަމަށް، އެކަމަކުނިމުނުއިރު ކައިވެނިކޮށްގެން އުޅޭދެމީހުން....

    39
    16
    • ބޯހަލާކް

      ތިބޭފުލާގެ ދޭހަ ވުމުގެ ބައި އެއްގޮތަކައްވެސްނެތީތޯ. ރަނގަޅަށް ކިޔައިފިމީހަކައް އިނގޭނެ މިއީހަމަ ކައިވެނީގެ ބޭރުން ހިންގާފަވާ ގުޅުމެއްކަން

      43
      9
    • Anonymous

      ލާދީނީ ބައިގަނޑަކައް ނޭގޭ ލިޔެވޭ ނުލިޔެވޭ އެއްޗެއް

      27
      8
    • ޖިންނި

      އޭގަ އެއޮތީ އެ ދެމީހުންނަކީވެސް މީހުންނާ އިނދެގެން އުޅޭ ދެމީހުންނޭ.. އެ ދެމީހުން އިނދެގެން އުޅޭ ވާހަކަ އެއް ނެތް.

      45
      3
  4. ފަލާހާ

    މިކަހަލަ ވާހަކަތައް ލިޔެ ފެތުރުމެ ބޭނުމަކީ ކޮބާ؟

    57
    4