އަތްދަބަހާއި އަންނައުނާއި އެކު ރީތިވުމަށް ބޭނުން ކުރާ އެހެނިހެން ސާމާނަކީ ވެސް އަންހެންވެރިންނަށް ވަރަށް މުހިންމު އަދި އެހާމެ ހާއްސަ އެއްޗެކެވެ. ކޮންމެ މީހަކު ވެސް ބަލާނީ އެންމެ ރީތި އެންމެ އަގުބޮޑު އަދި އެހެން މީހުންނާއި ތަފާތު އެއްޗެއް ގެންގުޅެވޭތޯއެވެ.
މި ބާވަތްތަކުގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވެނީ ދަބަހެވެ. އަތް ދަބަސް، ވޮލެޓް، ބެކްޕެކް ފަދަ ތަކެއްޗަކީ އަންހެންވެރިން އެއަށް ވަރަށް ސަމާލުކަންދޭ އެއްޗެކެވެ.
ހިންދީ ތަމަޅަ، ތެލެގޫ ފިލުމުތަކުން ފާހަގަ ކޮށްލެވޭ ބަތަލާ ނިދީ އަގަރްވާލު ސާރީއަކާއި އެކު ހިފައިގެން ހުރި ޑިއޯ ބްރޭންޑުގެ ކުޑަކުޑަ އަތްދަބަހަކީ ވެސް ވަރަށް އަގުބޮޑު ދަބަހެކެވެ.
މި ދަބަހަކީ ތަޅުދަނޑިއަކާއި، ފޯނާއި މޯބައިލް ޗާޖަރއަކާއި މޭކަޕްގެ ބައެއް ސާމާނުތައް އެޅޭ ފަދަ ކުޑަކުޑަ ދަބަހެއް ނަމަވެސް އޭގެ އަގަކީ ޑަޓްސަން ރެޑީ ކޯ ކާރެއް ގަނެވޭނެ އަގެވެ.
ފަރފެޗް.ކޮމް އިން ބުނާގޮތުގައި ނިދީ އަގަރްވާލްގެ މި ކުޑަކުޑަ އަތްދަބަހުގެ އަގަކީ 6284 ޑޮލަރެވެ. މިއީ އެންމެ ރަނގަޅު ފެންވަރުގެ ކާރެއް ގަނެވޭނެ އަގުކަމަށް ރިޕޯޓްތަކުގައިވެއެވެ.
މިކުޑަކުޑަ ''ސެޑްލް ބޭގް'' އަކީ އިޓަލީގެ އުފެއްދުމެކެވެ. ޑިއޯ ބްރޭންޑުގެ ދަބަހަކީ ވަރަށް އަގުބޮޑު ބްރޭންޑެކެވެ. އަދި މި ބްރޭންޑަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނައުތަށް ވެސް އެންމެ ކަމުދާ ބުރޭންޑެވެ.
ނިދީ އަގަރުވާލްގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާަ އެންމެ ފަހުން ފެނިފައިވަނީ ޓައިގަރ ޝްރޯފްއާއި އެކު ފިލުމު ''މުންނާ މައިކަލް'' އިންނެވެ.
އަރެމެން ބޭނުމެއް ނޫން ބަލާކަށް ވެސް
ތީ ހާދަހާ ދޮގު ފޮނި ކަނޑާ ބައެކޭ އަލި އެކްސްޕްރެސް ގަ =/4000 ރުފިޔާ އާއި =/6000 ރުފިޔާ އާއި ދެމެދު އެބަހުރި.. ބަލާބަލަ....