ބޮލީވުޑްގެ ސްޕަރސްޓަރ އާމިރު ޚާން މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު މުމްބާއީގެ އަރަމް ނަގަރް ކުޑަކުދިންނާއި އެކު ކްރިކެޓް ކުޅެމުންދާ ވީޑިއޯއަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ އާމިރު ޚާން މާސްކު ނާޅާ ހުރުމުންނެވެ.

ވަރަށް ފޯރިއާއި ޖޯޝާއިއެކު ކުރިކެޓް ކުޅެ ނިންމާލުމަށް ފަހު އެއްފަރާތެއްގައި ބާއްވާފައި އޮތް އޭނާގެ ފޯނާއި މާސްކު ނަގާ އަދި އެތަނުގައި ކުޅެން ތިބި ކުޑަކުދިންނާއިއެކު ފޮޓޯއެއް ނަގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވުމާއި އެކު މާސްކު ނާޅައި ހުރި އާމިރު ޚާނަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފިއެވެ.

ބިގްބޮސް އިން މަޝްހޫރުކަން ހޯދައިފައިވާ ކިޝްވަރު ވަނީ އެތަނުގައި ކުޅެން ހުރި އެއްވެސް މީހަކު މާސްކު ނާޅައި ކަމަށާއި އެއީ ކިހިނެއް އަދި ކީއްވެގެންތޯ ވެސް ސުވާލު ކޮށްފައިވެއެވެ.

އޭގެއިތުރުން ބައެއް ފަރާތްތަކުން ވަނީ އާމިރު ޚާނަށް މާސްކު އަޅަން ނުޖެހެނީ ތޯ ސުވާލު އުފައްދާފައެވެ. އަދި އާމިރު ޚާން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން ދިޔައެވެ.

އާމިރު ޚާނާއި ދެކޮޅަށް ބައެއް މީހުން ވާހަކަ ދައްކައިފައި ވީ ނަމަވެސް އާމިރު ޚާނަށް ތާޢީދުކޮށް ވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކައިފައިވެއެވެ.

މާސްކު ނާޅައި ކުޑަކުދިންނާއި އެކު ކުޅެން އުޅުން އެއީ މައްސަލައެއް ނޫން ކަމަށާއި އެއީ އޭނާގެ ރަނގަޅުކަން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

އާމިރު ޚާންގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާގެ ކުރިއަށް އޮތް ފިލުމަކީ އަޑްވެއިޓް ޗަންދަންގެ ފިލުމު ''ލާލް ސިންގް ޗައްޑާ'' އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިނޑިޔާމީހުން ބުރާންޗޭ ބުނެވެނީ އެހެންވެ. ކުޅިވަރާ ކަސްރަތުގައި މާސްކް ނޭޅުން ރަނގަޅުކަމަށް ހެލްތް އެޑްވައިޒަރުން ބުނެފައިވޭ.

  2. Anonymous

    ޙަމަ ރަނގަލު

    1
    1