ކޮންމެ އަހަރަކާއި އެކު ސްޓައިލް އާއި ފެޝަން އަކީ ބަދަލުވާ އެއްޗެކެވެ. މީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅި އާއި އިސްތަށިިިގަނޑު ބަހައްޓާ ގޮތަށް ދާން ދެން މިއީ ހައްތަހާވެސް ބަދަލުވާ ކަންކަމެވެ. ޚާއްސަކޮށް އިސްތަށިގަނޑާއި މޫނު ބަހައްޓާ ގޮތް ދޭތެރެ ދޭތެރެއިން ބަދަލުކޮށްލުމަކީ މިހާރު ކޮށް އުޅޭކަމެކެވެ. ފިރިހެނަކު ނަމަ ތުނބުޅި އާއި މަތިމަހަށް ވެސް ސްޓައިލާއި އެއްގޮތަށް ބަދަލުގެނައުމަށް އިސްކަން ދޭ މީހުން މަދެއް ނޫނެވެ.
މިގޮތަށް ސްޓައިލްތައް އުފެދިގެން އަންނަ ގޮތަށް ބަލާއިރު ފެޝަން ގުރޫއިންނާއި މަޝްހޫރު މީހުންގެ ނުފޫޒު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ. ފެޝަން މެގަޒިން ފެޝަން ބީންސް އިން ބުނާގޮތުން 2021ގެ ސްޓައިލްއަކީ މަތިމަހެވެ. އެންމެ ގިނަ ބަޔަކަށް ކުރިން ކަމު ނުދާ ކަމަކަށް ކަމުދާނެ އެއް ކަމަކަށް ވާނީ މަތިމަސްލީ ފިރިހެނުންނެވެ.
މި ޓްރެންޑް ފެށުނީ ބަތަލް ހެންރީ ކެވިލް މިޝަން އިމްޕޮސިބްލްގައި އަދާކުރި ރޯލުގައި މަތިމަސް ލާފައި ހުރި ނަމަވެސް އެތައް ބަޔަކަށް އެ ފެނިލުން ކަމުދިޔަ ހިސާބުންނެވެ. އެއާއި އެކު މަތިމަސް ބެހެއްޓުން ފެޝަނަކަށް ވި ނަމަވެސް 2021އަކީ އެކި ސްޓައިލްގެ މަތިމަސް ފެނިގެންދާނެ އަހަރެއް ކަމަށް އެ މެޖަޒިން އިން ލަފާކުރެއެވެ.
އެގޮތުން ތަންކޮޅެއް ގަދަކޮށް ހުންނަ ޒާތުގެމަތިމަސް އެއީ މެދު އުމުރުގެ މީހުންނަށް ވަރަށް ކަމުދާނެ ސްޓައިލަކަށް ވާނެ ކަމަށް ވެސް އެ މެގަޒިން އިން ލަފާކުރެއެވެ. މީގެ އިތުރުން ދަ ޕެންސިލްގެ ނަމުން މަޝްހޫރު ވަރަށް ކުޑަކޮށް ނޫނީ ފެންނަން ނުހުންނަ މަތިމަސް ޒުވާނުންގެ ސްޓައިލަކަށް ވެދާނެ ކަމަށް އެ މަޖައްސާއިން ބުނެއެވެ. ހަމައެހެންމެ މަތިމަހާއި އެކުގައި ތުނބުޅި ކޮންމެެވެސް ވަރަކަށް ހުންނަ މަތިމަހާއި މި ނޫންވެސް ސްޓައިލްތަކުގެ މަތިމަސް ވެސް މި އަހަރު ވަރަށް ހިނގާނެ ކަމަށް ފެޝަންގެ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ
ބުރޯ ދިވެހި ފިރިހެނުން ނުޖެހޭނެ ބަޔަކު ފޮޑިއެއް ޖަހާ އިރަށް ސްޓައިލެ ކިޔާފަ ފޮޑި ޖަހާކަށް. ދިވެހި ފިރިހެނުންނަށް އޯކޭ ވާނެ ބޯ ހާމުޑި ކައްޓަލައެެއް ހެން ހުރެފަ ކާކޮންމެ ފަހަރަކު، ބޯކޮންމެ ފަހަރަކު މަތިމަހުން ބައެއް ކާލެވުނީމަ އެއޮތީ ސްޓައިލް ވެފަ.
ހަހަހާހާ....ހާމުންޑި ކުކުޅެއް ނޫންތަ ކިޔާ އުޅެނީ..
އަޅުގަނޑުވެސް ތިކަމުގަ ބައިވެރިވާނަން.
ޓިރިމް ކުރީމާ ޒުވާންކޮށް ހުންނަނީ .... ތުނބުޅި މަތިމަސް ދިގުކުރީމަ ހީވަނީ އުމުރަ ވުރެވެސް މުސްކުޅިވެއްޖެހެން.....