މީހަކާއި ލޯބީގެ ގޮތުން ގުޅުމަށް ފަހު ކޮންމެ މީހަކުވެސް ބަލާނީ ވީހާވެސް ބޮޑަށް އެ މީހަކާއި އެކުގައި ހަމަޖެހިގެން އުޅެވޭތޯއެވެ. އަދި ޒުވާބު ނުކޮށް ހަމަޖެހޭ ދިރިއުޅުމެއް އެކުގައި ވޭތުކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. އެހެން ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަމަށް އަޅާ ނުލާ ދޫކޮށްލަނީ މައްސަލަ ޖެހެން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް އާދައިގެ ކަންކަން ކަމަށް ހީކޮށް ދޫކޮށްލެޭ ކަންކަމަކީ ފަހުން ދެ މީހުން ވަކިވާން ޖެހޭ ސަބަބު ކަމަށް ވެދާނެއެވެ.

ކުރިމަގާއި މެދު ވިސްނާއިރު ދެ މީހުންގެ ޚިޔާލު ތަފާތުވާނަމަ އެއީ ވަރަށް ބޮޑަށް ސަމާލުވަން ޖެހޭ ކަމެކެވެ. ދެ މީހުން އެކުގައި އުފާވެރި ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރި ކަމުގައި ވީނަމަވެސް އެކުގައި ނޫޅެވިދާނެއެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ކުރިމަަގަށް ދެ މީހުން ވިސްނާ ގޮތް ތަފާތު ވުމެވެ. ކުރިމަގަށް ވިސްނާއިރު ދެ މީހުން މާބޮޑަށް ކިޔާލު ތަފާތުވާ ނަމަ އެއީ ގޯހެކެވެ.

ދެވަނަ ކަމަކަށް ހިތްހަމަ ނުޖެހުމުން ދެ މީހުންކުރެ އެކަކުވެސް ވާހަކަނުދެއްކުމެވެ. މިވެސްފަހުން ވަރަށް ގޯސްވެދާނެ މައްސަލައެކެވެ. ސަބަބަކީ ހިތްހަމަ ނުޖެހުމުން ވާހަކަދެއްކުން އެއީ އިންތިހާއަށް މުހިންމު ކަމަކަށް ވުމެވެ. އަދި ވާހަކަ ނުދެެކެވުމަކީ އެތައް މައްސަލަ އެއް ޖެހުމަށް މަގުފަހި ކުރާ ކަމަކަށް ވާތީއެވެެ.

ތިން ވަނަ ކަމަކީ ގޭތެރޭގެ ކަންކަން ހިންގުން އެކަކަކަށް މާބޮޑަށް ބަރޯސާ ވުމެވެ. މިއީ ފަހުން ވަރަށް ބޮޑަށް މައްސަލަ ޖެހިދާނެ ކަމެކެވެ. ގޭތެރެ ސާފުކުރުމާއި ކެއްކުން ފަދަ ކަންކަމުގައި ބައިވެރިޔާގެ އެއްވެސް އެހީީއެއް ނުލިބުމަކީ އެ މަސައްކަތް ކުރާ މީހާ ވަރަށް ބޮޑަށް މާޔޫސްވެ ދެރަކޮށްލާނެ ކަމެކެވެ.

އެހެންކަމުން މި ކަންކަން ފާހަގަ ވާނަމަ ލަސްނުކޮށް ވާހަކަ ދައްކާށެވެ. އެހެނީ މިކަންކަމަކީ ފަހުން ކަންކަން ގޯހުން ގޯހަށް ދާން މެދުވެރިވެދާނެ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާދީނީ އަންނި

    އަޅެއް ގޮތައް އުޅުނީމަ އޯކޭވާނެ ދެއްތޯ.

    2
    1
  2. އަންހެނާ

    އެއީ އަޅަކަށްް ވުމެއްނޫން.. މީހުނާ އިންނަނީ ހަމައެކަނި ބޭނުން ފުއްދާކަށް ނޫން.. މީ ވަރަށް ވާހަކަ.. އަސްލުު މިހާރު ނޫޅޭ ތިގޮތަށް ގޭތެރޭގެ ކަންނަމުގަ އެހީވާ މީހުނެއް.. އަބަދު ބިޒީ ވެފަ ތިބޭ މީހުން.. އަންްހެނުން ވެސް ފިރިހެނުންވެސް.. މިހާރު އުޅޭ މީހުންނަށް ވާގޮތަކީ އަނބިމީހާ ކަމަކު ބުނެލާއިރަށް ވަނީ ވަރަށް ބޮޑުކަމަކަށްް.. އަނބިމީހާޔަށް ކަމެއްކޮށް ދިނުމަކީ ވަރަށް ކަޓު ކަމެއް.. މީހާގެ އަބުރު ވެއްޓޭކަމެއް.. މިހެން ހީކުރާ މީހުން ގިނައީ.. މަދުން އެބަ އުޅޭ ރަނގަޅު މީހުން ވެސް..

    12