ބޮލީވުޑުގެ މަޝްހޫރު ފަންނާނުން ކަމުގައިވާ ދަރުމެންދުރައާއި ހެމާ މާލިނީގެ ދަރިފުޅު، ބަތަލާ އޭޝާ ޑިއޯލްގެ އިންސްޓަގުރާމު އެކައުންޓް ހެކްކޮށްފި އެވެ.

އޭޝާގެ އޭނާގެެ ސަޕޯޓަރުންނާއި ފޮލޯވަރުންނަށް މި ޚަބަރު ދީފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. އޭޝާ ބުނެފައިވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓް ހެކްކޮށްފައިވާ ކަމަށާއި އެ އެކައުންޓުން އަންނަ އެއްވެސް މެސެޖަކަށް އަޅާނުލުމަށެވެ.

''ކޮޕީ ރައިޓް ވަޔަލޭޝަން'' މެސެޖުގެ ސްކްރީން ޝޮޓެއް ޓްވިޓާގައި ހިއްސާކޮށް އޭޝާ ބުނެފައިވަނީ އެކައުންޓް ހެކްވި ކަމަށާއި އެއްވެސް މެސެޖަކަށް ޖަވާބު ނުދިނުމަށާއި އަދި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިފައިވެއެވެ.

މަޝްހޫރު ބައެއް ފަންނާނުންގެ މީސް މީޑިއާ އެކައުންޓްތައް ފަހަކަށް އައިސް ދަނީ ވަރަށް ގިނައިން ހެކް ކުރަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، ބަތަލާ އަދި ސިޔާސީ މެމްބަރެއް ކަމަށްވާ އުރުމިލާ މާޓިންޑްކަރު، ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޚާން، މަޝްހޫރު ކޮރެޔޮގުރާފަރ އަދި ޑައިރެކްޓަރ ފަރަހް ޚާންގެ ވެސް މީސް މީޑިޔާ އެކައުންޓްތައް ދާދީ ފަހުން ވަނީ ހެކް ކޮށްފައެވެ.

އުމުރުން 39 އަހަރުގެ ބަތަލާ އޭޝާ ފިލުމު އިންޑަސްޓްރީއަށް ތަޢާރަފް ވެފައިވަނީ 2002 ވަނަ އަހަރު ''ކޮއި މެރޭ ދިލްސޭ ޕޫޗޭ'' އިންނެވެ.

ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލްގެ ކޮއްކޮ އޭޝާ ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ގިނަ ފިލުމުތަކެއްގައި މަސައްކަތް ކޮށްފައެވެ. ނަމަވެސް ކެރިއަރުގެ ވަކި ހިސާބަކުން އިންޑަސްޓްރީން އޭޝާގެ ނަން ފަޑުވަމުންދިޔައެވެ.

''ދޫމް 4''، ''ނޯ އެންޓްރީ''، ''ނަތުމް ޖާނޫ ނަހަމް'' ފަދަ ފިލުމުތަކުގައި އޭޝާ މަސައްކަތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު