މިދިޔަ އަހަރު ޖޫން 14 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލާގައި އިންޑަސްޓްރީގެ އެތައް ފަންނާނުންނެއް އެންސީބީއަށް ހާޟިރު ކޮށްފައިވެއެވެ.މަސްތުވާތަކެތީގެ މައްސަލައިގެ އިތުރު ތަހުގީގުގެ ތެރެއިން މިފަހަރު އެންސީބީން ހައްޔަރު ކޮށްފައިވަނީ އިންޑިޔާގެ ދެ ރައްޔަިތުންނާއި އިނގިރޭސިވިލާތުގެ ދެ ރައްޔިތުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ހައްޔަރު ކުރި އިންޑިޔާގެ ދެ ރައްޔިތުންގެ ތެރެއިން އެކަކީ ބޮލީވުޑުގެ ބަތަލާ ދިއާ މިރުޒާގެ ކުރީގެ މެނޭޖަރ ރަހީލާ ފަރުނީޗަރުވާލާއެވެ. ދެން ހައްޔަރު ކުރެވުނީ އޭނާގެ ދައްތަ ސައިޝްތާ ފަރުނީޗަރުވާލާއެވެ.

އެންސީބީއިން ހިންގި އޮޕަރޭޝަނެއްގައި ބެންޑްރާ ވެސްޓުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމުގައިވާ ކަރަން ސަޖްނާނީ ދިރިއުޅެމުންދާ ގެއަކުން މަސްތުވާތަކެތީގެ ބާަވަތެއް ކަމުގައިވާ ''ގަންޖާ'' ފެނިފައިވާ ކަމަށް އެންސީބީއިން ބުނެފައިވެއެވެ.

ކަރަން ސަންޖާނީގެ ގެ ބަލައި ފާސްކުރަން ޖެހުނީ ރަހީލާ ފަރުނީޗަރުވާލާ ޑުރަގު ބޭނުން ކުރުމުގެ މައްސަލައިގެ ތެރެއިންނެވެ. އަދި ރަހީލާގެ ދައްތަ ސައިޝްތާ ވެސް މި މައްސަލައިގަައި ހަައްޔަރު ކުރެވިފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައެވެ.

އެންސީބީއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މީހުންގެ އަތުން ފެނިފައިވަނީ 200 ކިލޯގެ ގަންޖާއެވެ. މި ތަކެތި ޕަކެޓް ކުރުމަށްފަހު ވިއްކަމުން ދަނީ މުމްބާއީގެ މަތީ ފަންތީގެ މީހުންނަށް ކަމަށާއި ކަރަންއަށް މި ވިޔަފާރި ކުރުމުގައި ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވެދެނީ ރަހީލާ ކަމަށް ވެސް އެންސީބީއިން ބުނެފައިވެއެވެ.

ބޮލީވުޑްގެ އެތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލާއާ ގުޅިގެން ދީޕިކާ، ސާރާ، ޝްރަދާ، ރަކޫލް، އަރުޖުން ރާމްޕަލް ފަދަ ބޮލީވުޑުގެ ފަންނާނުން ވެސް ވަނީ ތަހުގީގަށް އެންސީބީއަށް ހާޟިރު ކުރެވިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯލްޖާ

    ފަރުނީޗަރުވާލާ
    🤣🤣🤣