އިއްޔެ ވެއްޓުނު އިންޑޮނޭޝިއާގެ ސްރީވިޖަޔާ އެއާގެ އެސްޖޭ183 ބޯޓުން ދަތުރު ކުރި މަންމައަކާއި އޭނާގެ ދެ ދަރިން އާއިލާއަށް ފޮނުވި ހިތްފަޅައިގެން ދާ ވަރުގެ މެސެޖްގެ ވާހަކަތައް މި ވަނީ ހިއްސާ ކޮށްފައެވެ. އެއީ އެ މިހުންނަށް ފޮނުވުނު އެންމެ ފަހު މެސެޖެވެ. އެ މެސެޖަކީ ފްލައިޓް ފުރުމުގެ ކުރިން އެ މީހުން އާއިލާއަށް ފޮނުވި މެސެޖެކެވެ.

62 މީހުންނާއެކު ދަތުރު ކުރި އެ ބޯޓު ޖަވާ ކަނޑަށް ވެއްޓިފައިވާއިރު، މިހާރު އެ ބޯޓުގެ ކަޅުފޮށި ވަނި ހޯދިފައެވެ.

ޖަކާޓާގެ ސޮއިކަރްނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުން ޕޮންޓިއަކަށް ދަތުރުކުރުމަށް ނައްޓާލި އެ ފްލައިޓް ވެއްޓިފައި ވަނީ ނައްޓާލިތާ ހަތަރު މިނުޓު ތެރޭގައެވެ. 90 މިނުޓުގެ އެ ދަތުރު ހުއްޓުނީއެވެ. އެ ބޯޓު ވެއްޓުނީ 10،000 ފޫޓު މަތިންނެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުގައި، އެ މީހުންނަށް ދެ ގޮވުމެއްގެ އަޑުވެސް އިވުނެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް ސާފްޓީ އެޖެންސީ ހެޑް ސޮއެރްޖަންޓާ ޓްޖަހްޖަންޓޯ ބުނީ، މިހާރު އެ މީހުންނަށް ކަޅު ފޮށި ކަނޑުއަޑިން ހޯދިފައިވާކަމަށާއި، އޭގައި ހުރި އެއްޗެހިތައް ހޯދަމުންދާ ކަމަށެވެ. އަދި އެތަނުން މީހުންގެ ހަށިގަނޑުގެ ބައިތަކާއި ބޯޓުގެ ބައިތައްވެސް ފެނިފައިވާ ކަމަށް ބުނެފައި ވެވެއެވެ.

އެ ބޯޓު ފުރުމުގެ ކުރިން ބޯޓު ތެރޭގައި ދެ ދަރިންނާއެކު އިނދެ އެ އަންހެން މީހާ ކުރި އެންމެ ފަހު މެސެޖާއި ޕޯސްޓުން ފެނިގެން ދަނީ އެންމެން ހިނިތުން ވެގެން ތިބޭ ތަނެވެ.

"ބާއި ބާއި ފެމެލީ އަހަރުމެން މި ދަނީ ގެއަށް މިހާރު". އޭނާ ލިޔުނެވެ.

މި މެސެޖަކީ އެ މީހުން ބޯޓަށް އަރާ އެންމެ ފުރަތަމަ ފޮނުވި މެސެޖެވެ.

އާއިލާގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް، އެ އަންހެން މީހާގެ ކޮއްކޮ އިރްފާންސްޔާހް ރިޔަންޓޯ ވަނީ، އަހަރުމެންނަށް ހެޔޮ ދުއާ ކޮށްދީ މިހެން ލިޔެފައެވެ.

.އޭނާ ބުނީ، އާނެގެ އާއިލާއިން އަސްލު އުޅުނީ އެހެން ފްލައިިޓެއްގައި ދަތުރު ކުރަން ކަމަށެވެ. ނަަމަވެސް އެންމެ ފަހު ވަގުތުގައި ބަދަލުވީކަމަަށް ބުންޏެވެ.

އެ ފްލައިޓްގައި އޭނާގެ ދައްތަގެ އިތުރުން، އާއިލާ އިތުރު ހަތަރު މީހަކު ތިއްބެވެ. އޭގެ ތެރޭގައި އޭނާގެ މައިންބަފައިންވެސް ހިމެނެއެވެ.

އޭނާ އިންތިޒާރު ކުރަނީ އުފާވެރި ހަބަރެއް ލިބިދާނެ ކަމަށެވެ.

"އަހަރުމެންވެސް އެންމެ ބާރެއް ނެތް، އަހަރުމެން ޖެހޭނީ މިހެން ތިބެން، އުއްމީދު ކުރަނީ އަވަހަށް މައުލޫމާތެއް ލިބޭނެ ކަމަށް".އިރްފާންސްޔާހް ރިޕޯޓަރުންނަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ ބުނީ، އެ އާއިލާއިން ފުރަތަމަ ދަތުރު ކުރަން އުޅުނީ ނާމް އެއާގައި ކަމަށެވެ. އެހެންނަމަވެސް އެކަން ފަހުވަގުތު ބަދަލުވީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނޭމް އެއާ އަކީ ސްރީވިޖަޔާ އެއާގެ ފްލައިޓެކެވެ.

އިރްފާންސްޔާހް ބުނީ، އޭނާގެ ދައްތަ އާއި ދެ ދަރިން ތިިން ހަފްްތާގެ ޗުއްޓީއަކަށް ފަހު ދިޔައީ އެނބުރި ގެއަށް ދިއުމަށް ކަމަށެެވެ.

"އަހަރުމެން އެ މީހުން ގޮވައިގެން އެއާޕޯޓަށް ދިޔައީ، ޗެކިންގ ކަންކަމާއި ލަގޭޖް ކަންކަންވެސް ބެލީ އަހަރެން، އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރޭ، މިކަން ވެގެން ދިޔައީ ވަރަށް އަވަހަށް". އިރްފާންސްޔާހް ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ ބޯޓުން ދަތުރު ކުރި މީހުންގެ އާއިލާތައް ކައިރީގައި، އެ މީހުންގެ ހަށިގަނޑުތައް ހޯދަމުންދާއިރު، މައުލުމާތުތައް ދިނުމަށް އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިން

    إنّاللّه وإنَّاإليه راجعون
    اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَض مِنَ الدّنسِ

    އިންޑޮނީޝިއާ ފްލައިޓް ގެ ހިތާމަވެރި ހާދިސާގައި ނިޔާވި މުސްލިމުން ޝަހީދުންގެ ގޮތުގައި ލައްވާށި އަދި އެޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި. އާމީން