ކަލަރސް ޓީވީއިން ދައްކާ ރިއަލިޓީ ޝޯއެއް ކަމުގައިވާ ބިގްބޮސްގެ 14 ވަނަ ސީޒަނުގެ ކުރިއަށް އޮތް ހަފްތާގެ ޕްރޮމޯގައި މި ޝޯ ހުށަހަޅައިދޭ ފަރާތް ކަމުގައިވާ ބޮލީވުޑުގެ ސްޕަރ ސްޓަރ ސަލްމާން ޚާން ރޯ މަންޒަރު ދައްކައެވެ.

މި ޝޯގެ ކުރިއަށް އޮތް ހަފުތާގައި ޝޯ ދޫކޮށްދާ ފަރާތުގެ ނަން އިޢުލާން ކުރިއިރު ސަލްމާން ޚާނަށް ރޮވުނީ ކޮން ފަންނާނަކު ޝޯ ދޫކޮށްފަ ދާތީ ކަމެއް އެނގޭނީ އަންނަ ހަފުތާގެ އެޕިސޯޑު ދެއްކުމުންނެވެ.

ސަލްމާން ޚާން ބިގްބޮސްގެ އެތައް ގިނަ ސީޒަންތަކެއް ހުށަހަޅައިދިން އިރު ވެސް ޝޯއިން ފަންނާނަކު ވަކިވެގެންދާަތީ މިހާތަނަށް ރޮއެފައެެއް ނުވެއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

މި އަންނަ ހަފުތާ ވަކިވެގެންދާަ ފަންނާނެއްގެ ނަން ސަލްމާން އިޢުލާން ކުރުމުން ސަލްމާންގެ އިތުރުން ޝޯގެ އެހެން ބައިވެރިވެން ރޯ މަންޒަރު ޕްރޮމޯއިން ދައްކައެވެ.

މިފަހަރު އެލިމިނޭޝަންއަށް ނޮމިނޭޓްވެފައިވަނީ ޝޯގެ އެންމެ ވަރުގަދަ ހަތަރު ބައިވެރިންނެވެ. އެއީ ރުބީނާ ޑިލައިކް، އަބީނަވް ޝުކުލާ، ޖޭޝްމިން ބާޝިން އަދި އަލީ ގޮނީއެވެ.

މި ނޮމިނޭޝަންގެ ތެރެއިން ރުބީނާއާއި އަލީ ސޭފްކަން ޕްރޮމޯއިން ދައްކައެވެ. އަދި ޖޭޝްމިންއާއި އަބީނަވް އެންމެ ފުލުގައިވާކަން ވެސް ދައްކައެވެ. އެހެންކަމުން ސަލްމާން ރޮއެފައި މިވަނީ ޖޭޝްމިން ނުވަތަ އަބީނަވްގެ ވަކިވެ ދިޔުމުގެ ހިތާމައިގައެވެ.

އެންމެންގެ ލޮލުން ވެސް ކަރުނަ އައިސްފައިވާ ކަމަށާއި ކޮންމެވެސް އެއް ޖޯޑެއްގެ ތެރެއިން އެކަކު ވަކިވެގެންދާނެ ކަމަށާއި އެ ވަކިވެގެންދާ ބައިވެރިއެއް ބެލުމަށް އެޕިސޯޑު ބެލުމަށް ބުނެ ޗެނަލްއިން ވަނީ އިންސްޓަގުރާމު ޕޭޖުގައި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނެކުރާނުސް

    ސައްލޫބާއީ އަކީ އެކްޓަރެއް. އެކްޓުކުރަން މޮޅުވާނެ. ހެހެ

    ތީހަމަ ޓީ.އާރު.ޕީ ސްޓަންޓު

    17
  2. ޒަވާ

    ކުރިޔަށް އޮތް ހަފްތާ އެ އް ނޫން މިހަފްތާގަ ސަންޑޭ ނަ އިޓްގަ ނޫންތަ ޖަސްމީން ނެރުނީ ގޭގަ އި ތިބި އެންމެނަކީ ވެސް އެކްޓަރުން އެހެންވެ ނޫންތަ އަލީ އެހާ ވައްތަރެއް އެޖެއްސީ

  3. ހާލުފޮޅު

    ޝޯވ އިން ވަކިވީ ޖޭޒްމީން..

  4. ރޫބީ

    ޕުއްޕު ލަވައިގަނެގެން ތޯއްޗެ

    4
    2