ބައެއް ފަހަރު ކިތަންމެ ދެރަވި ނަމަވެސް ރުއިމަކީ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ލޮލުން ފެންއައިސް ފެންކަޅި ވި ނަމަވެސް ރޯން އުނދަނގޫވާ މީހުން ތިބެއެވެ.
ބައެއް މީހުންނަކީ ހަންބޯ މީހުންނެވެ. ވަރަށް ހިތާމަވެރި، ކަންބޮޑުވާ ހާލަތުގައި ވެސް ރުއިން އެއީ ނުކުރެވޭ ކަމަކަށް އޮންނަނީ ވެފައެވެ. ރުއިމަކީ ދެރަވުމުން އިންސާނާގެ ތޮބީއަތުގައި ވެސް ކުރެވޭ ކަމެކެވެ. އެހެންކަމަށް ވާ ނަމަ ނުރޮވެންވީ ކީއްވެހެއްޔެވެ؟
މީގެ އެންމެ ފުރަތަމަ ސަބަބަކީ ސިއްހީ ސަބަބަކަށް ވެދާނެއެވެ. އެއީ ކަރުނަ އުފެދުމުގެ ޤާބިލްކަން ސިއްޙީ ސަބަބުތަކާއި ހުރެ ނެތުމެވެ. އެއީ ކެރަޓޮކޮންޖަންކްޓިވަައިޓިސް އަކީ ލޯ ހިކި ކަރުނަ އުފެދުމުން ދުރުކޮށްދޭ ކަމެކެވެ.
މި ނޫނަސް ބައެއް ސިއްހީ ސަބަބުތަކާއި ހުރެ ވައިރަލް އަދި ބެކްޓީރިއަލް އިންފެކްޝަން އުފެދުމުން ކަރުނަ ނައުމަކީ ވެދާނެ ކަމެކެވެ. އާއްމުކޮށް މި ހާލަތު ދިމާވަނީ އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށެވެ.
މީގެ އިތުރުން ފިނިހޫނުމިން ހުންނަ ގޮތުންވެސް ރޯން އުނދަނގޫ ވެދާނެއެވެ. ތެތް ފިނިކަން ނެތް ތަންތަނުގައި އުޅެ، ހިކި ކަން އިހުސާސް ކުރެވޭ ނަމަ ރޯން އުނދަނގޫ ވުމަކީ ވެދާނެ ކަމެކެވެ.
ރޯން އުނދަނގޫވާ އަނެއް ސަބަބަކީ ބައެއް ބޭސްތައް ބޭނުން ކުރުމެވެ. އޭގެ ތެރޭގައި ބަރތް ކޮންޓްރޯލް، ލޭގެ ޕްރެޝަރގެ ބޭސް އަދި މި ނޫނަސް ސެރޮޓިން ފަދަ ބޭސްތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މެލަންޗޯލިއާ އަދި ޑިޕްރެޝަން ފަދަ ކަންކަމުގެ ސަބަބުން ވެސް ރޯން އުނދަނގޫވުމަކ ވެދާނެކަމެކެވެ.
" ލޮލުން ފެންއައިސް ފެންކަޅި ވި ނަމަވެސް ރޯން އުނދަނގޫވާ މީހުން ތިބެއެވެ." ލޮލުން ފެންއައިސް ފެންކަޅިވުމަކީ ރުއިމެއް ނޫންތަ؟ އަޑުން އަޑު ނަގައި ރުއީމަތަ ރުއިން ކަމަށްވަނީ؟
ކަލޯ ފެން ނުބޮވި ޑީހައިޑްރޭޓް ވީމަވެސް ލޮލުން ފެން ނާންނަ ފަހަރު އާދޭ
ހަބަރާއި ސުރުހީއާ ދިމައެއްނުވެ
ކަލޯ ފެން ނުބޮވި ޑީހައިޑްރޭޓް ވީމަވެސް ލޮލުން ފެން ނާންނަ ފަހަރު އާދޭ
ހަބަރާއި ސުރުހީއާ ދިމައެއްނުވެ
ތިބޭނެ އެތެރެއަށް ރޯ މީހުން! އެމީހުން ބަޑިފަޅައިހެންގޮސް އަޑު ބޭރުވާނީ ވަރަށް ބޮޑު ކަމެއް ޖެހުމުން!