އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ލިބިފައިވާ ހުރިހާ އިމްތިޔާޒުތަކެއް ދޫކޮށްލުމަށްފަހު މިހާރު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޕްރިންސް ހެރީ އަނބިކަނބަލުން މޭގަން އަދި ދަރިކަލުން އާޗީ އާއިއެކު އަންނަ ޖޫން މަހު އިނގިރޭސިވިލާތައް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހެރީ އާއި މޭގަންގެ ދެކަނބަލުން އިނގިރޭސިވިލާތައް ވަޑައިގަންނަވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ލަންޑަންގައި އޮންނަ "ކަލާ ޕެރޭޑް" ބައްލަވާ ލެއްވުމަށެވެ. އެއީ ރާނީ އެލިޒަބަތުގެ 95 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޕެރޭޑެކެވެ.

މިއީ ކޮވިޑް-19 ފެށި އިނގިރޭސިވިލާތުގެ ހާލަތު ގޯސްވާން ފެށިފަހުން އެގައުމުގައި ރަސްމީކޮށް ފާހަގަކުރަން ފުރަތަމަ ހަފްލާ އަށް ވެގެން ދާނެއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ މިދިޔަ އަހަރު ރާނީ ބައިވެރިވެ ވަޑައިގެންނެވީ ވަރަށް މަދު ހަފްލާތަކެއްގައެވެ. ރާނީ ގިނަ ވަގުތައް މިދިޔަ އަހަރު ހޭދަކުރެއްވީ ބަކިންހަމްޕެލަސް އާއި ވިންސާ ކާސަލްގައެވެ. ބައެއް ހަފްލާތަކުގައި ވަރަށް މަދު ބޭފުޅުންނާއި އެކު ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެއިން ހަފްލާއެއްގައި އާއިލާ މެންބަރުން ބައިވެރިއެއް ނުކުރައްވައެވެ.

"އަދި ރޭވިފައި އޮތީ ރާނީގެ އުފަންދުވަސް ފާހަގަ ކުރުމުގެ ޕެރޭޑް ލަންޑަންގައި ކުރިއަށް ގެންދާ ގޮތައް. ނަމަވެސް ޕެރޭޑް ކުރިއަށް ގެންދިއުމުގެ ކަންކަން ބިނާވެގެން ދާނީ އޭރު ގައުމުގެ ހާލަތު އޮތްގޮތަކަށާއި އަމަލު ކުރަން ޖެހޭ ގައިޑްލައިންތަކެއްގެ މައްޗަށް." މީޑިއާއަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.

ޕްރިންސް ހެރީ އާއި މޭގަން އެންމެ ފަހުން އިނގިރޭސިވިލާތުގެ ރަސްމިއްޔާތަކުން ފެނުނީ މާޗް މަހުގެ 09 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  މި ފޮޓޯގައި މަޑު ނޫކުލައިގެ ފާޑެއްގެ ހެދުމުގައި ނުބައި ފާޑަކަށް އެހުރީ ކާކުތަ؟

  3
  1
  • އިން

   އަހަރެމެން އޭނަ ޔަށް ކިޔަނީ ކުއީން އެލިޒަބަތު...

  • ލޮލް

   ދުނިޔެ ބޫތު ކައިގެން އެތަށް ބައެއްގެ ހައްގުތައް ފޭރި ބަނޑަށް އަޅާ ޑަކައިތެއް