ގިނަ ބައެއްގެ އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ރިތިކް ރޯޝަންއާއި ދީޕިކާ ޕާޑުކޯން އެކުގައި އެއް ފިލުމަކުން ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ރިތިކްގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ސަޕޯޓަރުންނަށް ދީފިއެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށް އަދި އޭނާ އެންމެ ފުރަތަމަ ޕްރޮޑިއުސްކުރާ ފިލުމު ''ފައިޓަރ''ގައި ދީޕިކާއާއި ރިތިކް އެކުގައި ފެންނާނެކަމަށް ޖެނުއަރީ 10 ވަނަ ދުވަހު ރިތިކް ބުނެފައިވެއެވެ.

ރިތިކް އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ފިލުމުގެ ޓީޒަރ ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ އޭނާއާއި ދީޕިކާ އެކުގައި ފުރަތަމަ ފަހަރަށް މަސައްކަތް ކުރުމަށް ތައްޔާރު ކަމަށެވެ.

ހަމަ ވި ޓީޒަރ ވީޑިއޯ ދީޕިކާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާކޮށް އޭނާ ބުނެފައިވަނީ ހުވަފެން ހަގީގަތަކަށް ވާ ކަމަށެވެ.

ފިލުމުގެ ޑައިރެކްޓަރ ސިދާތުގެ ފުރަތަމަ ޕްރޮޑަކްޝަންގެ ހިއްސާއަކަށް ވެވުނީތީ އެކަމާ ޝުކުރުވެރިވާ ކަމަށާއި ''ބޭންގް ބޭންގް'' އަދި ''ވަރ'' އެކޭ އެއްފަދައިން ސިދާތުއާއި އެކު ކުރެވޭ މި މަސައްކަތަކީ ވެސް ރިތިކްއަށް ހާއްސަ މަސައްކަތަކަށް ވެގެންދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ފިލުމު ''ފައިޓަރ'' އަކީ ވެސް ޑައިރެކްޓަރ ސިދާތުއަށް އެންމެ ހާއްސަ އެއް ފިލުމުކަމަށް އޭނާ ބުނެފިއެވެ. އެ ފިލުމު ސިދާތުއަށް އެންމެ ހާއްސަ ފިލުމަށް ވަނީ އެ ފިލުމުގައި އޭނާއަށް އެންމެ ކަމުދާ ދެ ފަންނާނުން ކަމުގައިވާ ދީޕިކާއާއި ރިތިކް އުޅޭތީ ކަމަށް ވެސް ސިދާތު ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

މި ފިލުމު ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވަނީ އަންނަ އަހަރު ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ކަމަށް ޑައިރެކްޓަރ ސިދާތު ބުނެފައިވެއެވެ.