ބޮލީވުޑުގެ މަޝްހޫރު ތަރި، އަނުޝްކާ ޝަރްމާ ވިހައިފިއެވެ.

ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ކައިވެނިކޮށްގެން އުޅޭ އަނުޝްކާ ވިހާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

މިދެމަފިރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

އަނުޝްކާއާއި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެެވެ. 2018 ވަނަ އަހަރު އަނުޝްކާ އާއި ޝާހުރުކު ޚާންއާއި އެެކު ކުޅުނު ފިލުމު ''ޒީރޯ" އަށް ފަހު އަނުޝްކާ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އޭނާގެ އާއިލާއަށެވެ.

ވިރާތް މީގެ ގަޑިއެއްހހާ ކުރިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަނުޝްކާ ވިހެއީ މިއަދު މެންދުރު ކަމަށެވެ. އަދި އަނުޝްކާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ވިރާޓް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    މމީ ހާދަ މުހިއްމު ހަބަރެއް.

    11
    • ޝާފީ

      ކޮންމެ ކަމަކަށް ފާޑު ކިޔާއިރު ވިސްނާލަންވާނެ. މި ޙަބަރަކީ މުޙިއްމު ޙަބަރެއް ކަމަށް ދެކޭނެ މީހުން ބައިވަރު ތިބޭނެ. ކްރިކެޓް ކުޅޭ މީހުންނަށް މި ޙަބަރު މުޙިއްމު ވާނެ. ހިންދީ ފިލްމު ގިނައިން ބަލާ މީހުންނަށް މިޙަބަރު މުޙިއްމު ވާނެ. މި ދުނިޔޭގައި އުޅެނީ ތިމާމީހާ އެކަނި ކަމުގައި ދެކުމަކީ ވަޅެއްގައި އިންނަ ބޮކެއް ކަހަލަ ކަމެއް. އެ ބޮކަށް ފެންނާނީ އަދި މުޙިއްމު ވާނީ އެ ވަޅުގައި ހިނގާ ކަންތައް އެކަނި.

      10