ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަންއިން 2004 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އިންޑިއަން އައިޑަލްގެ މިހާރު ކުރިއަށްދާ ސީޒަން 12ގެ ވަރަށް ފަހުން ދެއްކި އެޕިސޯޑެއްގައި ހުރިހާ ޖަޖުން ވެސް ރޮއްވާލައިފިއެވެ.

މިޔުޒިކަކީ މީހުންގެ ހިތާއި ކުޅެލާ އެއްޗެއް ކަމަށް ގިނަ ފަރާތްތަކުން ބުނަމުންދާއިރު ލަވަކިޔުމުގެ މި ޝޯގެ ތެރޭގައި އެކި ލަވައިގެ ތެރެއިން އެކި މީހުންގެ ކުރީގެ ހަނދާންތަކާއި އިހްސާސްތައް ހިއްސާ ކޮށްފައިވެއެވެ.

މި ޝޯ ހުށަހަޅައިދޭ އަދިތުޔަ ނާރާޔަންގެ އާއިލާއަށް ހާއްސަ ކުރެވިފައިވާ މި ޝޯގައި ބައިވެރިވީ އަދިތުޔަގެ ބައްޕަ، ލަވަކިޔުންތެރިޔާ އުދިތު ނާރާޔަންއާއި އޭނާގެ އަންހެނުން އަދި އަދިތުޔާގެ އަންހެނުންނެވެ.

މި ޝޯގެ ބައިވެރިއެއް ކަމަށްވާ މުހައްމަދު ދާނިޝްގެ އަޑުން ހުށަހަޅައިދިން ލަވަ ''އަޕްނޭ ތޮ އަޕްނޭ ހޯތޯހޭ'' އޭނާ ކިޔައިލެއް ފުރިހަމަ ކަމާއި އަސަރު ގަދަކަމުން ޝޯގެ ޖަޖުން ކަމުގައިވާ ހިމޭޝް ރޭޝަމިޔާއާއި ވިޝާލް ޑަލާނީ އަދި ނޭހާ ކައްކަރުއަށް ވެސް ރޮވުނެވެ.

ދަރުމެންދުރައާއި ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލްގެ ފިލުމު ''އަޕްނޭ''ގެ މި ލަވައިން ހިމޭޝްއަށް ރޮވުނީ އޭނާގެ ކޮއްކޮ މަތިން ހަނދާންވެގެން ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ކޮއްކޮ ދެކެ އޭނާ ލޯބިވާ މިންވަރު ހާމަކޮށްފައިވެއެވެ.

https://www.youtube.com/watch?v=8nRVH3ctwoQ

ރަނގަޅު ލަވައެއް މޮޅު ލަވަކިޔުންތެރިއަކު ކިޔުމުން އޭގެ އަސަރު އަޑުއެހުންތެރިންގެ ފަރާތުން ފެންނާނެ ކަމަށް ވެސް ހިމޭޝް ބުނެފައިވެއެވެ.

އިންޑިއަން އައިޑަލްގެ ނިމިގެން ދިޔަ ސީޒަން، ސީޒަން 11ގެ އެންމެ ފުރިހަމަ އެއްވަނައެއް ހާޞިލުކޮށްފައިވަނީ ސަނީ ހިންދުސްތާންއެވެ

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޮހޯ

    އެހެން ނޫނަސް ތިޔަ ނޭހާ ކައްކާ އަކީ، ރޯނެ ކަމެއް ނުލިބިފަ ހުންނަ މީހެއް.
    ރޮށި ފިހަމުންގޮސް ރޮއްޓެއް އެނދިޔަސް އެބަ ރޮއެ.

    34
    6
  2. Anonymous

    ޚޮޓް

    12
    1
  3. ކައްކަރު

    އިބޫ ސޯލިހު އިންނަމަ ރޮއެ ރޮއެ ތިތަން ވައްޓާލާވަރު ކުރާނެ. އިބޫ އިންޑިއަން އައިޑަލްއަށް ގެންދަން ދަންނަވަން

    41
    3
  4. އައްޑޫ މީހާ

    ދިވެހިރާއްޖޭގެ ވޯޓް ވަގު ރައީސްއަށް މިމަންޒަރު ޓީވީ އިން ފެނުނަސް ރޮއެ ހޭރޭނެ ޔަގީން ދެން ކޮންމެވެސް ޗެނަލަކުން ބުނާނެ އޭނަ ބުންޏޭ މިވެނި ދުވަހެއްގައި ވަރަށް ގިނައިން ރުއީމޭ ދެން އެވީ އަލަށް މީހަކު ރުއިކަމަށް މުޅި ނޫސްތަކުގައި ބީތާ ރުއިވާހަކަ
    ކޮވި19ރާއްޖެއިން ފެނިގެން މަރަށް ބިރުން ރުއީމަ އެވެސް އެސޮރު ރައްޔިތުން ދެކެ ވާލޯތްބެއްގެ ބޮޑުކަމުން ރުއީ ކަމަށްވީ
    އް ގީމަ އަމިއްލައަށް މަރުވާނެ ކަމަށަބުނެ ރޮއެ ހޭރި މޮޔަވެގެން ކަމަށްހެދިގެން ޑްރާމާ ކުޅެފަވެސް އެކަން ހަދާލީ މޮޅު ސްޓޯރީއަކަށް ދެން ކޮންމެއަކަސް ރުއިމުގެ މާވަރުގަދަ ގޮލައެއް ހަހަހަ

    13
    7
  5. ބޮކި

    ހަމަ ދެއްކުންތެރިކަން !

    10
    1
  6. ކާކު

    ކޮއްކޮއެއް ނޫން ބޭބެ...

  7. Anonymous

    މިހާރު ޖަލުގަހުރި ދައުލަތުގެ ހަޒާނާ ދިރުވާލި މައުސޫމު ވެރިޔާ އަށް ތިކަން އެނގުނަސް ރޯނެ ހެން ހީވޭ

    4
    5
  8. މޯހަން

    މިހާރު ޖަލުގަހުރި ދައުލަތުގެ ހަޒާނާ ދިރުވާލި މައުސޫމު ވެރިޔާ އަށް ތިކަން އެނގުނަސް ރޯނެ ހެން ހީވޭ

    5
    5
  9. ބަޔެއް

    މަށަަ އް މަޖަ އީ ކޮމެންޓް ތަަ އް🤣😂🤣😂🤣

  10. ނާޑުވާ

    ރޮވުނީ ލަވަޔަކުންނެއް ނޫން. ޚޮމެންޓަކުން. ލިޔާނެ ޚަބަރު ހުސްވީ ދޯ؟؟

  11. ފަތަފޮޅި

    ކޮމެންޓްތައް ކިޔާލީމަވެސް މަށައް ހަމަ ރޮވިއްޖެ😭😭

    2
    1