ބޮލީވުޑުގެ ސްޕަރ ސްޓަރ އަނިލް ކަޕޫރަކީ ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި ސާޅީހަކަށް އަހަރު ހޭދަކޮށްފައިވާ ފަންނާނެކެވެ. ސަތޭކަ އެތައް ހިންދީ ފިލުމާއި އިންޓަނެޝަނަލް ފިލުމުތަކާއި ޓީވީ ޑުރާމާތައް ކުޅެފައިވާ އަނިލް ކަޕޫރުގެ އާއިލާގެ ހާލަތު ގޯސްވެ ފައިސާއަށް ބޭނުން ޖެހިގެން ދެ ފިލުމެއް ކުޅެފައިވާ ކަމަށް އޭނާ މި ވަނީ ބުނެފައެވެ.

ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި އަނިލް ކަޕޫރު ބުނެފައިވަނީ އޭނާއަށް ފައިސާގެ ދަތިކަން ކުރިމަތިވުމުން ހަމައެކަނި ފައިސާއަށްޓަކައި ބައެއް ފިލުމުތައް ކުޅެފައިވާނެ ކަމަށާއި އެ ފިލުމުތަކުގެ ނަން ހާމަ ކުރުމަށް އޭނާ ފަސްނުޖެހޭ ކަމަށެވެ.

1993 ވަނަ އަހަރު ރިލީޒް ކުރެވުނު އަނިލް ކަޕޫރު ފެނިގެން ދިޔަ ފިލުމު '' ރޫޕް ކި ރާނީ ޗޯރޯންކާ ރާޖާ'' ރިލީޒް ކުރެވުނީ ވަރަށް ގިނަ ދުވަސްފަހުން ކަމަށާއި އަދި އެ ފިލުމު ވެގެންދިޔައީ ބޮޑު ފްލޮޕެއް ކަމަށް އަނިލް ބުނެފައިވެއެވެ. އެ ދުވަސްވަރު އެ އާއިލާއަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ފައިސާ ބޭނުން ވެގެން އޭނާ ކުޅުނު ފިލުމުތަކަކީ ''އަންދާޒް'' އާއި ''ހީރް ރާންޖާ'' ކަމަށް ވެސް އަނިލް ފާޙަގަ ކުރިއެވެ.

އޭގެ ފަހުން އެ އާއިލާއަށް އެފަދަ ދުވަސްތަކަކާއި ކުރިމަތިލާން ނުޖެހޭ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކުރިމަތިވެއްޖެ ހާލަތެއްގައި އާއިލާއަށް އެހީވުމަށް އޭނާ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރު ކަމަށް ބުނެފައިވެއެވެ.

ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކުރުމަށް ބޭނުންވާ ނަމަ ދިމާވާ ދަތިތަކަށް ކެތްކޮށް އެފަދަ ކަންތައްތަކާއި ކުރިމަތިލާނެހާ ހިތްވަރު ހުންނަން ޖެހޭނެ ކަމަށް އަނިލްގެ އިންޓަވިއުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ތިކަން ނުކުރަނީ ކާކު މިރާއްޖޭގަވެސް ފައިސާއައް ހަށި ވިއްކާމީހުން ވަރަށް ގިނަ ނިކަން އޭގެން މީހެއްގެ ހަބަރެއް ލިޔެލަބަލަ.

    6
    5
  2. ޖޭމްސް

    އެހެންޏާ ހިލޭސާބަހަށްތަ އަނިލް ކަޕޫރު ފިލްމުކުޅެނީ؟

    13
    2