އިންޑިއާގެ ގުޖްރާތް ސްކޫލެއްގައި ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ދެ ކުއްޖަކު މި ވަނީ ކައިވެނި ކުރުމުގެ ބޭނުމުގައި ފިލާފައެވެ. ޗަންނާ އަށް ނިސްބަތްވާ މި ދެ ކުދިން ފިލާފައި ވަނީ ދެމަފިރިންހެން އުޅެން ބޭނުންވާތީ އެވެ.

ފުލުހުން ބުނީ އެ މީހުން ފިލި ފަހުން ފެނިފައި ވަނީ ވަޕީން ކަމަށެވެ. އެ ދެ މީހުން ފެނިފައި ވަނީ ފިލިތާ 13 ދުވަސް ފަހުން ކަމަށެވެ. އިއްޔެ ފުލުހުން މި މީހުން ހޯދާފައިވާއިރު، މި މީހުން ފިލާފައި ވަނީ ގެއިން 30،000 ރުޕީސް ވެސް ވަގަށް ނަގައިގެންނެވެ.

އެ މީހުން ފުލުހުންނަށް މައުލޫމާތުދެމުން ބުނީ ކޮވިޑް-19 އާ ހެދި މިދިޔަ އަހަރުގެ މާރިޗް މަހުން ފެށިގެން، ސްކޫލްތައް މެދުކަނޑާލުމުން ދެ މީހުން ބައްދަލު ވެފައި ނުވާ ކަމަށެވެ. އަދި ދެ މީހުން ވަރަށް ބޮޑަށް ހަނދާންވާ ކަމަށާއި، އެހެންވެ ބައްދަލުވާން ވެގެން ފިލީ ކަމަށް ބުނެފައި ވެއެވެ.

ޓަައިމްސް އޮފް އިންޑިއާ އިން ބުނީ އެ ދެ މީހުން ފިލީ ޑިސެންބަރު 28 ވަނަ ދުވަހު ކަމަށެވެ. އަދި މި މީހުން ތިބީ ގެސްޓް ހައުސްއެއް ހިފައިގެން ކަމަށް ވެއެވެ. އަދި އެތަނުގެ ކުއްޔަށް ދުވާލަކު 500 ރުޕީސް ހަރަދު ކުރެއެވެ.

އެ ދެ މީހުން ގެއްލިގެން ދެ އާއިލާއިންވެސް އެ މީހުން ހޯދިއެވެ. އެންމެ ފަހުން އެ މީހުން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައިއިރު ފުލުހުން އެ ކޭސް ބަލަމުން ދިޔައީ ކިޑްނެޕް މައްސަލައެއްގެ ގޮތުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ފިރިހެން ކުއްޖާ ފިލައިގެން ދިޔަ ފަހުން ވަޒީފާއެއްވެސް ހޯދިއެވެ. އަދި ފަހުން ރަހުމަތްތެރިންނާާއިވެސް ދިމާކޮށްހެދިއެވެ. އެ މީހުން ފިލައިގެން އުޅޭކަން ފަޅާ އަރާފައި ވަނީ އޭގެ ފަހުންނެވެ.

ފުލުހުން ވަނީ އެ މީހުން އެންމެ ފަހުން ވެޑޯޑެރާއަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    ހަގީގީ ލޯބި

    25
    5
  2. ހިޔަލަ

    ތިއީ ޝީރީން ، ފަރުހާދު - ލައިލާ ، މަޖްނޫން- ރޯމިޔޯ ، ޖޫލިއެޓް އަދި ދޮންހިޔަޅާއި އަލިފުޅުދޯ. މިއީ ދުނިޔެ މިހާތަނަށް ދުށް އެންމެ ވަރުގަދަ ލޯބިވެރީން. ދެން މިލިސްޓަށް އިތުރު ކުރަން ޖެހޭނީ ތި ދެ ލޯބިވެރީން. ޥީމާ އަވަހަށް ނަން އެފް ބީ އަށް ނުވަތަ ގޫގުޅްއަށް ފޮނުވާ. ލަސް ނުކުރައްޗޭ.

  3. ލޯބި

    ޝަޒޫ 💕 މިފޫ