ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ކާޑޭޭޝިއަންސް" އިން ވިދާލި މަޝްހޫރު ތަރި ކިމް ކާޑޭޝިއަން ދޫކޮށްލާފައި އޭނާގެެ ފިރިމީހާ ކާންޔޭ ވެސްޓު ޖިންސް އޮޅުވާލާ އަންހެން ހެދުން އަޅަމުން އަންނަ ޔޫޓިއުބަރެއް ކަމަށްވާ ޖެފްރީ ސްޓާ އާއި ލޯބީގެ ގޮތުން ގުޅިއްޖެެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުުގައި، ޖެފްރީ ސްޓާ އާއި ކިމް އަކީ މީގެ ކުރިން ގާތްކޮށް އުޅުނު ދެ ރަހުމަތްތެރިންނެެވެެ. އެެގޮތުން ކިމްގެ ބައެއް މޭކަޕް ލޯންޗިން އިވެންޓުތަކުންނާއި، އެހެެން ތަންތަނުން މި ދެމީހުން އެކުގައި ފެނިފައި ވެއެވެ.

2017 ވަނަ އަހަރު ކިމް ކާޑޭޝިއަން އަކީ ރޭސިސްޓު މީހެއް ކަަމަށް ބުނެެ މީހުން ވާހަކަދައްކަމުން ދިއުމުން ޖެފްރީ ރައްދުވެސް ދީފައިވެެއެވެ. ޖެފްރީ އޭޭނާގެ ފިރިމީހާ އާއި ލޯބީގެ ގޮތުން ގުޅުމުން ކިމްގެ "ހިތް ހަލާކު" ވެފައިވާކަމަށް ޑެއިލީމެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ކިމް އޭނާގެ ފިރިމީހާ 43 އަހަރުގެ ކާންޔޭގެ ފަރާތުން ވަރިވުމަށް ކޯޓަށް ވަރީގެ މައްސަލަ ފޮނުވަން ތައްޔާރުވަމުންދާއިރު ރެޕް ދުނިޔޭގައި މަޝްހޫރު ކާންޔޭ ބުނީ އޭނާ ކިމްގެ އާއިލާ މަތިން ވަރަށް ފޫހިވާ ކަމަށެވެ. ކާންޔޭ ވަނީ އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ބައިވެރި ވެފަ އެވެ. އެ އިންތިހާބުން އޭނާ ވަނީ ބަލިވެ ބޮޑު ލަދެއްގައި ބެދިފަ އެވެ.

ޕޭޖްސިކްސް ނަމަކަށް ކިޔާ ނޫހަކުން ރިޕޯޓުކުރާ ގޮތުގައި ކިމް އާއި ކާންޔޭ ވަކިވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން މުދާތައް ހަމަޔަށް ބެހުމުގެ އިންތިޒާމުތައް މިހާރު ކުރިޔަށް ދާކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ. އެ ނޫހުން ރިޕޯޓުކުރާ ގޮތުގައި ކާންޔޭއަށް ކުރިމަތިވި ނަފްސާނީ މައްސަލައެއްގައި ކިމް އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވިކަން ފާހަގަ ކޮށްފައި ވެއެވެ.

ކިމް މިހާރު އެންމެ ބޮޑަށް ސަމާލުކަންދީގެން ކުރާ މަސައްކަތަކީ އޭނާގެ ބާ އިމްތިހާނަށް ތައްޔާރުވުމުގެ މަސައްކަތެވެ. ޤާނޫނީ ވަކީލަކަށް ވުމަށް އޭނާ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް އެ ނޫހުން ރިޕޯޓު ކުރެ އެވެ.

ކިމް އާއި ކާންޔޭ ފުރަތަމަ ބައްދަލުވެފައި ވަނީ 2004 ވަނަ އަހަރުގައި އެވެ. ކީޕިން އަޕް ވިދް ދަ ކާޑޭޝިއަންގެ ލަވައެއްގައި ދެމީހުން ފުރަތަމަ ބައްދަލުވިއިރު ކިމް ހުރީ ޑަމޮން ތޯމަސް އާއި ކައިވެނި ކޮށްގެންނެވެ. ކާންޔޭ އޭރު އުޅުނީ މޮޑެލް އެއް ކަމަށްވާ އެލެސިކްސް ޕިފާ އާއި ލޯބީގެ ގޮތުން ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަދުރު

    ނުވެޔޯ! ޖެފްރީ އަންގަނީ އެއްވެސް އެކަހަލަ ގުޅުމެއް ނުވާކަމަށް! މާލަހީ ޚަބަރު އަންނަލެއް!

    23
  2. ބަކުރު8

    ރީތި ވިއަސް މަސައްކަތް ކަމުނުދާ ނަމަ އަދި މަސައްކަތަށް ނުލިބޭ ނަމަ ވާހެ ހައެއްތި މިވީ

    16
    3
  3. އޮރެންޖްބެރީ

    ވަރީގެ ކަންތަކުގަ ނަންވާނީ ރާއްޖެ. އެކަމަކު ތިޔަ ސެލެބްރިޓީންގެ މީހުން ރެންޑަމްކޮށް ވިކިޕީޑިއާއިން ބަލާލިއަސް އެތައް ކައިވެންޏެއްކޮށްފަވޭ.