އިންޑިއާގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީ އަށް އަލަތު ދަރިފުޅު ލިބުނީ އިއްޔެ އެވެ. އެކަން ހާމަކޮށްފައި ވަނީ އިއްޔެ ވިރާތެވެ. ވިރާތް އެކަން ހާމަކޮށްފައި ވަނީ ނެރުނު ބަޔާނެއްގައެވެ.

މި ދެމަފިރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

މި ދެމަފިރިންނަށް ދަރިއަކު ލިބުމާއެކު އެންމެންވެސް އިންތިޒާރު ކުރަމުން ދަނީ އެ މީހުން ދަރިފުޅުގެ ފޮޓޯއެއް އާއްމު ކުރޭތޯ އެވެ. އަދި މީސް މީޑިއާގައި އެތައް ބަޔަކު އެ ދެމަފިރިންގެ ދަރިފުޅުގެ ފޮޓޯ ފެނޭތޯ އެތައް ބަޔަކު ސާރޗް ކުރިއިއެވެ.

އެންމެ ފަހުން ގިނަބައެއްގެ އިންތިޒާރު ނިމުމަކަށް އައިސްފައި ވަނީ ވިރާތްގެ ބޭބެ، އެ ކުއްޖާގެ ފައިތިލައިގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އެ ފޮޓޯ އާއްމުކޮށް އޭނާ ލިިޔެފައި ވަނީ އުފާވެރިކަން އިންހާއަށް ކަަމަށެވެ.

 

View this post on Instagram

 

A post shared by Vikas Kohli (@vk0681)

މިހާރު ގިނަބަޔަކު ބުނަމުން ދަނީ މިއީ ވިރާތް އާއި އަނުޝްކާގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯ ކަމަށެވެ.

އަދި ވިރާތްގެ ދައްތަ ވެސް ވަނީ އޭނާގެ އަތް ދަރިފުޅުގެ ފައިގައި ޖައްސައިގެން ހުރި މަންޒަރުގެ ފޮޓޯއެއް އާއްމުކޮށްފައެވެ.

އަނުޝްކާއާއި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެެވެ. 2018 ވަނަ އަހަރު އަނުޝްކާ އާއި ޝާހުރުކު ޚާންއާއި އެެކު ކުޅުނު ފިލުމު ''ޒީރޯ" އަށް ފަހު އަނުޝްކާ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އޭނާގެ އާއިލާއަށެވެ.