އަންހެނުން މޭކްއަޕް ކުރުމަކީ އެއީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ތިމާ މީހާގެ ސިފަ ބަދަލު ކުރަން ނުވަތަ އެކި ކަހަލަ އޮޕަރޭޝަން ނުވަތަ އެހެން ކަންތައް ކުަމުން އަންނަ މީހުންވެސް މަދެއް ނުނެވެ. މިފަދަ ފަރާތްތަކަށް ބައެއް ފަހަރު އުމުރު ދުވަހަށް ހިތާމަ ކުރަން ޖެހޭ ވަރުގެ ކަންތަކާއި ކުރިމަތިލާން ޖެހެއެވެ.

މިއީ އެފަދަ ގޮތަކަށް "އިތުރަށް ރީތިވުމަށް" ސާޖަރީ ހެދި އަންހެނެއްގެ ވާހަކައެވެ. ސާރާ ގިބްސަން ނަމަކަށް ކިޔާ މި އަންހެން މީހާ އެކަން ކުރުމަށް ގޮސްފައިވަނީ ބޯ ކޮށަން ހާއްސަ ކޮށްފައިވާ ތަނަކަށެވެ. އެތަނަށް ގޮސް އޭނާ ވަނީ އިތުރަށް ރީތި ވެވޭނެ ކަމަށް އުއްމީދު ކޮށް އެތަނުން އާންމު ކޮށްފައިވާ ޕެކޭޖެއް ނަގާފައެވެ. އެއީ ހަންގަނޑުގެ ތެރެއަށް އިންޖެކްޝަނެއް ޖަހައިގެން ކުރާ ކަމެކެވެ.

އޭނާ ބުުނެފައިވަނީ އެކަން ގޮސްފައިވަނީ އުއްމީދު ކުރި ގޮތާއި މުޅިން އިދިކޮޅަށް ކަމަށާއި އޭގެ ފަހުން އޭނާ ހީވަނީ "އެތެއް"" ހެންނެވެ. މީގެ އިތުރުން މަރުވާނެ ކަމުގެ ބިރުވެސް އޭނާގެ ހިތަށް ވަނީ ވަދެފައެވެ. އެ ސާޖަރީއަށް ފަހު އޭނާ އަށް ވަނީ ހޮސްޕިތަލުގައިވެސް ފަރުވާ ދީފައެވެ.

400 ޕައުންޑް ހޭދަކޮށްގެން އޭނާ ސިފަ ބަދަލު ކުރުމަށް ބޭނުން ކުރި އިންޖެކްޝަނުގެ ސަބަބުން އޭނާ ވަނީ އެލާޖިކް ވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި ހުރި މީހާ ބޭނުން ކޮށްފައިވާ އެ އިންޖެކްޝަނަކީ އެއީ ހަމުގެ ޑޮކްޓަރެއްގެ ލަފައާއި އެކީ ބޭނުން ކުރުމަށް އަންގާފައިވާ އިންޖެކްޝަނެކެވެ. އެއީ އޭގެ ސަބަބުން ސައިޑް އިފެކްޓް އެއް ހުރިދާނެތީއެވެ. އެ އިންޖެކްޝަނުގެ ސަބަބުން އޭނާ ބުނެފައިވަނީ އޭނާގެ ކޯކަށިގަނޑު އޮތީ ދުޅަވެފައި ކަމަށެވެ.

"ވަކި ހިސާބަކުން އަޅުގަނޑު ހީކުނީ އަޅުގަނޑު މަރުވެދާނެ ކަމަށް. އެއީ އެ އިންޖެކްޝަނުގެ ސަބަބުން ވަރަށް ބޮޑަށް ބަލިވި. އަޅުގަނޑު ހީވީ އެތެއް ހެން" ސާރާ ބުންޏެވެ.

އެއީ އޭނާ އެދިގެން ކުރި ކަމެއް ނަމަވެސް، އޭނާ ބުނެފައިވަނީ އސެލޫންގައި ހުރި މީހާއާއި މެދު ފިޔަވަޅު އެޅުމަށް އެކަން ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. އޭނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އެއިންޖެކްޝަންގެ ސަބަބުން މާ ބޮޑު ގެއްލުމެއް ލިބިފައި ނެތީ އޭނާގެ ނަސީބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު