މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި އަހުމަދު އަޒުމީލް (އަަޒޭ) ގެ ކައިވެނި ނިމުމަކަށް އައީ 2013 ވަނަ އަހަރުގައެވެ. ކައިވެނި ރޫޅުނު ނަމަވެސް މި ދެ ތަރިންގެ އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ވަރިވި ފަހުންވެސް އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މި ދެ ފަންނާނުންނަކީ އެކަކު އަނެކެއްގެ އުފަލުގައި ބައިވެރިވާ ނަމޫނާ ދެ އެކުވެރިންނެވެ.

ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި ބައެއް ފިލްމްތަކާއި ޑްރާމާތަކުގައި ވެސް އެކުގައި ފެނިގެންދިޔަ މި ދެ ތަރިން ކައިވެންޏަށް ކުއްޖަކުވެސް ވަނީ ލިބިފައެވެ. ދަރިފުޅު ޒެލް ބަލާ ބޮޑުކުރުމުގައި އަޒޭ އާއި ރިޝްމީ އާއި އެކުގައި ބެލެނިިވެރިންގެ ގޮތުގައި އަދާކުރާ ދައުރުވެސް އެހާމެ ފުރިހަމައެވެ. މިއީ ވަރިވިކަމުގައި ވީނަމަވެސް މައިންބަފައިންގެ ދައުރު އެކުގައި އަދާކުރެވިދާނެކަމުގެ ލާމަސީލު މިސާލެކެވެ.

އެހެންނަމަވެސް އެކުގައި އެއް ސިނާއަތެއްގައި މަސައްކަތް ކުރަމުން ދާއިރު، ކުރިން ބައްދަލު ނުވި ނަމައޭ ހިތަށް އަރާނެތޯ މިއީ ހިތަށް އަރާފާނެ ސުވާލެކެވެ. ޚާއްސަކޮށް އަޒޭ އާއި ރިޝްމީގެ ފޭނުންގެ ހިތުގައި މި ސުވާލު އުފެދޭނެއެވެ. އެ ސުވާލުގެ ޖަވާބު އެ ދެ ތަރިން ވެސް ވަނީ މި އަހަރު ފެށުނު އިރު ބައިސްކޯފުން ގެނެސްދިން ޑްރާފްޓްސްގައި ދީފައެވެ.

އެ ސުވާލުގެ ޖަވާބު ރިޝްމީ ދިނީ ފުރަތަމަ ހިނިތުންވުމަކުންނެވެ. އެ ދެ މީހުންވެސް ވަނީ އެކުގައި ހޭދަކުރި ވަގުތުތަކާއި މެދު ދެރަ ނުވާކަމާއި ދެ މީހުން ދިމާވެގެން ކައިވެނި ނުކުރި ނަމަ ދަރިފުޅު ޒެލް ނުހުންނާނެ ކަމަށާ، އެހެންވީމަ ބައްދަލުވެ ކައިވެނިކުރަން ނިންމި ނިންމުމާއި މެދު ހިތާމަ ނުކުރާކަން ހާމަކޮށްފައެވެ.

މުޅި އެޕިސޯޑުގައި ވެސް ދެ މީހުންގެ ފަރާތުން ފެނުނީ އެކުވެރިކަމެވެ. ދެ މީހުންގެ ވާހަކަތައް ހުނުމާއި ސަމާސާގެ ތެެރެއިން ކިޔާދިން މި އެޕިސޯޑަކީ ޝައުގުވެރި އެޕިސޯޑެެކެވެ.

އަޒޭ އާއި ރިޝްމީ އެކުގައި ފެނިފައިވާ ފިލްމްތަކުގެ ތެރޭގައި "ފަނާ" އާއި "ހިތް ޔާރާ ދީފާ" ހިމެނޭ އިރު އެ ދެ މީހުން ލީޑް ރޯލް ކުޅުނު ޑްރާމާ "މި ހިތަށް ލޯބި ދޭށޭ" އަކީ ވެސް ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ޑްރާމާއެއް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބައްޗަން

    2 މީހުންނަކީ ވެސް އެހެން މިހެން އުޅޭ ބައެއް!

    52
    6
  2. ނިމާލް

    އަހުރެން 3 ކައިވެންޏާއެކު ދެމީހުންނާ އިދެފިން. ދެކައިވެންޏަށް ދެކުދިން އެބަތިބި~! ފަހު ކައިވެނި 5 މަސްތެރޭގައި ރޫޅި އޭގެފަހުން އެހެންފިރިހެނަކާ ފަހުއަނބި ކައިވެނިވެސްކޮށްފި! އެހެނަސް އެކަކު އަނެކަކާދޭތެރޭ ގުޅުންގޯހެއްނުވޭ ! ކުދިންގެކަންތަކުގައިވެސް ުރިހާ ފަރާތްތަކުން އެހީލިބޭ! ދެންހަމަ އެ ދެމީހުން އެކަނިވިއްޔާ ތިބުނާ ގުޅުން ބާއްވަނީ!!!!!!!!

    25
    1
  3. ލީނާ

    އަސްލުވެސް ވަރަށް ނަމޫނާ ދެ މީހުން. އަހަރެންވެސް ވަރަށް މިސާލު ޖަހަން ތި ދެ ފަންނާނަށް ކައިވެނިކޮށް ވަރިވެފައިވާ ދެ މީހެއް މިހާ އެކުވެރި ގުޅުން ބަދަހި ކޮށް ނުދެކެން. މިރާއްޖޭގެ އާދަ ކާދައަކީ ވަރިވެއްޖެނަމަ އެއީ ދެ ދުޝްމަނުން. ހެޔޮ ދަރިން ތިއްބަސް. އަދި ވަރިވުމުން ދެމީހުން އެކަކު އަނެކަކަށް ނުކިޔާނެ އެއްޗެއްނޯންނާނެ. ރިޝްމީ އަޒޭ އަކީ ހަމަ ނަމޫނާ މަންމަ އަކާއި ބައްޕައެއް.

    63
    7
  4. ފާތޭ

    ޢަދިވެސް ގުޅެނީ ރިޝްމީ އާ އަޒޭގެ ޖޯޑު.ރަވީ އަކާ ނުގުޅޭ.

    29
    3
  5. ހަސަނު

    ޖަހާނެ ހަބަރެއް ނެތީތަ އަޅެ

    14
    5
  6. ކެކުރި

    ވަރަށް ފާހަގަ ކުރެވޭ ރިޝްމީއާ އައްޒަ ފައިސާ އައް ކައިވެނި ނުކޮށް ލޯބި ވެތި ދިރިއުޅުމެއް އުޅޭކަން އަދި އަމިއްލަ އައް އާމްދަނީ ހޯދާކަން.
    ދެ ކުދިން ގައިގަވެސް އަހުލާގު އެބަހުރި

    24
    12