ދުނިޔޭގެ އެކި މަންޒިލްތައް ބަލާލަން ދަތުރު ކުރުމަކީ އެއީ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ގިނަ މީހުން މިފަދަ ދަތުރު ތަކަށް ގޮސްް އުޅެނީ އެމީހަކު ލޯބިވާ ނުވަތަ ކައިވެނި ކޮށްގެން އުޅޭ މީހުންނާއި އެކީ އެވެ. މަދު ފަހަރެއްގައި ރައްޓެހިންގެ ގްރޫޕުތަކުންވެސް މިފަދަ ދަތުރުތަކަށް ގޮސް އުޅެއެވެ.

މިގޮތަށް ދަތުރު ކުރާ އިރު އެތަނެއްގެ ސަލާމަތައް ވަރަށް ވިސްނަން ޖެހެއެވެ. ގިނަ ބަޔަކީ އެއީ އުސްތަންތަން ދެކެ ބިރުގަންނަ މީހުންނެވެ. ބައެއް މީހުންނަކީ ނުރައްކާ އޮންނަ ކަން އެނގިގެންވެސް އެތަނަކަށް ދާން ބޭނުންވާ މީހުންނެވެ. އެއީ އެމީހުން ގަބޫލު ކުރާ ގޮތުގައި ބިރު ކެނޑިގެން އެކަންތައް ކުރެވޭނެތީއެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ:-

1- ޑެތް ވެލޭ (އެމެރިކާ)

މިއީ ދުނިޔޭގެ އެންމެ ހޫނު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މި ސަހަރާއަކީ މިހާތަނަށް ދުނިޔެއިން އެންމެ ހޫނު ކަމަށް ކަނޑައަޅާފައިވާ ސަހަރާއެވެ. އެއީ 56.7 ޑިގްރީ ސެލްޝިއަަސް އެވެ. ސައިންސްވެރިން ބުނެފައިވަނީ އެތަނުގައި މީހަކަށް ކެއް ކުރެވޭނީ 14 ގަޑިއިރަށް ކަމަށެވެ.

އެމެރިކާގެ ޑެތް ވެލޭ

2- ދި ޑަނަކިލް ޑެޒާޓް (އެރިޓްރިއާ)

އިތިއޯޕިއާގެ މި ސަހަރާއަކީ ހަމައެކަނި ޖަމަލުން ދެވެން އޮންނަ ސަހަރާއެކެވެ. އެހެންނަސް މިތަން ތަފާތު ވަނީ ކިހިނެތް ކަން އިނގޭތަ؟ މިތަނަކީ މިއީ ދުނިޔޭގައި މީހުން ދިރިއުޅޭ، އެންމެ ހޫނު އެއް ތަނެވެ. އެހެން ނަމަވެސް މިތަނަކީ ދުނިޔޭގެ އެކި ގައުމުތަކުން މީހުން އަންނަ ތަނެކެވެ.

އެރިޓްރިއާގެ ޑަނަކިލް

3- މައުންޓް ވޮޝިންތަން (އެމެރިކާ)

މައުންޓް ވޮޝިންޓަން އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ފަރުބަދަ ކަަށް ގިނަ ބަޔަކު ބުނެފައިވާ އެއް ތަނެވެ. މި ސަރަހައްދު އެނގިފައިވަނީ އެތަނަށް އެންމެ ބާރު މިނުގައި ވައިޖެހޭ އެއް ތަނުގެ ގޮތުންނެވެ. ހަމަ އެކަނި ވައި ބާރުވުމެއް ނޫނެވެ. މި ތަނަކީ ގަނޑުވާ ފިނި ހޫނުމިންވެސް (-40) އަށް އަރާތަނެއެވެ.

އެމެރިކާގެ މައުންޓް ވޮޝިންޓަން

4- ބިކިނި އެޓޮލް (މާޝަލް އައިލޭންޑްސް)

މިތަނަކީ ނިއުކްލިއާ ޓެސްޓްތައް ހެދުމަށް ގިނަ ބަޔަކު ބޭނުން ކުރަމުން އައި ތަނަކަށްވުމުން މިހާރު އެތަނަކީ އެއީ ރޭޑިއޯއެކްޓިވް ރަށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން މިތަނަށް މީހުން ގޮސް އުޅުން އެހާ ރައްކާތެރި ނޫން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މާޝަލް އައިލޭންޑްސްގެ ބިކިނި އެޓޯލް

5- ލޭކް ނޭޓްރޮން (ތެންޒޭނިއާ)

މިތަނުގެ މަންޒަރުތައް ބަލާބެލުމަށް ހީވަނީ ދުނިޔެއިން ބޭރު އެހެން ޕްލެނެޓެއްގެ މަންޒަރުތައްހެންނެވެ. އެތަނުގައި އޮންނަ ކޯރު ބަލާލަން ރީތި ނަމަވެސް، އެކޯރުގެ އަޑީގައިވާ މާއްދާއެއްގެ ސަބަބުން ފުރާނައަށް ވަރަށް ނުރައްކާ ހުރި ތަނެކެވެ. އެހެން ކަމުން މިތަނަށް މޫދަށް އެރި އުޅުން އެއީ އެއްވެސް ގޮތަކަށް ރައްކާތެރި ކަމެއް ނުނެވެ.

ތެންޒޭނިއާގެ ލޭކް ނެޓްރޮން

މީގެ އިތުރުންވެެސް ފަތުރުވެރިން ޒިޔާރަތް ކުރާ ބައެއް ތަންތަނަކީ އެއީ ނުރައްކާާތެރި ތަންތަން ކަމަށް ވަނީ ފާހަގަވެފައެވެ. އެހެން ކަމުން ދަތުރުތަކުގައި ދާއިރު، އެފަދަ ކަންކަމަށް ސަމާލުވުމަކީ އެއީ ރައްކާތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު