ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މި ވަނީ ދުނިޔޭގެ ސަމާލުކަަމަށް އައިސްފައެވެ. އޭނާ ހޮލީވުޑްގެ ތެރޭގައިވެސް ދަނީ ފިޔަޖަހަމުންނެވެ. އޭނާއަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ އޭނާ ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ރީތީގެ ރާނީގެ ލަގަބުވެސް ލިބުނެވެ. އޭނާގެ ރީތިކަމުގެ ވާހަކަ އާއްމުން ވަރަށް ބޮޑަށް ދައްކާއިރު، އޭނާގެ ކުރީގެ ފޮޓޯތަަކަށްވެސް އާއްމުންގެ ސަމާލުކަން ލިބެއެވެ.

އެގޮތުން ދާދި ފަހުން ޕްރިޔަންކާ މި ވަނީ އޭނާގެ އުމުރުން 17 އަހަރުގައި ހުންނަ ގޮތް ދައްކުވައިދޭ ފޮޓޯއެއް ހިއްސާކޮށްފައެވެ.

އެއީ މީގެ 21 އަހަރު ކުރިއެވެ.

އެ ފޮޓޯއިން ފެނިގެން ދަނީ މޮޑެލްއަކަށް ތައްޔާރުވެގެން ހުންނަ ތަނެވެ. އޭނާ ހުރީ ކަޅު ކުލައިގެ ޖެކެޓެއް ލައިގެންނެވެ. އަދި އޭނާ ތިރިން ހުރީ ބެލްސެއް ލައިގެންނެވެ. އޭނަގެ އިސްތަށިގަނޑު ހުރީ ނިއުޅުވާލާފައެވެ. އޭނާ ހުރީ އޮޑިޝަނަކަށް ތައްޔާރުވެގެން ކަމުން، އޭނާގެ މޫނު މަތިން ފެނިގެން ދަނީ ރީތި ހިނިތުން ވުމެކެވެ.

މިހާރު އުމުރުން 38 އަހަރުވެފައިވާ ޕްރިޔަންކާ އެއިރުވެސް ވަރަށް ރީއްޗެވެ.

އެއީ 1999 ވަނަ އަހަރުގެ ފޮޓޯއެކެވެ. މިއީ އޭނާއަށް މިސް ވޯލްޑްގެ ލަގަބު ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެވެ.

އޭނާ ފިލްމީ ދާއިރާއަށް ވަދެފައި ވަނީ 2003 ވަނަ އަހަރެވެ. އޭނާ އިންޑިޔާގެ ގިނަ ފިލްމްތަކުގައި މަސައްކަތްކޮށްފައި ވެއެވެ. އަދި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގައި އާއި ބައެއް ލަވަތައްވެސް ކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުނި ޔާންކާ

    އަހަރެން ނޫޅެން ތީނަ ބަލާކަށެ އް! އެނގި އްޖެ

    10
    5
  2. ކޮންކަމެއް

    ބޭނުމެށް ނޫން ބަލާކަށް...

    6
    5
  3. އަންނި

    ބަލާކަ ބޭނުމެއް ނޫނޯ ހަހަހަ،،،،، ކިޔާ ނިންމާފަ ކޮމެޓް ކުރަން އިގުނީ ހަހަހަ

    9
    2