ކުރީގެ ވެއިޓްލިފްޓަރ ލެއިތަންގބަމް ވިދްޔަ ސާގަރު ސިންގް އެއް މިނިޓް ތެރޭގައި 85 ފިންގަ ޕުޝަޕް ހަދައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. ސާގަރު ސިންގް މި ޕުޝަޕް ހަދާފައިވަނީ ކޮންމެ އަތަކުން ވެސް ދެ އިނގިލި ބޭނުން ކޮށްގެންނެވެ.

އޭޝިއަން ނިއުސް އިންޓަނެޝަނަލް (އޭއެންއައި) ގެ ޔޫޓިއުބް ޗެނަލުގައި ސާގަރު ސިންގް އެއް މިނިޓް ތެރޭގައި ކޮންމެ އަތަކުން ދެ އިނގިލި ބޭނުން ކޮށްގެން 85 ޕުޝަޕް ހަދާ ވީޑިއޯ ވަނީ ހިއްސާ ކޮށްފައެވެ.

ނޫސް މަޖައްލާއަށް އިންޓަވިއު ދެމުން ސާގަރު ސިންގް ބުނެފައިވަނީ ޕުޝަޕް ހެދުމަށް އޭނާ ފަރިތަކުރަން ފަށައިފައިވަނީ ގުރޭޑް 6 ގައި އުޅެމުން ކަމަށާއި ހަށިގަނޑުގެ ފަރިތަ ކުރުންތައް ވަރަށް ގަދައަށް ކުރާ ކަމަށެވެ. ވަކީން ހާއްސަކޮށް ޕުޝަޕް ފަރިތަ ކުރާކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

ސާގަރު ސިންގްއަށް މި ރަންވަނަ ހާސިލު ކުރުމަށް އެހީތެރިވެދީފައިވަނީ ކިކްބޮކްސިންގެ ކޯޗެކެވެ. މިކަމަށް ފަރިތަކުރުންތައް ކޮށްފައިވަނީ މަނިޕޫރުގެ ކެޕިޓަލުގައި ހުންނަ ކުޅިވަރު އެކަޑަމީއެއްގައި ކަމަށް ވެސް ސާގަރު ސިންގް ބުނެފައިވެއެވެ.

ރިކޯޑު ހެދުމަށް ޕުޝަޕް ހަދަން ފެށުމުގެ ކުރިން ސާގަރު ސިންގް، އޭނާގެ ކޯޗުގެ ފަރާތުން ހިތްވަރު ލިބިގަތެވެ.

މި ރިކޯޑު ކުރިން ހޯދާފައިވަނީ އިންޑިޔާގެ ދެހެރާދުންގެ ދީޕަކް ޝަރުމާ ނަމަކަށް ކިޔައި މީހެކެވެ. އޭނާ ވަނީ އިނގިލި ބޭނުން ކޮށްގެން އެއް މިނިޓް ތެރޭގައި 70 ޕުޝަޕް ހަދާފައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށް މީހުން އަންނަނީ ތަފާތު ކަންތައްތައް ކުރަމުންނެވެ.